ބޭރު ފައިސާގެ ވިޔަފާރިކުރާ ތަނެއްގެ ކައުންޓަރުން މީހަކު ޑޮލަރުތަކަކާ ހަވާލުވަނީ: މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފައި ވާއިރު އޭނާގެ އަތުން 100،000 ޑޮލަރު ފެނިފައިވާކަން ވަނީ އެނގިފައި. -- ފައިލް ފޮޓޯ: މިހާރު
10 ސެޕްޓެމްބަރ 2024 - 09:50
މަނީ ލޯންޑަރިންގެ ތުހުމަތުގައި މިދިޔަ ހަފްތާގައި ހައްޔަރުކުރި އިންޑިއާ މީހާގެ އަތުން 100،000 އަށް ވުރެ ގިނަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ފެނިފައިވާކަން އެނގިއްޖެ އެވެ.
އަބްދުލްރަގޫބް ނިސްތާރު ހަލީމް ރަހްމާން މި މަހުގެ ތިން ވަނަ ދުވަހު ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރާ އެކު، ހައްޔަރުކޮށް ތަހުގީގަށް ބަންދުކޮށްފައި ވާއިރު އޭނާގެ އަތުން ފެނުނު ފައިސާގެ އަދަދެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން އިއްޔެ އަލުން ކޯޓަށް ގެންދިއުމުން އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ގާޒީ އިބްރާހިމް ޒިހުނީ ވަނީ އަމުރުކުރައްވައިފަ އެވެ.
ހައްޔަރުކޮށްފައިވާ އަބްދުލްރަގޫބްގެ އަތުން ފެނުނު ކަމަށް އެނގިފައިވާ 100،000 އަށް ވުރެ ގިނަ ޑޮލަރަކީ ފުލުހުން ތުހުމަތުކުރާ ގޮތަށް މަނީ ލޯންޑަރިންއާ ގުޅުން ހުރި ފައިސާ ނޫން ކަމަށް އަބްދުލްރަގޫބްގެ ވަކީލް ކޯޓުގައި ވަނީ ވިދާޅުވެފަ އެވެ. ބަންދު އަމުރުގައިވާ ގޮތުން އެއީ ކިހިނެއް ލިބުނު ފައިސާއެއްކަން އަބްދުލްރަގޫބްގެ ފޯނުގައި އެނގެން ހުންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ ފައިސާ ލިބުނު ގޮތުގެ ތަފްސީލް ތަހުގީގަށް ބަޔާން ނަގާއިރު ކިޔައިދޭނެ އެވެ.
ނަމަވެސް ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބްދުލްރަގޫބްގެ އަތުން ޑޮލަރު ފެނިފައިވަނީ އޭނާގެ ދަބަހުގައި ފޮރުވާފައި ހުއްޓަ އެވެ. އެއީ އެކި މީހުން އޭނާއާ ހަވާލުކޮށްފައިވާ ފައިސާ ކަމަށް ދޭހަވާ ލިޔުންތަކެއް ހުރި ކަމަށާއި އެކަމަކު އޭނާގެ ޓްރެވަލް ހިސްޓްރީ އަށް ބަލާއިރު ޝައްުކުވާ ކަންކަން ހުރި ކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަބްދުލްރަގޫބްގަކީ ވަރަށް ގިނައިން ރާއްޖެއަށް އަންނަ މީހެކެވެ. އޭނާ އާންމު ގޮތެއްގައި، އަންނަ ދުވަހުގެ އަނެއް ދުވަހު ރާއްޖެއިން ފުރައިގެންދާ ކަމަށާއި އޭނާގެ ނަމުގައި އޮތް ދެ ޕާސްޕޯޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
"ތުހުމަތުކޮށްފައިވަނީ ޖިނާއީ ބޮޑު މައްސަލައަކަށްވުމުގެ އިތުރުން، މީނާ އަށް ފައިސާ ލިބިފައިވާ ގޮތް އަދި ފުލުހުންނަށް ސާފުކޮށްދެވިފައި ނުވާތީ އާއި މީނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު ޝައްކުވާ ފަދަ އަމަލުތަކެއް ހުރި ކަމަށް ފެންނާތީ، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމީ" ކަމަށް ގާޒީ އަމުރުގައި ލިޔުއްވާފައިވެ އެވެ.
ބަންދު އިތުރުކުރުމާ އެކު ގާޒީ ވަނީ އެ މުއްދަތުގެ ތެރޭގައި ތަހުގީގަށް ބަޔާން ނަގައި ފައިސާއާ ގުޅޭ ކަންކަން އިތުރަށް ކަށަވަރުކުރުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސް ޔާމީން
10 September 2024
ހެޔޮވަރު އަދަދެއް ތަހުގީގުގަެި ބައިވެރިވާ އޮފިސަރުންނަށް ލިބިލެއްވި ކަހަލަ ތިވާނީ ޖަމަލުފޮދިއަށް. ރުފިޔާ ބެރށް ފޮނުވަނީ އަންބޮޑިއަށް ލައިގެންނެއް ނޫން
އަހަނ
12 September 2024
ކޯޓުތައް އިސްލާހު ނުކޮށް އެއްވެސް ކަމެއް ނުކުރެވޭނެ. ކޯޓުތަކުގެ އިތުބާރު ދަމަހައްޓަންޖެހޭ.
