ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން: ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ވަގު ފޯމު ހުށަހެޅި ކަމަށް ބުނާ މައްސަލާގައި އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީ ޕީޖީން ވަނީ ފާސްކޮށްފައި -- ފޮޓޯ: ރައީސް އޮފީސް
15 ޖެނުއަރީ 2025 - 18:05
ސަރުކާރު ހިންގާ ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގުރޫޕުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް 10 މެންބަރުންގެ ސޮއި ބޭނުންވެ އެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ތިއްބަވަނީ 12 މެންބަރުންނެވެ. ނަމަވެސް ވަޒީރަކު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ނެތެވެ.
ޑީއެންއާރްގެ ޑޭޓާ ބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގިނަ ބަޔަކަށް ނޭނގި ޕީއެންސީއަށް ވެއްދީ އިހުސާންގެ ބައިވެރިވުމާއެކު ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެކި ހިދުމަތްތަކަށް އެދިގެން ސަރުކާރަށް ލިޔެކިޔުން ހުށަހަޅާ ރައްޔިތުންގެ ޒާތީ މައުލޫމާތު ނެގުމުގައި މިނިސްޓަރު ބައިވެރިވުމަކީ މިނިސްޓަރުގެ ހުވަޔާ ވެސް ހިލާފުވާ ކަމެއް ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ޕީއެންސީއަށް ފޯމު ފުރަން ތިބި ފޮޓޯތަކެއް ކުރިން އާންމުވެފައި ވާތީ، އެކަން ކުރިއަށް ދިޔައީ ސީދާ އިހުސާންގެ ބެލުމުގެ ދަށުން ކަން ހާމަވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެމްޑީޕީން ވަނީ ފުލުހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އިހުސާން ހުންނަވައިގެން މި މައްސަލަ އިންސާފުވެރިކަމާއެކު ފުލުހުންނަށް ނުބެލޭނެތީ އޭނާ މަގާމުން ދުރުކުރުމަށް ސަރުކާރަށް ވެސް ގޮވާލައިފަ އެވެ.
އޮޅުވާލައިގެން ފޯމް ހުށަހަޅާ މައްސަލާގައި މިފަހުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ޕީއެންސީއަށެވެ. އެއީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލު ކުރުމުންނެވެ.
އެ މައްސަލައަށް ފަހު އަނެއްކާވެސް ސައްހަ ނޫން ފޯމްތަކެއް މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ޕީއެންސީން ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް އެއްބަސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
16 January 2025
ސައްހަނޫން ފޯމްތަކެއް ހުށައަޅާފައޮތަސް އިހުސާން ވަކިކުރަން މަޖްލިސްއަށް ހުށައެޅުމަށްވުރެ މާރަނގަޅުވާނެ އެމްޑީޕީ ހަރުގެއަށް ހުށައެޅިއްޔާ ހެއްދެވި ނެހެއްދެވިއަށް ގޮވާލާ ފޫހިފިލުވާލެވޭނެތާ!!.
ޝިފާޒްް
16 January 2025
ހަހަހަހަހަހަހަހަހަ. އިހްސާން ވަކިކުރަން 5 އަހަރު މަޑުކޮށްލާ
ފިޒްލާާ
16 January 2025
ކޮން މޮޔަ ޑްރާމާއެއް ކުޅޭނަމޭހިތާ ތިއުޅެނީ. ކަންދެއްކުންނޫންކަމެއް އަޅެ ކަލޭމެންނަށް ނުވެޔޭ.
