14 ޖެނުއަރީ 2025 - 11:21
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ވަނީ ދީފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ހައްޔަރުކުރި މީހާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ކުރި ކަމެއް ކަމަށް ބެލެވެ އެވެ. އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ފުލުހުން ވަނީ ބީއެމްއެލްގެ އެފްއައިއާރާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެއް ވެސް ހުށަހަޅައިފަ އެވެ.
ކޯޓުގައި އޭނާ ބުނި ގޮތުގައި އެއީ ބަޔަކު ބިރުދައްކައިގެން އޭނާ ލައްވައި ކުރުވި ކަމެކެވެ. އެ މައްސަލަ އޭނާ ފުލުހުންނަށް ރިޕޯޓު ނުކުރީ އޭނާ މަރާލާނެ ކަމަށް ބިރު ދައްކައި އިންޒާރު ދީފައިވާތީ ކަމަށް ވެސް ބުންޏެވެ.
ދިފާއުން ވަނީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ އަކީ ދިވެހި ބަސް ވެސް ރަނގަޅަށް ފަހުމް ނުވާ މީހަކަށް ކަމަށް ވާތީ، އެކަމުން އޭނާ މި ކަމުގައި ބައިވެރިނުވާކަން ހާމަވާ ކަމަށް ބުނެފަ އެވެ.
މި މައްސަލައިގެ މުއާމަލާތް ކުރިއަށް ދިޔަ ގޮތް ތަހުގީގަށް ހޯދޭނެ ކަމަށް ވެސް އޭނާގެ ދިފާއުން ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިފާއު
14 January 2025
ދިވެހިބަސް ރަނގަޅަށް ފަހުމުނުވާ 19 އަހަރުގެ ދިވެހި ފިރިހެނެއް!
ރީތީ ހީ ލީ މާ
14 January 2025
ލައްކަ ހީލަތްތެރިޔޭ ދޯ
ކެކެކެކެކެކެކެކެކެކެކެ
14 January 2025
ކީއްވެބާ މީނަގެ ފޮޓޯ ނެތީ؟ ބޮޑެއްގެ ގޮލައަކީދޯ؟
ސީޜާޒް
14 January 2025
މިހާރު ވައްކަން ތަކުގެ ތެރެއަށް މަންމަނުވެސް ވައްދަން ފެށުނީދޯ. މޮޅު ވަކީލުން ބުއްދި ކުރާނެތާދޯ.
ޑރ ވާންޗޯ
14 January 2025
ފައިސާ ފަހުމުވާނެ އަލިފާނެއް ފެނެއް ވަކިނުވިޔަސް.
ސަލާފް
14 January 2025
ދިވެހިބަސް ރަނގަޅަށް ފަހުމްނުވާ ދިވެއްސެއް؟؟
ކަތީބުު
14 January 2025
ބިރުދައްކައިގެން ވިޔަސް އަދި އަމިއްލަ އިޚްތިޔާރުގައިވިޔަސް ތިމަންނަ ބައިވެރިވީމޭ ބުނާއިރުވެސް ދިފާޢުން މިބުނަނީ، އޭނާ އެކަމުގައި ބައިވެރިނުވެއޭ. އަޖާބުނުވޭ؟
ސސސސސސސަ
14 January 2025
ރަނގަޅަށް ދިވެހިބަސް ނޭނގޭއޭ! ދިވެއްސެއްތަ
ފޮނިދިވެހިން
14 January 2025
ރަނގަޅަށް ދިވެހިބަސް ނޭނގޭ އެތައް "ދިވެހިން"ނެއް އެބަ އުޅެއެއްނު؟؟؟ ކޮންމެ ބައްޕައަކާ މަންމައަކު ތިމާގެ ދަރިއަށް ދިވެހިބަސް ނޭނގޭތީ މިހާރު ވަނީ ފަޚުރުވެރި. ނޭނގުނަސް ދަރިންނާ ކޮންމެސް ގޮތަކުން އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ އެ ދަރިންނާ މަންމައާ ބައްޕަގެ ދަރަޖަ އުފުލިގެންދާ ކަމެއްގެ އިތުރުން، ދިވެބަހުން ރަރިންނާ ވާހަކަދެއްކުމަކީ އެ މައިންބަފައިން ލަދުން ހަލާކުވާވަރުގެ ކަމަކަށް ވަނީ ވެފަ. ގައުމެއްވާ ނެތް.
ކަނބުރުގެ
14 January 2025
ބިރުދައްކައިގެން ކުރުވި ކަމެއްކަމަށް ބެލެވޭނީ ދިފާއީގޮތުން ހުށަހަޅާ ހެއްކާ ދައުލަތުން ހުށަހަޅާ ހެއްކާ ވަޒަންކޮށް ދައުލަތުގެ ހެކި ނަފީކުރެވޭ މިންވަރަށް ދިދާއީ ހެކި ވަރުގަދަކަމަށް ވަންޏާ. އެހެންނޫނީ ތިއީ ހަމައެކަނި ބުނެލާ ބުނުމެއް.
އޯކޭ ޔޫ
14 January 2025
އޯކޭ. މިމައްސަލައިގަ ޔޫ އަށް ގާޒީކަން. އައި ހުންނާނަން ކޮމެންޓް ކުރަން