އަލިފުލައިލާ
10 September 2024
ތިއިންޑިއާ މީހާއަކީ ފައިސާ އުފުލަދޭ މީހާ ކޮންމެ ދަތުރަކައް 1500 ޑޮލަރު ވަރު ތިމީހާ އައް ލިބޭނެ
raajje
10 September 2024
އަލަށް މެލޭޝިޔާއަށް ދިޔަފަހަރު ޑޮލަރުނުލާގޮސްގެން އަހާލުމެއްކަހާލުމެއްނެތި އެއާޕޯޓުގައި އެތައްއިރަކު ބަންދުކުރި، އަޅުގަނޑުދިޔައީ ޑެބިޓުކާޑުހިފައިގެން ކޭޝްނެތީމާ ބުނެފި ކިހިނެތްހޭމިތާއުޅެނީ ކޮންތާކުހޭ ހުންނަނަނީ، އެންމެފަހުން މެލޭޝިޔާގައިތިބި ފެމެލީމީހުންގެނެސްގެން ދޫކޮށްލީ، ބުނަންމިއުޅެނީ ކުށްތަކުގައި ހައްޔަރުވާމީހުނާމެދު ރާއްޖޭގައި މާލުއިފަސޭހަކޮށް ކަންކަންކޮށް ފަސޭހައިންދޫކޮށްލުންމީ ވަރަށްބޮޑު ޑުގޯހެކޭ، އަނެއްބައިފަހަރު ގަރުނެއްވާއިރު ވާނުވާގަ!
އަލްހާން ސައީދު
10 September 2024
މަނީ ލޯންޑްރިންގ ފަދަ ބޮޑެތި ކުއްތައް ކުރަމުން އައި ބިދޭސީން މީގެ ކުރިން ވަނީ ބޮޑުންނަށް ރިސްވަތު ދީގެން އަމާނަކަމާއި އެކު އެތައް ޖަރީމާއެއް ހިންގާފައި، އަދުގެ ރައީސް މިވަނީ އެމީހުންގެ އަތްދަށު ނުވެ އެމީހުން ހިފާ އެމީހުނަށް ދޭންޖެހޭ އަދަބު ދެމުންދާ ހިއްވަރު ގަދަ ފަހުލަވާނަކަށް، ބޮޑު ތިލަދުންމަތީ ރައީސެއް ވީމަ ހަމަ ތަފާތީ އިނގޭ.. ސާބަހޭ ރައީސް މުއިއްޒު
ކޮރަލް
10 September 2024
ބޮޑެތި ކުއްވެރީން ގެ މައްސަލަ ތަކުގަ ވަކާލާތު ކުރާ މީހާގެ ނަން ވެސް ޖަހާލަ ބަލާށެވެ .
ބައު
10 September 2024
އޭރަށް ކަލޭމެން ދުވާނީ އެމީހާގެ ފަހަތުން އޭނަ މަރަން..
raajje
10 September 2024
ކޮރަލް: ތިބުނިހެން ނަންހާމައެއްނުކުރެވޭނެ، ސަބަބަކީ ވަކީލުންގެވެސް ޕަރސަނަލްލައިފާ ފެލެލީވެސް އޮންނާނެދޯ! ވަކީލުންގެ މަސައްކަތަކީ އެމީހުންގެކޮޅު ވިންކުރުން، އެހެޔޮ ކުށްވެރިއަކަސް ނުވަތަ ނޫނަސް، ވަކީލުންގެ މައްސަލައެއްމިކަމުގައި އަޅުގަނޑަކަށްނުފެނޭ، މިއުސޫލުމިގޮތަށްނެތްނަމަ ވަކީލުންގެބޭނުމެއްނެތެއްނޫންތޯ؟ ހީވާމީހަކު އެއީކުށްވެރިޔާކަމަށް ނުވަތަ ކުށްވެރިޔާނޫންކަމަށް ނިންމާލީމާނިމުނީތާ!
ޑިފެންސް ލޯޔަރު
10 September 2024
ބަލަ އޭނަ އަކީ ކުށްވެރިއަކަށް ވީ ކޮން އިރަކު؟ އެއީ ލޯޔަރެއް. އޭނަގެ މަސައްކަތަކީ އޭނަގެ ކްލައިންޓަށް ކޭސް ވިން ކުރުން. ޕްރޮސެކިއުޓަރ ގެ މަސައްކަތަކީ އޭނަ އެކުށް ކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރުން. ކަލޭ އޭނަގެ ވަކީލަކީ ކާކުތޯ ބަލައިގެން ކީއްކުރަން ތި އުޅެނީ؟ ވަކީލުން ނަކީ އެހެން ނޫނަސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއް ނޫން.
