ޑޮލަރުތަކެއް ގުނަނީ. މިހާތަނަށް 40 މިލިއަން ޑޮލަރު ބޭންކްތަކަށް މާރުކޮށްފި -- ފޮޓޯ: މިހާރު
18 ޖެނުއަރީ 2025 - 12:08
ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވޭ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން، ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ކަމަށެވެ. އެހެންވެ، އެ ދުވަހުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެމްއެމްއޭ އިން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ހިދުމަތްދޭ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓަކުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު އެމްއެމްއޭ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށިއިރު، އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެކަމާ ގުޅޭ ގަވާއިދެއް އެކުލަވައިލާފަ އެވެ. އެހެންވެ، އެ ގަވައިދުގެ ދަށުން މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުން ބޭންކުތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކާލޯސް
19 January 2025
ނުކުރާނެ. ކާކުކޮންރިސޯޓަކުންތަ؟ ނުކޮށްފިއްޔޭ އެޅޭނެ ފިޔަވަޅެއްވެސް ނެތެއްނުން؟؟
ހަހަހާ
19 January 2025
ކޮންމެ ގައުމެއްގައިވެސް މުސާރަ ދޭންވާނީ އެގައުމެއްގެ ފައިސާއިން. އެއީ ބޭރު މީހެއް ކަމުގައި ވިޔަސް. ޑޮލަރު ލިބޭ ތަންތަނުން މުސާރަދޭން ޑޮލަރު މަދުކުރުމަކީ ލާޒިމުކަމެއް. ވަކިބަޔަކު ޑޮލަރުން މުސާރަ ނަގައިގެން ބްލެކްމާރކެޓްގައި ވިއްކައި އޭގެ އަގު އުފުލަނީ. މިގައުމުގައި ރެޖިސްޓަރ ކޮއްފައިވާ އެއްވެސް ވަޒީފާއަކަށް ދިވެހިފައިސާ ނޫން އެއްޗަކުން މުސާރަ ދެވިގެން ނުވާނެ. އަދި އެއްވެސް ވިޔަފާރިއަކަށް ވެސް ދިވެހިފައިސާ ނޫން އެއްޗެއް ބޭނުންކުރެވިގެން ނުވާނެ.
ޑޮލަރުގެ އަތު
19 January 2025
އެހެންވީމާ ޑޮލަރުގެ އަގު 12 އަށް ތިރިވާނެދޯ؟
އިކޮން
19 January 2025
ރިސޯޓް ތަކުގެ އާމްދަނީ އަށް ބަލާއިރު، 138 ރިސޯޓުން 30-40 މިލިއަން ޑޮލަރު އެއީ ވަރަށް ދަށް އަދަދެއް. ތި އަށްވުރެ ބޮޑު އެމައުންޓެއް މާރުކުރާ ގޮތަށް ހަދަންޖެހޭ. ރަންބިހުގެ ފައިދާގެ 100 ޕަސެންޓް ޤައުމަށް ލިބޭ ގޮތަށް ކަންކަން ބައްޓަންކުރަންޖެހޭ. ބޭންކިންގ ނިޒާމު ހަރުދަނާކޮށް އިންވެސްޓަރުންގެ އިތުބާރު ހިފޭ ބޭންކުތަކަށް ހަދަންޖެހޭ، ހަރުދަނާ ރެގިއުލޭޝަންތައް ހެދި އިމްޕްލިމެންޓް ވާން އެބަޖެހޭ.
ލޯރަތްބެ
20 January 2025
ކިހިނެތް ރިސޯޓަށް ލިބޭ އާމްދަނީ އެއްކޮށް މާރުކޮށްގެން ރިސޯޓް ހިންގަނީ. ދިވެހި ކުންފުނިތައްވެސް ރިސޯޓަށް ވިއްކާ މުދަލުގެ ޕޭމަންޓް މިބޭނުންވަނީ ޑޮލަރުން. އަދިކޮބާ ބޭރުން މި ގެންނަންޖެހޭ މުދަލަށް ދައްކަންޖެހޭ ޕޭމަންޓް. އެވެސް ދިވެހި ރުފިޔާއަކުން ބަލައެއްނުގަނެއޭ. ރިސޯޓްތަކަށް ބޭނުންވާވަރަށް މޭވާތަރުކާރީ އުފެއްދޭ ގައުމެއްނޫން.