ގުދޯގުދޯ
16 January 2025
ފުރަތަމަ ޖެހެނީ ސޯލިހު ވެރިކަމުގަ ރިޔާސީ އިންތިޚާބަށާ މަޖިލިސް އިންތިޚާބަށް ޑީއެންއާރު ޑޭޓާބޭސްގެ އެމްޑީޕީގެ އޮފީހަށް ލިންކެއްލައިގެން ހުރިހާ ރައްޔިތުންގެ ސިއްރު މަޢުލޫމާތުތައް (ފޮޓޯތަކާ ފޯނު ނަމްބަރުތަކާއެކު) ނަގައިގެން ބޭނުންކުރި ނުލަފާ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ތަހުގީގުކުރަން. އާސަންދަ ޕޯޓަލް ބޭނުންކޯށްގެން ހުރިހާ ރައްޔިތުންގެ ފޯނު ނަމްބަރުތައް ކޮޅާލި މައްސަލަ ތަހުގީގު ކުރުން. އެކަން ހުށަހަޅާބަލަ ކަލޭމެން ފުރަތަމަ.
އަންޕަތުރޭ
16 January 2025
އެކަންވެސް ބަލަންވީ. އެމީހުން ކުރީމައޭ ކިޔާފަ މިމީހުން އެއަށްވުރެ މާ ހަޔާތްކުޑަކޮށް ކަންކަން ކުރީމަ ކޮބާތަ މިމީހުންގެ ރަނގަޅުކަމެއް. މީ މާ ނުބައިބަޔަކަށް މިވީ. ވޯޓުދެވުނީތީ ހިތާމަކުރަން.
ބޭނެ
16 January 2025
މިއަދު އެމްޑީޕީން މާވަރުގަދަޔަށް ޕީއެންސީއަށް ގަވާޢިދާއި ޚިލާފަށް ނުވަތަ އޮންނަ އުސޫލުން ބޭރުން އެޕާޓީއަށް މީހުން އިތުރުކޮށްގެން އެވާހަކަ ދައްކަން ހަމަ ލަދު ގަންނަންޖެހޭ! އެމްޑީޕީއަކީވެސް އެޕާޓީއަށް ގަވާޢިދާ ޚިލާފަށް އުސޫލުން ބޭރުން މީހުން އިތުރުކުރުމުގެ ރިކޯޑް އޮތް ޕާޓީއެއް! ސިޔާސީ ޕާޓީތަކުންކުރާ ވަރަށް ވިޔާނުދާކަމެއް މިއީ! ރައްޔިތުން/ރައްޔިތެއްގެ ޙައްގަށް އަރައިގަތުން މިއީ! މިއީ ބޮޑު ކުށެއް! މިރާއްޖޭގައި މިކަން ނުބެލުނަސް މިއީ ކުށެއް!
ހ. ހުސައިން
16 January 2025
ރައީސްވެސް ޕާޓީގެ ބޭފުޅުންގާތު އެދެންވާނީ އެބޭފުޅުންނަށް ކުރެވޭ ވަރުގެ ކަންކަން. އަނެއްހެން ބުނާނަމަ "ސްމާޓް" ޓާގެޓް ކަނޑައަޅުއްވާންވާނީ. ދެންމިވާ ގޮތަކީ މިނިސްޓަރުންނާއި އަރިސް ބޭފުޅުންނަށް ރައީސް ކަމަކަށް އެދިވަޑައި ގަތީމާ ނޫނެކޭ ބުނާން ހަމަ ނުކެރެނީ. އެހެންވީމާ ގޯސްކޮށް ކަންކަން ކުރާން މަޖުބޫރުވެ، ކަންކުރާ މީހާއާއި ޕާޓީގެ އަގު ވެއްޓެނީ.
