ވިއްސާރައިން ރައްކާތެރިވުމަށް ގޭގެއަށް ވެލި ބަސްތާ ދިނުމަށް ސިފައިން ބަސްތާތަކަށް ވެލި އަޅަނީ.-- ފޮޓޯ: އެމްއެންޑީއެފް
14 ޖެނުއަރީ 2025 - 16:18
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މާލޭގެ އެކި ތަންތަނުގައި 3،500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގައި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މިދިޔަ ދެ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި 3،500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލްގެ އިތުރުން އެމްއެންޑީއެފުން ވެސް އަންނަނީ މާލޭގެ ތަންތަނުގައި ވެލި ބަސްތާ ޖަހައިދެމުންނެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ 63 ގޭބިސީއެއްގައި 533 ވެލި ބަސްތާ މިހާތަނަށް ޖަހައި ދީފައިވާ ކަމަށެވެ.
ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ފުލުހުންނާއި ސިފައިންނާއި އެންޑީއެމްއޭ ގުޅިގެން ވެސް ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެއީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި އޮޕަރޭޝަނެކެވެ.
އިއްޔެގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މަހު ކުރީކޮޅުގައި މާލެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި 56 އަށް ވުރެ ގިނަ ގޭގޭގައި ވެލި ބަސްތާ ޖަހައި ދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެލި ބަސްތާ ޖަހަން ބޭނުންވާ އިތުރު ގެތަކުން ވެސް އެކަމަށް އެދުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
14 January 2025
ދިގުދެމިގެން ދާ ގަދަހޫނާއި އެކު ދިގުލާ ފެނުގެ މޫސުން އަންނަލެއް އަވަސްވުމަކީ ދުނިޔޭގެ ގްރެވިޓީ އާއި ގުޅިފަވާ ކަމެކެވެ..! ގިޔާމަތުގެ އަލާމާތް ތަކެކެވެ!
މަބުނީ
14 January 2025
ބަޔަކުމީހުން ވަށާފާރުރާނާ ގެއަޅަން ދޫކުރާއެއްޗެއްތޯ ބަލަންޖެހޭ ސަބަބަކީ ހަފްތަައަކު ދެދުވަހު އެއްގެތަކަކަށް އަބަދަު ވެލިދޫކުރަން ޖެހިފަ އޮންނާތީ. އިއްޔެދޫކުރިވެލި މިއަދު ހުސްވީ. ދިވެހިން ކޮންމެކަމެއްގައިވެސް ވަރަށް ޕްރޯވާނެ.
ފަންސަވީސް.
14 January 2025
ކ.މާލޭ މީހުން އެމީހުންގެ ގެދޮރު 12 ބުރިއަށް ނެގިއިރު އެތަންތަން ބިމަށްވުރެން އަޑީގައި ބެހެއްޓީމާ އެތަންތަނުގައި ފެންބޮޑޫވެދާނެތީ މާލޭ ސަރުކާރުން އެތިބީ ސިފައިން ނެރެފަ. އައްޑޫ ރައްޔިތުން ދުވާލުގެ ގަދަ ހޫނުގައި ރޭގަނޑު ކަނު އަނދިރީގައި ތިބޭތާ 3 ދުވަސް ވެއްޖެ. މާލޭ ސަރުކާރަށް އިގޭ ކަމަކަށްވެސް ނަހަދާ. ކިހާ ސަޅި. ޔޫ ހެޕީ ތަ ؟
މިއައު
14 January 2025
ވޯޓު ލާންވީމަ އެކަމު ޕާޓީ ކުލަ. އެ އޯކޭ؟ އެޔެއް މިޔެއް ނޭނގޭ މީހަކަސް
އޮނަރަބްލް އަފީފު ދިޔެ
14 January 2025
ކަލޭމެން ވޯޓުލައިގެން ހޮވި ސަރުކާރާ މަޖިލިސް... ރާކަނިމަސް ކެވިއްޖެއެއްނު؟!