ކަނބިލި
18 January 2025
ސަރުކާރަށް ލާރި ލިބޭ. ލާރިއަށް ހަދާގޮތް ނޭގެނީ. ރައްޔިތުންނަށް ކަމެއްކޮށްދޭކަށް ފައިސާއެއް ނެތް. ސިޔާސީ ކަންކަމަށް ޚަރަދުކުރާނެ ފައިސާހުރޭ. ޑޮލަރެއް ނުލިބޭ. ތަކެތީގެ އަގުތައް އަތްނުފޯރާ ހިސާބުގައި
ކަކުނިބޯ
18 January 2025
މިއީ ސަރުކާރަށް ލިބޭލާރިއެއްނޫން އިގޭތޯ. މިއީ ސައްހަގޮތުގައި މާރުކުރަން މަޖްބޫރުކުރާ ކުޑަކުޑަ މިންވަރެއް އިގޭތޯ
ރިސޯޓް ބޮއި
18 January 2025
ދެރަ މަހެއް މުސާރ ބަދަލުވަނީ ދިވެހި ރުފިޔާއަށް ދިވެހި މުވައްޒަފުން ނަށް. ސައްވިސް ޗާޖް ވެސް. ސަރުކާރުން ހެވިފަ ހުރޭ. ފާނާ ކުރަނިވި ސަރުކާރެއް
އިބޫނޫން
19 January 2025
ރިސޯޓް ބޯއިސް އިބޫ ނޫންގޮތެއް ހޯދަން ނިކުތީ.. މިހާރު މިއޮތީ އިބޫ ނޫންގޮތެއް ފެނިފައި.. ދެން ޝަކުވާ ނުކުރޭ މާ ގިނައިން.
ޕޮންޒީ
18 January 2025
ތިވަރުވެސް މާމަދު .. މާރުކުރަންވިއްޔަ މިބުނަނީ
ގުދުގުދާބެއްޔާ
18 January 2025
އިގިދާނެތާ ޑޮލަރ ރޭޓައް ބަދަލު އަންނަވަރު! މަށައް ޔަގީނެއް ނޫން އެއްވެސް ބަދަލެއް އަންނާނެކަން!
ސސސސސ
18 January 2025
ސަވިސްޗާޖް އަދި މުސާރަ ދޭންޖެހޭނީ ޑޮލަރުން އެއީ ގާނޫނީ ވާޖިބެއް.ސަބަބަކީ ރިސޯޓުތަކަކީ ޑޮލަރުގެ މުއާމަލާތުން ވިޔަފާރިކުރާތަންތަންވީމަ.ސަވިސްޗާޖަކީ ރިސޯޓައަންނަ ގެސްޓުން ޑޮލަރުން ރިސޯޓްމުވައްޒަފުންނަ ޕޭކުރާއެއްޗެ. އެއީ 10%. ވީމާ ރުފިޔާއިން ދޭނަމަ އެއީ ކުށެއް.
ސަދަދސަދަ
19 January 2025
ބަލަ އެ 10% ގެ 20% ދޭން އެބަޖެހޭ ބޭންކަށް، ދެން ކިހިނެއް ހުރިހާ ސާރވސް ޗާޖް ޑޮލަރުންދޭނީ،
ޙަސަނަނާ
18 January 2025
-ރިސޯޓުތަކުން 40 މިލިޔަން ކުރީމަ، 12 މަހުން ލިބޭނީ 480 މިލިއަން، ކޮބާ ރައީސް ވިދާޅުވި 800 މިލިއަން ލިބޭނެކަމަށް!