ކަރަންޓު ޓްރާންސްފޯމަރު ތެރެއިން ވައްކަން ކުރި މީހާ.
15 ޖެނުއަރީ 2025 - 10:34
ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ރޭ 9:30 ހާއިރު ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރިކަން އެނގުނީ ނަރު ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.
އެއާ އެކު އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ. އަދި އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެމީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި މާރާމާރީ ހިންގި އެވެ.
އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ދެވަނަ މީހާ އަދި ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ށ. ބިލެތްފެއްސަށް ނިސްބަތްވާ އިބްރާހިމް ޒާލިފު ކިޔާ 37 އަހަރުގެ މީހެއް ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި ސްޓެލްކޯގެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ވަގުން ކަރަންޓު ޓްރާންސްފޯމަރުތަކަށް ވަދެ، ވައްކަން ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ރޭ އެއީ ޖެހިޖެހިގެން އެކަން ކުރާތާ ހަތަރު ވަނަ ރެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރެ ސޮރު
16 January 2025
ކަލޯ ގަޔާ ޒާލިފު ބުރޯ ހީވެސް ނުވޭ މިކަހަލަ ކަމެއްކޮއްފާނެހެން ވެސް. ވަރަށް ބަރާބަރު ކާރު ޑްރައިވިންގ އިންސްޓްރަކްޓަރެއް މިކަހަލަ ގައުމަށް ފައިދާހުރި މީހުން ވައްކަންކުރީމާ ވ ދެރަވޭ ހެޔޮ މަގު ދައްކަވާށި
މުހައްމަދު 22
16 January 2025
ތިކަން ހުއްޓުވޭނީ ޓްރާންސްފޯމަރ ބޭރުން ހައި ވޯލްޓޭޖް ކަރަންޓު ދީފަ ފެންސެއް ޖެހީމަ، އޭރުން ވައްކަން ކުރަން ވަންނަ މީހަކު ފެންސްގައި ތަތްލާން
ނާޑުވާ
15 January 2025
ހައްލަކީ އުމަރު
ވަބާއެއް
15 January 2025
ކޮން ބައެއްހޭ ތިގަންނަނީ. ރަށްރަށުންވެސް ކަރަންޓު ވާ ވަގަށް ނެގުން ބޮޑުވެއްޖެ. ފުލުހުން ނުކުރޭ އެއްކަމެއްވެސް. ދެން މީހުންގެ ގޭގެއަށާ ގުދަންތަކަށް ވަންނަ ވަގުން ގަޔަށް ކަރަންޓު ޝޮކު އަންނަ މަޅި ޖެހީމަ ކުއްވެރިވަނީ ގޭގެ ވެރިމީހާ. ދުވަހަކު ތިއިން ވަގަކަށް ފިޔަވަޅެއްނޭޅޭ. ބުރަމަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު މިމީހުން ވަގަށް ނަގައިން ވިރުޥާތަން ބަލަން ތިބެންވީ!
ހުތްއަލީގެ ދީދީީީ
15 January 2025
ޓްރާންސްފޯމަރު ފުލުހުން ގެ ފޯސްއެއް ހަދަން ފެނޭ
ބޮޑުވެއްޖެކަމެެއް
15 January 2025
ހަމަ ހަގީގަތުގަވެސް, ރަށެއްގެ މީހަކު މާލެސިޓިގައި ވައްކަން ކޮށްފިނަމަ, އަހަރެއް ނަމަވެސް މާލެ ނާދެވޭ ގޮތަށް އެމީހަކު ނިސްބަތްވާ ރަށަކަށް އަރުވާލަން ގާނޫނު ބަދަލު ކުރަން ވެއްޖެ
ފުރޭތަ1
15 January 2025
ދެން މާލޭ އެރައިވަލްސް ވެރިފައި ކުރާނެ ތަނެއްވެސް ހަދާ ކުޑަ ސިޓީ ހަދައިން އާދެވޭގޮތް ހަދަންވީދޯ
ވަހީދުެ
15 January 2025
އެމީހުން އަތުން އެތަކެތި ގަންނަ މީހުންނާއި އެތަކެތި ބޭރަށް އެކްސްޕޯޓު ކުރާ މީހުން ވެސް ދެނެގަންނަން ނުޖެހޭބާ؟
މިހާޜު
15 January 2025
ވަގުންނަށް ވާނީ ފައިދާ! ދެން ޖަލުގަ ކައިގެން ނިދަންވީ އެއްނު . ކަމެއްނުކޮށްވެސް
މިހާލި
15 January 2025
ހުރިހާ ވައްކަންކުރާ އޮޅުވާލާމީހުންގެ ވަނަވަރު ހާމަކޮއްބަލަ
ބޮޑެތި ވަގުންނަށް ބޮޑު ހުކުމެއް
15 January 2025
މި ވަގު ކަލޭގެ އަލާ ފިލާ ވަރުވަން ދެން ޖަލު ހުކުމެއް ކޮށްފަ ހުކުން ތަންފީޒު ކޮށް ނިމުނީމަ މަދު ވެގެން 30 އަހަރު ވަންދެން މާލެ ނާދެވޭ ގޮތް ހަދަންވީ މާލޭ ސަރަހައްދު މި ވަގުންނާ މަގުފޭރޭ މީހުންގެ ކިބައިން ސަލާމަތް ކުރަންޖެހޭ. ކޮންމެ ފަދަނުބައި ކަމެއް ކުރިއަސް ޖިނާއީ އިޖުރާއަތޭ ވަތުބަތާނައޭ ކިޔައިގެން ފުއްދާ ލެވޭ ވަރަށް ވުރެ މީހުންގެ ނުބައިނުލަފާ ކަމާ ޖައްބާރު ކަން މާބޮޑު ވެއްޖެ .