19 ޖެނުއަރީ 2025 - 14:14
ވައިގެމަގުން ރާއްޖެއިން ވަގަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކޮށް، އޭނާގެ އަތުން ފެނުނު 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރާއްޖެ އިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާ ސާބިތުވެ ހުކުމް އިއްވާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުއްރަގޫބް ނިސްތާރު ހަލީމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ވައިގެ މަގުން ސްރީ ލަންކާއަށް ފުރަން އުޅުނުއިރު، އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުމާ ގުޅިގެންނެވެ.
އޭނާ ގެންގުޅުނު ޑަފަލް ބޭގެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ޗެކްޕޮއިންޓުން ބަލައި ފާސްކުރިއިރު، ސިޓީ އުރަތަކަކުން 104,977 ޑޮލަރާއި 31,585 ޔޫރޯ އާއި 180 ސުވިސް ފްރޭންކުގެ އިތުރުން 100 ދިރުހަމް ފެނިފައިވެ އެވެ. އަދި ބެކްޕެކް ތެރެއިން 32,395 ޑޮލަރާއި 18,790 ޔޫރޯ ފެނުނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 2.9 މިލިއަނެއްހާ ރުފިޔާ އެވެ.
އަބްދުއްރަގޫބް ނިސްތާރު ހަލީމަށް ކުރި ތުހުމަތުތަކަށް އެއްބަސްވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
ދައުލަތާ އެކު ހެދި އެއްބަސްވުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށާއި ކަސްޓަމްސް އިން އޭނާގެ މައްޗަށް ކޮށްފައިވާ ހަތް ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ އަބްދުއްރަގޫބް ނިސްތާރު ހަލީމްގެ އަތުން ފެނުނު ބޭރު ފައިސާތައް ދައުލަތަށް ނަގައި އަދި 12،000ރ. ޖޫރިމަނާ ދެ މަސް ތެރޭގައި ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވަގު
19 January 2025
ރާއްޖެ ނާދެވޭނެހެން ޑީޕޯޓް ކުރަންވެސް ހުކުުމުކުރިނަމަ ރަނގަޅުވީހި. މިގައުމުގަ ކްރިމިނަލްސް ބޭނުމެއްނޫން.
ޙަމަހަމަ
19 January 2025
ފައިސާ ބޭރު ކުރުމާއި ބެހޭ ގަވާއިދުގައި ވާ ގޮތުން ޑިކްލެއަރ ނުކޮށް ބޭރުކުރަން ުއުޅޭ ފައިސާ ވާނީ ައަތުރާފައި ޖޫރިމަނާ ކުރަން. އޭނާ އެ ފައިސާ ޑިކްލެއަރ ކުރިނަމަ ދައުލަތުން އެނުނަގާނެ. ވަރަށް ގިނަ ފަހަރު ޑިކްލެއަރ ނުކޮށް ފައިސާ ބޭރު ކުރަނީ ކޮންމެވެސް ނުކަސިޔާރު ގޮތަކަށް ހައްގުނޫން ގޮތުގައި ހޯދާފައި ހުންނަ ފައިސާ. ދައުލަތުން އަމަލު ކުރީ ގާނޫނީ ހުދޫދުގެ ތެރެއިން.
ހަގީގަތް.
19 January 2025
ބާތިލް ގޮތުގައި މުދާ ކެއުން ވަނީ އިސްލާމްދީންގައި ހަރާންކޮށްފައި. ތި މައްސަލާގައި އެފައިސާ ބޭރު ކުރަން އުޅނު މީހާ އަށް އެ ނުދީ ދައުލަތައް އެ ފައިސާ އެއް ނުނެގޭނެ އަދ އެ ފައިސާ އަކީ އެ މީހާ ބާތިލް ގޮތުގައި ހޯދި ފައިސާ އެއް ށަރިއަތުން އެނގޭނަަ ދައުލަތަށް ވެސް އޮތީ އެ ފައިސާ ނައްތާލުން. ހިތާމައަކީ މި ކަހަލަ ކޭސްތަކުގައި ދައުލަތުން ފައިސާ ހައްގު ނޫން ގޮތަށް ކަމުންދާކަން.