އައްބެ
16 January 2025
އެމްޑީޕީގެ ވެރިކަންތަކުގައި ޑީއެންއާރު ޑޭޓާބޭސްއާއި ރަށްރަށުގައި ހުރި ރަށްވެހިންގެ ރަޖިސްޓްރީތައް ޖަގަހަތަކަށް ގެންގޮސްގެން ކުރީ ކީއްތޯ؟ ބައެއް ރަށްރަށުގެ ރަޖިސްޓްރީގެ އެކްސެލް ކޮޕީ އާންމު ރައްޔިތުންގެ އަތުގައި ހުންނަންވީ ކީއްވެތޯ؟ މިހުރީ ހިންގާފައި ހުރިޖަރީމާ. ރައްޔިތުންގެ ޒާތީ މައުލޫމާތު ޕާޓީގެ ހާޑްކޯ އެކްޓިވިސްޓުންގެ އަތުގައި ރަށުތެރެއަަށް ލީކުވުން މިއީ ކާކު ޒިންމާވާންޖެހޭ ކަމެއްތޯ؟ އެއިރުގެ ވެރިންނަށް ފިޔަވަޅުއަޅާފައި އިތުރުކަމެއްކުރަންވާނީ.
ހުސަ
16 January 2025
އިހްސާންއަކީ ފަސްބައިސާފު ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ މީހެއްނޫން މިސަރުކާރުގެ މިނިސްޓަރަކަށް ހަމަޖެއްސުމުގެކުރިން! އޭނާއަކީ މިގޮތުން ރަގަނޅު ސާފު މީހެއް! ޕާޓީއަށް ވަގަށް މީހުން ވެއްދުމުގައި ގޯހެއް ހަދާފައިވާނަމަ އެކަން ބެލޭނެ ގޮތެއް އޮންނަންވާނެ! ޕާޓީތަކަށް މީހުން އެބަވައްދާ އެވެއްދި މީހާއަށް އެއްގޮތަކަށްވެސް ނޭނގި އޭނަގެ ނަމުގައި ފޯމްފުރާ ފިންގަޕްރިންޓްޖަހާ ސޮއިކޮށް ހަދައިގެން! މިއީ ބަލަންޖެހޭ ޙައްލުކުރަންވެފައި އޮތްކަމެއް!
އަފްރާސިޔާބު
16 January 2025
ކޮންމެ މީހަކީވެސް ކުށްކުރުމުގެ ކުރިން ސާފު ހުދު ބޯކިރުކޮޅެއްކަހަލަ މީހެއް. އެއްފަހަރު ކުށްކޮށްގެން ފަޅާއެރީމާ ދެން ނުކިޔާނެ ފަސްބައި ސާފު މީހެކޭ. އެހިސާބުން އޭނާ ވާނީ ފަސްބައި ކަލަނބު ކުށްކުރި މީހަކަށް. ދެން އޮތީ އެކަމުން ސަލާމަތްވުން. އެއިރު ވެސް ކިޔާނީ ކުށްކުރިމީހެކޭ.
ރިޔާސީވައުދު
16 January 2025
ޢިހުސާނޫ. ޢެމްޑީޕީއިން މިދިޔަ އިންތިހަބުގައި ގެންގުޅުނު ޑޭޓާ ބޭސް އަކީ ކޮންތާކުން ކަޓުވާލި އެއްޗެއްތޯ ބަލާލަ ދީބަލަ. ޢޭގައި އައިޑީކާޑުގައި އިންނަ ފޮޓޯއަށް ދާންދެން އިދޭ. ޢަދި އެމީހަކާ އާއިލީގުޅުން އޮންނަ އެންމެން ލިންކުކޮއަފައި އޮންނަނީ. ޢާއިލާގެ އެކަކު ވޯޓުލުނާނަމޭ ބުނީމާ އެންމެން ބުލެކު ލިސްޓު ކޮށްލާ ވަގުތުން.
ގުނައިދު ޝަރީފް
16 January 2025
ކުރީ ސަރުކާރުން ކުރާ ހުރިހާކަމެއް އެއަށްވު ހަޑިކޮށް ކުރާކަށްނޫން މި ސަރުކާރުހޮވީ. ހުރިހާ ވައްކަމެއް ހުސްވެގެން މީހުން ވަގަށްނަގާހިސާބަށް ދިޔައީމަަ ކަޑަދެއްތޯ.
އެންމެން ހެޕީ
16 January 2025
" ވެސްޓް ޕޮއިންޓް " އަށް ވެސް ހުތުރު