ރައީސް އޮފީސް: އަންނަ މަހުގެ ހަ ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައި.-- ފޮޓޯ: މިހާރު
15 ޖެނުއަރީ 2025 - 13:04
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް އަންނަ މަހުގެ ހަ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެއަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާ ކަމަށެވެ.
މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ރައީސް، މަޖިލީހަށް މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ، ފެބްރުއަރީ މަހުގެ 6 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ. މިއާ އެކު، އަންނަ މަހުގެ ދެ ވަނަ ހަފުތާގެ ބަންދުގެ ދެ ދުވަހާ އެކު، ތިން ދުވަހުގެ ބަންދެއް ލިބޭނެ އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ ރައީސް ރިޔާސީ ބަޔާން އިއްވުމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
މަޖިލީހުގެ އާ ދައުރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަށާއިރު އޭގެ ކުރިން މި މަހު ދައުރުން ބޭރުން ދެ ޖަލްސާއެއް ކުރިޔަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ޖަލްސާ ބާއްވަނީ މާދަމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯތްބާއެކު
16 January 2025
ޝުކުރިއްޔާ. ޝުކުރިއްޔާ ޝުކުރިއްޔާ ރައީސް ޑރ. މުއިއްޒު. ތީ ހެޔޮ ވެރިއެއް. ސޯލިހަކީވެސް ޔާމީނަކީވެސް ހަމަ ރަނގަޅު މީހުން އިނގޭ. ރ.މައުމޫނަކީވެސް.
ބަޔާނަކީ ރަމްޒީ ފޮނިކެނޑުމެއް
16 January 2025
ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއްނެތް. ތިޔަ ބަޔާނުގައި އޮންނާނީ ހުސް ފޮނިކެނޑުމާ ހޮޅި ވަޢުދުތަކުގެ ވާހަކަ. އޮއްޓަރުހުރި އުއްމީދީ އެއްވެސް އެއްޗެއް ތިޔަކުން ނުފެންނާނެ ރައްޔިތުންނަކަށް. ދެން ޢިއްޒަތްތެރި ރަޢީސުލް ޖުމުހޫރިއްޔާ ތި ބަޔާން އިއްވާއިރު ދެން ތިތާނގަ ތިބޭ އަހަރެމެންގެ ޢިއްޒަތްތެރި މެންބަރުން ލަވާނީ ހަޅޭއް. އަޑެއް ނާހާނެ. އެހެންވީމަ ވ ބޭކާރު ކަމެއް. ނޫސްތަކާ ގެޒެޓާ ވެބްސައިޓް ގަ ޝާއިޢު ކޮށްލާ . އޭރުން ޘަނާ ކިޔާ މީހުން ތީއްޗެއް ކިޔާފާނެ
ދިވެހިފަހުލަވާނުން
16 January 2025
ޝުކުރިއްޔާ ރައީސް. ވީ ލަވް ޔޫ
ބޯދާ ހުސޭނު
15 January 2025
ވަށަފަރު މީހުން ވަރަށް ކުޅަދާނަ ކަމަށް ބުނާ ކަންކަން ކޮންމެ މަޤާމެއްގަ ހުއްޓަސް ކުރާނެ. ފަހަތަށް ފިޔަވަޅު އެޅުމަކީ އެމީހުންގެ އާދަކާދައިގަ ހުރިކަމެއް.
ަދަނޑި
15 January 2025
"ރައީސް އޮފީހުން ބުނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ، މީގެ ފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ." މިއީ މިދިޔަ އަހަރު މރިޔާސީބަޔާން އިއްވި ދުވަހުގެ މިނޫހުގައި ލޔުނު ހަބަރުގައި އޮތްގޮތް. ޖެހިގެން އައި އަހަރު މިއޮތީ ކުރިން ބުނި އެތި ކެންސަލް ވެފަ https://mihaaru.com/news/130071
ހާރޑްކޯ ފޭންސް. ނުކުޅެވޭނެ
15 January 2025
ޝުކުރިއްޔާ ރައީސް. ދެވަނަ ދައުރުގަ ވޯޓު ދޭނަން
ލައިލަތީ
15 January 2025
ރަމަޟާން ފަހު ދިހަ ބަންދުތަ؟
އޮނަރަބްލް އަފީފު ދީދީ
15 January 2025
ރިޔާސީ ބަޔާނަކީ ހަމައެކަނި ކ.އަތޮޅު މާލޭމީހުންގެ މައްޗަށް އިއްވާ އެމީހުންގެކަންކަން ކޮށްދޭނެވާހަކަ އަދި ދައުލަތުގެ ޙަޒާނާ ހަމައެކަނި އެރަށަށް ތަޅާހުސްކުރާނެ ވާހަކަބުނުމަށް ބާއްވާ ހަފުލާއަކަށް ވެގެންނުވާނެ. އަހަރުމެން އައްޑޫ މީހުނަނަކީވެސް މިއާބާދީގެ ބޮޑު ބައެއްކަން ދަނެގެން މިފަހަރުގެ ބަޔާނުގައި މާލޭސަރުކާރުން އަހަރުމެނަށް ބޮޑު އަގުގައި ވިއްކާ "ފިޔަޖަހާ ކަރަންޓްގެ ޙާލަތު ބަދަލު ކުރުމާއިމެދު މާލޭ ސަރުކާރުގެ ވިސްނުން ހުރިގޮތްވެސް" ހާމަކުރާންވާނެ.
