މިނިސްޓަރު މުއްތޮލިބު: ސްކޭމަށް ޒިންމާނުވާނެ ކަމަށާއި އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނެ ކަމަށް ވިދާޅުވި
14 ޖެނުއަރީ 2025 - 16:15
ހައުސިން މަޝްރޫއުތަކާ ގުޅިގެން ހިންގާ ސްކޭމްތަކުން ލިބޭ ގެއްލުންތަކުގެ ޒިންމާ ސަރުކާރުން ނުއުފުލާނެ ކަމަށާއި ހައްގު ނޫން ގޮތުގައި ގޯއްޗާއި ފްލެޓް ހޯދާފައިވާ ނަމަ އެ ތަނެއް ސަރުކާރުން އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް މެދުވެރިކޮށް ވެސް އެކި ސްކޭމްތައް ހިންގާ ކަމަށާއި އުސޫލާ ހިލާފަށް ގޯއްޗާއި ފްލެޓް ދިނުމުގެ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ.
އެފަދަ މައްސަލަތައް ބަލައި، އުސޫލާ ހިލާފަށް ދީފައިވާ ހުރިހާ ގޯއްޗަކާއި ފްލެޓެއް ސަރުކާރުން އަތުލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އުސޫލާ ހިލާފަށް ގޯތި ދީފައިވޭތޯ ބަލަން ފަށާނީ ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކުންނެވެ.
"ގޯތި ރަޖިސްޓްރީކޮށް ދީފައި އޮތް ނަމަވެސް، ވަށައިފާރު ރާނާފައި އޮތަސް ޝަރުތު ހަމަ ނުވާ މީހަކަށް ބިމެއް ދީފައި އޮތް ކަމަށް ވާ ނަމަ އަތުލާނަން. އެ ފިޔަވަޅު އަޅާނަން. އުސޫލާ ހިލާފަށް އޭގެ ތެރެއަށް ކޮރަޕްޝަން ވައްދައިގެން މީހަކު ގޯއްޗެއް ހޯދާފައި އޮތް ކަމަށް ވާ ނަމަ އެ ސްކޭމެއްގެ ތެރެއިން ވިޔަސް ސްކޭމެއްގެ ތެރެއިން ނޫން ކަމަށް ވިޔަސް މިނިސްޓްރީން ތެރެއިން އެޗްޑީސީން ވިޔަސް އެ އަތުލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ ރައްޔިތުން އެފަދަ ކަންކަން ނުކުރައްވާށޭ. ދެތިން ލައްކަ ރުފިޔާ ދީފައި ގޯތީގެ ރަޖިސްޓްރީ ގަންނަން ނޫޅޭށޭ. އެ އެއް ނުލިބޭނެއޭ، އެ ކަމެއް ނުވާނެއޭ."
އުސޫލަށް ހިލާފަށް ވަގަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމު އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން މިއަދު ވަނީ ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ކުރަނީ ފްލެޓްތައް ދޫކޮށްފައި ވަނީ ހައްގުވެރިންނަށް ކަން ކަށަވަރު ކުރުމަށެވެ.
ވެރިފައި މަރުހަލާ ނިންމާ 4،000 މީހުންގެ ތެރެއިން ފްލެޓް ހައްގުވާ މީހުންނާއި ހައްގު ނުވާ މީހުން އެނގޭ ގޮތަށް ލިސްޓް އާންމުކުރާނެ ކަމަށާއި އުއްމީދު ކުރަނީ ލިސްޓުގައި ތިބި ގިނަ މީހުންނަށް ފްލެޓް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް، ހައްގު ނުވާ ނުވަތަ އުސޫލާ ހިލާފަށް ފްލެޓް ދީފައިވާ ނަމަ އެ މީހަކަށް ފްލެޓް ނުލިބޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކުރީގެ ސަރުކާރުން ވަނީ ފްލެޓް ލިބުނު ބައެއް މީހުންނާ އެކު، އެއްބަސްވުންތައް ވެސް ހަދައިފަ އެވެ. އޭގެ ތެރޭގައި ވެސް ފްލެޓް ހައްގު ނުވާ ބަޔަކު ތިބި ނަމަ އެ ބަޔަކާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަރުހަލާގެ ތެރެއިން ބާކީވާ ފްލެޓްތަކަށް ހަދާނެ ގޮތެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހިދުބެ
15 January 2025
ބާކީވާ ފުލެޓްތައް އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވައްދަން ސޮއިކުރި ހެކިވެރިންނަށް ބަހާލާ. އެވަރުކަމެއް ކުރަނީ މޭޒުދަށުން ކަމެއް ބޭނުންވާތީ.
