އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސްވެރިންތަކެއް ވާހަކަ ދައްކަވަނީ: އޮޅުވާލައިގެން ޕާޓީއަކަށް ވައްދާފައިވާ ނަމަ، އެމްޑީޕީން ގާނޫނީ އެހީ ދޭން ވަނީ ނިންމާފައި.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
14 ޖެނުއަރީ 2025 - 21:01
ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ނިންމައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީން އެގޮތަށް ނިންމީ މީހުންނަށް ނޭނގި ސައްހަ ނޫން ފޯމުތައް ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދަމުންދާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
އެމްޑީޕީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޮޅުވާލައިގެން ޕާޓީތަކަށް ވައްދައި، ޕާޓީތައް ބަދަލުކޮށްފައިވާ އެންމެންނަށް ވެސް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެ ޕާޓީން ތައްޔާރަށް އޮތް ކަމަށެވެ. އެ އެހީތެރިކަން ބޭނުން ނަމަ ވައިބާ އަދި ވަޓްސްއެޕް ނަމްބަރަށް މެސެޖު ކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.
Confirm your party registration with the Elections Commission!
— MDP Secretariat (@MDPSecretariat) January 14, 2025
📲 Text PPR [space] ID Card Number to 1414
Registered without consent? Lodge a complaint at https://t.co/L830BruZNI. pic.twitter.com/0vK3lgmj9h
ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވޭތޯ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެސެޖުކޮށްގެން ބެލެ އެވެ. އަދި އެ މީހެއްގެ ހުއްދަ ނެތި ރަޖިސްޓަރީކޮށްފައިވާ ނަމަ އީސީގެ ވެބްސައިޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ މައި ޕާޓީ، ޕީއެންސީއަށެވެ. އެ މައްސަލާގައި ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީ އަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ބުނެ، ނެރުނު ބަޔާނުގައި ވަނީ ޕީއެންސީ އަށް ވަނުމަށް އެދި ލިބުން ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީގައި ނެތް ކަމަށެވެ.
ސައްހަ ނޫން ފޯމުތަކެއް ޕީއެންސީން އީސީ އަށް ހުށަހަޅާފައިވާ މައްސަލަ އީސީ އާއި ފުލުހުންނަށް ވެސް ހުށަހަޅާފައި ވާތީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
އީސީން ކުރިން ބުނެފައިވާގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ލިބުނެވެ. އެ މައްސަލަ މި ފަހުން ފެންމަތިވީ ވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރުމުންނެވެ. އީސީން ފަހުން ވަނީ އެ ފޯމު ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވެސް ވައްދައިފި
15 January 2025
ކަލޭމެން ތީ ވަގަށް އެންމެ ގިނަ މީހުން ޕާޓީއަށް ވެއްދި މީހުން. ކޮން މޮޅު ވާހަކައެއް ދައްކާކަށް.
ަުކލތޔ
15 January 2025
މިނޫންބައެއް ނެތީބާ.. އެމްޑީޕީ ފުޑެނީ މީގެ މީހުންނާހެދި. ލީޑަރޝިޕަށް ރަނގަޅުބަޔަކު އެބަޖެހޭނެރެން
ލުހާމްް
15 January 2025
ތަންތާ ނާރުތަކަށް ހާދަ ބާރެއް ތި ކުރަނީ ޕީއެންސީ އަކީ މި ދިވެހިރާއްޖޭގަ އޮތް އެންމެ ބޮޑު ޕާޓީ އަށް ވެގެން ދާތީ. ކިތަންމެ މަސައްކަތް ކުރިޔަސް ދެން މިގައުމުގަ އެންމެ ބޮޑު ބިޔަ ޕާޓީ ގޮތުގަ ކުރިޔަތް އޮތްތާވެސް އޮންނާނީ ހަމަ ޕީއެންސީ. ކިތަންމެ ގާނޫނީ އެހީއެއް ދިނަސް މިކަމެއް ބަދަލެއް ނުވާނެ
އަސަރަފަ
15 January 2025
އެމް.ޑީ.ޕީ އަކަށްވެސް އެއްވެސް އިތުބާރެއް ނެތް. ސިޔާސީ ޕާޓީތަށް ދެކެ ރައްޔިތުން ފޫހިވެއްޖެ ބޮޑު ތަނުން.
ހަޓް
15 January 2025
އަޅުގަނޑަށް ގާނޫނީ އެހީ ބޭނުން! 2023 ވަނަ އަހަރުގެ ޖޫން މަސްތެރޭ އަޅުގަނޑު އެއްވެސް ސިޔާސީ ޕާޓީއެއްގައި އޮތްތޯ ބެލުމަށްޓަކައި އިލެކްޝަން ކޮމިޝަންއަށް މެސެޖް (މިކަން ސާފުކުރުމަށް ކަނޑައަޅާފައިވާ ނަމްބަރަށް) ކުރުމުން އެނގުނީ އަޅުގަނޑު އޮތީ އެމްޑީޕީގެ ދަފްތަރުގައިކަން! އަޅުގަނޑު އުޅޭ ވަޒީފާގެގޮތުން އެއްވެސް ޕާޓީއެއްގައި އުޅެވޭނެ މީހެއްނޫން އަޅުގަނޑަކީ! ދެން އަޅުގަނޑުގެ އަތުގައި އެބަހުރި ހުށަހެޅި ވަގުފޯމާ ހުރިހާއެއްޗެއް އިލެކްޝަނުން ހޯދާފަ!
ކަހެރުވައް
15 January 2025
ތިއީކީ ކޮންމެހެން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީކީ ނޫން. ތިއުޅެނީ ވެރިކަމުގަ އޮތް ޕީއެންސީއާއި އިލެކްޝަނުގެ މައްސަލަ ކޯޓުތަކަށް ވައްދައިގެންވެސް ވެރިކަން ވައްޓާލެވޭތޯ ބަލަން. އެހެންޏާ ފަހެ އޮޅުވާލައިގެން ޕާޓީތަކަށް ވައްދާފަ އޮވެގެން އެކަން ހައްލުކުރުމަކީ ކޮންމެހެން ކޯޓް ކޭސްއަކަށް ދާންޖެހޭވަރު ކަމެއް ނޫންވިއްޔަ..
މަހޭޭ
15 January 2025
ކޮންމެ ކަމަކުން ޑްރާމާ ކުޅެންވެގެން އުޅޭ ބައިގަނޑެއް މީ. ވައްކަމާ ފަސާދައިގަ އަރާ ތިބި ތަރިން ތަކެއް މިއަދު މާ ހެޔޮ އެދިގެން އުޅުނީމަ އިނގިގެން ދަނީ މި ސީދާ އަމިއްލަ މަންފާ އަށް ކުރާ ކަމެއް ކަން
ޖެއްސު
14 January 2025
އެމްޑީޕީ ވެރިކަމުގަ ވެއްދީމަ އޯކޭދޯ އޮޅުވައިލައިގެން