އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް:.-- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖެނުއަރީ 2025 - 09:57
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުން ޗައިނާ އަށް ކުރާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.
އެ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. އެ ސިޓީ އަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 22 ގަ އެވެ.
މޯލްޑިވިއަން އިން އާންމުކޮށްފައިވާ ގޮތުން ޗައިނާގެ ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރަ އެވެ. ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
ބެއިޖިން އަށް މި މަހުގެ 24 ގައި ދަތުރުތައް ފަށާ އިރު ޝެންހާއީ އަށް ދަތުރުތައް ފަށާނީ މި މަހުގެ 27 ގަ އެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެއާބަސް އޭ330 ބޯޓުން 260 މީހުންގެ އުފުލޭނެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާ ދަތުރުތައް ކުރެވޭނެ އެވެ. ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.
އެއާބަސް އޭ330 ބޯޓާ އެކު، މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
17 January 2025
ވައުދެއް ވިއްޔާ ފުރިހަމަކުރުން އެއީ މުހިންމު ކަމެއްކަން ހަނދާން ކޮއްދީފި
ފަހުދު.
18 January 2025
އެއަރްލައިން ބަންގުރޫޓު ކޮއްލައިގެން ވިޔަސް ކުރަންވާނެ
ފެންސު
16 January 2025
الحمد لله. މައްސަލަޔަކީ ކިތަންމެ ކުރިއެރިޔަސް އަހަރެމެން ރައްޔިތުންގެ ދިރިއުޅުމަށް އެނގުންނުވާތީ. :(
ޗެންޑޫ
16 January 2025
ތި އަގު ތަކަކީ މާކެޓުގަ ހުރި އަގަށް ވުރެ ވަރަށް ވުރެ ހެޔޮ އަގުތަކެއް. ދިވެހިންނަށް ރުފިޔާއިން ޓިކެޓް ގަންނަން ލިބުމަކީވެސް ވަރަށް ބޮޑު ލުޔެއް. ޝުކުރިއްޔާ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