ހައްގުވެރިން
15 January 2025
ސާބަހޭ. ހޮޅިބޭ އަންނަންވާއިރަށް ރައްޔިތުން ރަތައް އަރުވާފަ ބަހައްޓަން ވާނީ ތިހެން ގޮވައިގެން ވިޔަސް . އޭރުން ހުންނާނީ ހަތަރެސްކަން ހަމަވެފަ.
ބޮޑުރިޔާ
15 January 2025
އެހެންވިއްޔާ ހިޔާފުލެޓްގައި އުޅޭމީހުންވެސް ޖެހޭނީ ހައްގުތޯ ހައްގު ނޫންތޯބަލާ ހައްގު ނޫންނަމަ އަތުލަން ވަކިބަޔަކަށް ވަކިގޮތެއްނުހެދޭނެ ވަކި ސަރުކާރަކުންދިނީތި އަތުލާފަ އަނެއްސަރުކާރަކުންދިނީތީ އަތުނުލާ މިހެނެންނެއްނުހެދޭނެ
ބަޑިތަކުރު
15 January 2025
ވަރަށް ރަނގަޅު ނިންމުމެއް. އެތަނެއް އަތުލައިގެން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އުސޫލުން ބޭރުން އެކަންކުރުވި މީހާއާއި ކޮށްދިން މީހާ. ދައުލަތުން މީސްމީހުންކުރާ ވައްކަމުގެ ޒިންމާ ނަގާކަށް ނުޖެހޭ. އަތުމުގެ އިތުރަށް އެކަންކުރި ބަޔަކާމެދުވެސް ފިޔަވަޅުއަޅަންޖެހޭނެ.
އުލްފާާ
15 January 2025
އުސޫލާހިލާފަށް އެއްވެސް އެއްޗެއް ދީގެންނުވާނެ. ދީފިއްޔާ ވެރިކަން ކުރުމުގެ ބޭނުމެއްނެތް.
ޒިންމާ
15 January 2025
އެމްޑީޕީއިން ދާއިމީ ލިސްޓެއް ނެރުނުއިރު ބޭއިންސާފުން ހައްގުވެރިފަރާތްތަށް އުނިކޮށް ލިސްޓް ނެރުނީ ކީތްވެ. މިވަރުގެ ބޮޑު ދެރައެއް ރައްޔިތުންނަށްދޭން ހެޔޮވެސް ނުވާނެ.
ދެންދޯ
15 January 2025
ކޮންމެ މީހަކުވެސް އަރާފަ މޮޅެތި ވާހަކަ ދައްކަނީ. ވާ ކަމެއް ހަރާން. އިންސާފު ލިބުނު މީހެއް ނެތް. ހަމަ ހިތު ހުރި މީހަކަށް ތި ދޭނީ.
ގައްޔޫމް
14 January 2025
ރައްޔިތުންގެ މައްޗަށް އިސްވެތިބެ ރައްޔިތުންގެމެދުގަ އިންތިހާޔަށް ނާއިންސާފުން އަދުލުވެރިކަމުން ބޭރުންކޮށްފައޮތްކަމެއް ތި ގޯތިތަށް ދިނުމަކީ، އެކަންކުރީ އިބްރާހިމް ނަމަވެސް އެކަން ބަދަލްކޮށް އިންސާފުގާއމުކުރުމަކީ މިހާރުުގެ ވެރިންގެވެސް ޒިއްމާއެއް، އެކަން ކުރައްވާ،
ޥޢްބިންވ
14 January 2025
އަބަދުވެސް ގާނޫނާ ހިލާފު ނުވާނެ ކަމަށް ބުނެބުނެތަ ހުންނަޖެހެނީ؟ ދުވަހަކުވެސް އަމަލުން ދައްކާކައް ނުޖެހޭތަ؟
މޯޑް
14 January 2025
މިއޮށް ހުރިހާ ދުވަހު ކީންހޭ ތި ކުރީ ފާޑް ފާޑް ކޮމެޓީން ހަނދާގެން
މިންހާޖް
15 January 2025
މި ބެލީ ކޮންބަޔެއްތޯ ކަލޭމެންހެން ވަގު ޑޮކިއުމަންޓްލައިގެން ވަގަށް ތި ފްލެޓްތަށް ނަގާފަހުރީ.