މުލޭ
19 January 2025
މީނާގެ ބައިވެރިވުމެއް މިކަމުގައި އޮތްހެން ވަރަށްހީވޭ.
ވަހީދުގެް
19 January 2025
ރާއްޖެއިން ވަގަށް މުދާ އެތެރެކުރުމަކީ ދިވެހިން އަތުން ވައްކަން ކުރުން. ވައްކަން ކުރުމަކީ ވެސް ބާތިލު ގޮތުގައި މުދާ ކެއުން. އަނެއްކަން ވައްކަން ކުރުމަކީ އަތް ކަނޑަން އަންގަވާފައިވާ ބޮޑު ޖަރީމާއެއް
ކެކެކެ
19 January 2025
ބަލަ އެ ފައިސާ ދައުލަތަކަށް ވެސް ނުނެގޭނެ.
ބޮކަރު
20 January 2025
ބޭފުޅާ ތިހުރީ ހަމައިގަތޯ. ތިޔަ ދައްކަވާ ވާހަކަފުން ހީވަނީ ތިބޭފުޅާހުނެންވީ ގަހުގަ ހެން.
ބިއުތީ
19 January 2025
އެހެން ހަދަންވާނެތަ... ޖޫރިމަނާކޮށްފަ އެ އުފުލި ފައިސާތައް ދޫކޮށްލަންވީނު؟ އެބަ އެނގޭނު އެކި މީސް މީހުން މަސައްކަތްކޮށްފަ އާއިލާއަށް ފޮނުވާ ފައިސާކަން އެއީ؟ އެކަމު އެކި ޤައުމުތަކުގެ ނޫޓުން ހުރީމަ ކުޑަކޮށް އޮޅޭ ކަހަލަ ގޮތެއް ވޭ.
ބިތުފަން
19 January 2025
އޭރުން ކޮންތާކު އެޖެހުނީ؟ ގަވައިދުން ބޭރުން ކަންކުރަންވީމަ ޖުރިމަނާ ދައްކާފަ ގަވައިދު ބޮލާޖަހާލަންވީދޯ ހަމަ؟
ހަސްނ ކުރުސް
19 January 2025
ވަގަށް މުދާ ބޭރު ކުރުމަކީ ވަރަށް ބޮޑަށް މަނާ ކޮށްފައި އޮންނަ ކަމެއް އަބަދުވެސް. ރާއްޖެ ސަރަހައްދުން ވަގަށް މަސް ބާނައިގެން ބޭރުކުރަން އުޅުނު އެތައް މިލިޔަން ޑޮލަރުގެ ބޮޑެތި ބޯޓު ފަހަރު ހިފަހައްޓައި އެތަކެތި ދައުލަތަށް ނަގާފައި އެހުރީ މަދެއްކޮށްނުން. އެއީ އެކަންކަމުގެ ނުބައިކަން ބޮޑުކަމުން ދޭ އަދަބެއް.
ހަސްނަ ކަން
19 January 2025
މާލެއަށް ލަފާފައި ބޭނުން މުދަލެއް ވަގަށް ނަގައިގެން ދިޔަ ދުވަސްވަރެއް ދިވެހިންވަނީ ދެކެފައި. ރާއްޖޭގެ ރަށްރަށުން ވަގަށް މީހުން ނެގި ދުވަސްވަރެއް ވެސް ދިވެހިން ތަޖުރިހާ ކުރި. ރާއްޖެއަށް އުރުނު ބޯޓުތަކުގައި ހުރި ރަން ވެސް ބޭރުބަޔަކު ވަގަށް ބޭރުކުރި. ދިވެހި މަސްކަނޑުތަކުން ވަގަށް މަސް ނަގައިގެން ދިޔަ ދުވަސް ވަރެއް ވެސް ދިޔަ. އެކަންކަން ހުއްޓުވީ ދިވެހި ރަސްކަސްކަލުންނާއި ރައީސުންގެ ހިކުމަތު ޢަމަލީން. ވަގަށް މުދާ ބޭރުކުރުމަކީ އާދައިގެ ކަމެއްނޫން.