މިސްކިތެއްގެ ތެރޭ ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް: މައްސަލަ މިނިސްޓްރީން ދަނީ ބަލަމުން
17 ޖެނުއަރީ 2025 - 14:35
ރަށެއްގެ މިސްކިތެއްގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަމުން އަނަން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މިސްކިތް ތެރޭ ކުޅިވަރު ކުޅުމުގައި ބިދޭސީން ވެސް ބައިވެރިވެފައިވެ އެވެ.
ވީޑިއޯއާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ފޭސްބުކްގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މިއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ވިލުފުށީ ކައުންސިލުން "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެއީ މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި "ޓީމް ބިލްޑް" އިވެންޓެއް ކަމަށާއި އެއީ މިސްކިތުގެ ނަމާދު ބައިގައި ކުރި ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އިވެންޓް ބޭއްވި މިސްކިތާ އެކު ހަދާފައިވާ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
18 January 2025
އޭ ކަލޭމެން ޗަންދާ ނަގައިގެން އޮޝްޓޭލިޔާގަ އަޅާ މިސްކިތް، މިހާރު ކިހާ އުސްކޮށް ނެގިއްޖެތަ؟ މުދިމަކަށް ލާނެ މީހަކު މަތިވެއްޖެތަ؟
މަމެން5
18 January 2025
ފިޔަވަޅު އަޅާތަނެއް ނުފެނޭ. އިތުބާރު ވަނީ ގެއްލިފަ. މިސްކިތަކީ ސަރުކާރު ކުންފުންޏެއް ނޫން. ދެންވެސް މީ ކޮން އިރަކު ހިނގި ކަމެއްތޯ ބަލާފަ އަދަބު ދީބަލަ.
ގެދާނޯމޮސް
18 January 2025
ކުށްވެރި ކުރާ ގާނޫނު ވަނީ ކިހާހިސާބެއްގައި ކާކުތޯ ކުށްވެރި ވަނީ ބައްލަވަން ސަލާހުއްދީން މިސްކިތުގެ އިމާމު މީހާ އަށް ސިޓީކައުންސިލުން ހަދާފަވާ ފާޚާނާ ބައްލަވާށެވެ. މިސްކިތްތަކާ ބެހޭ ގާނޫނުގެ މެއިންޑޭޓާއި ޚިލާފަށް ހުރި ކޮށްމެ ކަމަކީ ހުރުމަތް ކެނޑޭނެ ކަމެކެވެ. ޒިންމާނަގަން ޖެހޭނީ މިވަގުތު ފިނިކޮޓަރީގައި އިންނަވައިގެން ސުރުހީއަޅުވައިގެން މުސާރަ ނަންގަވާ މިނިސްޓަރެވެ.
ފުރަތަމަ ޒަމާން
18 January 2025
ރަސަުލު ޒަމާނުގައި މިސްކިތުގައި އިޖްތިމާއީހަރަކާތް، ކައުވެނީގެ ހަފްލާ، ދީނީ އިވެނޓް، ސަގާފީ ހަރަކާތް ވެސް ހިންގެވި. އެއީ ހުރުހާ މުސްލިމުންނަށް ތަފާތުކުދުމެއް ނެތި ހުޅުވާލެވިފައިވާ ތަންތަން.
ަޒަމާން
18 January 2025
ކޮބާ ދަލީލް. ދީނީ ކަންކަމަށް ތިހެން ހިތައް އެރިހާ އެއްޗެއް ނުބުނެވޭނެ. އަދި ހާއްސަކޮށް ރަސޫލާ އަށް ނިސްބަތްކޮށް އެއްވެސް ދަލީލެއް ނެތި އެއްޗެއް ބުނުމަކީ ފާފަވެރިވާނެކަމެއް.
އަނދިރި ބާލިދީ
18 January 2025
ޥަރައް ޖާހިލު އަމަލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބާލިދީޖަހާފަ އަނދިރި ހިއްކާ އުސޫލައް ކޮންމެ ކަމެއް ވަރިހަމަ ވެގެން ނުވާނެ
މަނިކުބޭބެ
18 January 2025
މިސްކިތް ތަކުގެ ޖަލްސާކުރާ މާލަމަކީ ދެޖިންސް މަސްހުނިވެގެން ބަޑުޑިބައްދާ ނާޗަރަގީ ކުޅެން ހަދާފައިހުންނަ ތަންތަނެއްނޫން މިދިޔަ އަހަރު ކުރިކަމަކައްވިޔަސް އިސްލާމްދީނާ ފުށުއަރާކަންކަން ބެލެންވާނެ ފިޔަވަޅުވެސް އެޅެންވާނެ ؟ ކައުންސިލަރުން ތިބީ ހަމަހޭގަތޯ ބަލަންޖެހޭ
މޯޑް
18 January 2025
ކައުންސިލުން މިކަމުގެ ޒިންމާނަގަށް ޖެހޭ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް ކައުންސިލުގެ ވާހަކަތައް ތި ހުންނަނި
އެއވެސތަނއް
17 January 2025
މިސްކިތާއި ގުޅިފައި ނޫނީ މިސްކިތުގެ ވަކިބައެއް..... ކީކޭތަ ބުނަން ތިއުޅެނީ....... ބަލަ މިސްކިތުގެ އެއްވެސް ތަނެއްގައި ކޮށްގެން ވާނެ ކަމެއްނޫން ތިއީ......
ދޮންކަލޯބެ
17 January 2025
އަޅޭ ތިޔަރަށު މީހުން ތިބީ ކިހިނެއް ވެފައިތަ. މިސްކިތަށް ވަންނަންޖެހުނި ފުރަތަމަ ކީއްވެތޯ ކާކުތޯ ހުއްދަދިނީ. މިސްކިތުގެ ނަމާދު ނުކުރާބައެއްނަމަވެސް ތަނާއި ނުގުޅޭ ކުޅިވަރާއި ހަރަކާތްތައް ކުރެވިގެން ނުވާނެ.
ޢެޑްމުންޑޯ
17 January 2025
މިފަދަ ފާހިޝް ވިޔާނުދާ ކޮންމެ ކަމެއް ރައްރަށުގައި ކުރަނީ ކައުންސިލަރުން އިސްވެ ތިބެ ، ފިޔަވަޅު އަޅަންޏާ އެމީހުންނަށް ފިޔަވަޅުއަޅާ