ސީނު.
15 January 2025
އައްޑޫ އިން އެކަންޏެއްނޫން ކަރަންޓް ދަނީ. މާލެއިންވެސް ބައެއް ފަހަރު ކަރަންޓް ކެޑޭ. ކަލޭމެން އައްޑޫ މީހުންގެ ކަންތައްވެސް ބޮޑީ.
ނާޑުވާ
15 January 2025
ކިތަންމެ ވަރަކަށް މާލެއާ ޖެހިގަނެގެން އުޅުނަސް މާލޭ މީހުންގެ ވިސްނުމާ ކުޅަދާނަކަމުން ހޯދާފައިވާ ކުރިއެރުމާ ތަރައްޤީ އަދި ތަނަވަސްކަމެއް ނުލިބޭނެ. ތިމާ މީހާގެ މަޤާމް ތިމާ ދަން ޤަބޫލްކުރުން ބުއްދިވެރި ގޮތަކީ.
ބައްޑާއައްޑޫ
15 January 2025
އައްޑޫމީހުން މާ ފޮނުނުއަރުވަ ރަށަށްދޭބަލަ.
މާލެއަކީ އައްޑޫ މީހުންގެ ތަނެއް
16 January 2025
ތީ ވަރަށް ވާނުވާ މީހެއް ބައެއްފަހަރު. މާލޭގެ ވިޔަފާރިތަކާ ބިންވެރިކަމަށްބަލާއިރު %50 އަށްވުރެ ގިނަވާނީ އައްޑޫމީހުންގެ %100 ނުވަތަ އެހެންގޮތްގޮތަށްވެސް ޙިއްސާވާ ވިޔަފާރިއާ ބިންތައް. މި ސަރަހައްދު ގާތްގަނޑަކަށް ކޮންޓްރޯލް ކުރަނީ އައްޑޫއަށް ނިޞްބަތްވާ މީހުން. އެހެންވީމަ ކަލޭ އައްޑޫ ސިޓީގަ ބޮނޑި ހަދަންހުރެގެން މާލޭ ބޭފުޅުންނޭ ކިޔައިގެން ތި ޖައްސާލެވެނީ ހަމަ އައްޑޫ މީހުންނާ. ތިލަދުންމަތީ ނުވަތަ އުތުރު ނޫނީ މެދުރާއްޖެތެރޭ ބަޔަކު ތިކެންކިޔާނަމަ އޯ.ކޭ
ކިޔެންކޯ
15 January 2025
އެހެންވެ ރޔާމީނު ރަނގަޅީ. ތި އިއްވާ އިއްވުން ރޔާމީނުވެސް ކުރި. ނަމަވެސް ސަރުކާރު ބަންދެއް ނުކުރޭ. އަދި މުއިއްޒު މިދިޔަ އަހަރު އިއްވިއިރު ވެސް ސަރުކާރު ބަންދެއް ނުކުރޭ. ދެން މިހާރު ކޮންކަމެއްް ކުރަން މި އުޅެނީ ؟
ކެޕްޓަން
15 January 2025
އަބަދުވެސް އެއީ ބަންދު ދުވަހެއް. އޭގެ ސަބަބުން ވަޒީފާގައި އުޅޭ ގިނަ ބަޔަކަށް ބަންދެއް ލިބޭ. އަފި ވަޒީފާ ކުރާނަމަ އިތުރު ރުފިޔާ ލިބޭ. ދެން މިދިޔަ އަހަރު ނުކޮށް މިއަހަރު ކުރުން އެއީ ބުރާސްފަތި އަކާއި ބައްދަލުވުމުން. އޭރަށް 3 ދުވަހުގެ ބަންދެއް އާއިލާ އެކު ހޭދަ ކުރަން ލިބޭނެ. ޝަކުވާ ނުކޮށް އެކަމެއްގެ ޕޮޒިޓިވް ކަމަށް ވިސްނާ.