ޢަހަން
12 September 2024
ލީގަލް ސިސްޓަމް ގަ ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުން މުހިންމު.
ގަބުޅިބޯކިބާ
10 September 2024
ބަލާބަލަ ތިޔައީ އިންޑިޔާ މީހެއްތޯ ފުރަތަމަ މިހާރު އިންޑިޔާ މީހުންގެ ނަމުގައި އަންނަނީ ބަންގާޅީން ގިނައިން އޮޅުވާލައިގެން , ނިކަން ކޮބާތަ??? އިމިގްރޭޝަނުން ހަމައެކަނި މާލެގައި އޮޕަރޭޝަން ޖެއްސިއަކަސް ނުވާނެ , އއ ގަވެސް އެބައުޅޭ ގެސްޓު ހައުސް ހިންގާ ބަންގާޅީން
ބޯބުރާންތި
10 September 2024
އެއޮތީ ބުނެފައެންނު އިންޑިއާ މީހެކޭ. ދެން އިތުރަށް ބަލަންވީ ކޯންޗެއް؟ އެމީހާ ދެފަޅިއަށް ފަޅާލައިގެން އެތެރެހަށީގަ އިންޑިއާގެ ދިދަ ހުރިތޯ؟
އިސްމާލި
10 September 2024
އާންމުކޮށް އައިސްގޮސްވާ މީހެއް. އަންނަ ދުވަހު ނޫން އަނެއް ދުވަހު ފުރައިގެން ދޭ. ރާއްޖެއައިސް އުޅެނިކޮށް ހައްޔަރު ކުރީ. ހައްޔަރު ކުރި އިރު ދަބަހުގައި އެއް ލައްކައަށްވުރެ ގިނަ ޑޮލަރު. މިއީ އެކި މީސްމީހުން ދިން ފައިސާ ކަމަށް އެބަ ބުނޭ. މަނީ ލޯންޑަރިން ނޫން ދެން ކޮން ކަމަކަށް ތޯ މި ވާނީ. މިހާ ގިނަ ޑޮލަރު މީހުން މީނާއާއި ހަވާލު ކުރަނީ ގުނާފައި ވަގު ޑޮލަރު ވަކިކޮށް، ބަންޑެލިކޮށް ރޫ ފިލުވާފައި ތިޖޫރިއަށް ލާ ދޭކަށް ނޫން ދޯ. މީނާ ސަލާމަތްވެއްޖެނަމަ ހައްޕު
ބެއްޔާގެ ދަރި
10 September 2024
ފުރަތަމަ ވެސް ގޯސް. ޑިކްލެއާ ނުކޮށް އެ ވަރުގެ އެމައުންޓެއް ކިހިނެއް ގެންދާނީ ވެސް
ބަކުރުު
10 September 2024
ސޯލިހުސަރުކާރު ގާނަމަ އެމްބަސީ މެދުވެރިވެގެން ތިޔަމީހާ ފޮނުވާލީސް.
މަނަސް
10 September 2024
ބަކުރު އަށް ބުނަން.އިރާދަކުރެއްވިއްޔާ މިހާރު މިހިރަ ސަފީރު ވަރަށް އަވަހަށް އޭނާގެ ޓާމް ހަމަވެގެން ރަށަށް ދާނެ.ދިޔައިމަ ދެން އަންނަ މީހާ ޔާ އެކީ މަސައްކަތް ކޮށްގެން މައްސަލަތައް ހައްލުކުރާނީ
ރިޒާާ
10 September 2024
މި ސަރުކާރު އައިފަހުން މިހާތަނަށް މިފަދަ ކަންކަމުން ވަނީ ވަރަށްބޮޑު ކުރިއެރުމެއް ހޯދާފައި. ކަންކަން ހައްލުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ތައުރީފް ކުރަން.
އަސަރު68
10 September 2024
ތިޔައީ މިވަގުތަށް އަތުޖެހުނު މިންވަރު. ތިޔައީވެސް ކުޑައަދަދެއްނޫން. ދެންވިސްނާލާ ތިފަދަ ކަންތަކުގާ ތިފަދަމީހުން ޑޮލަރާ ފައިސާ ހޯދާފާ ހުންނާނެ މިންވަރު. މުޅިގައުމު ހަލާކުވެ ނިކަމެތިވަމުން މިދަނީކީ މިތަނަށް ފައިސާ ވަންނާނޭ ދޮރުތައް ނެތީމަކާނޫން. އެފައިސާތައް ވަންނަ ކޮންމެ ދޮރެއްގާ މިހުންނަނީ ކޮރަޕްޓް މީހަކަށްވީމަ. އެއްގޮތަކުން ނުލިބުނިއްޔާ މީހާ މަރާފާވެސް ފައިސާ އަތުލައިގަތުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެ.
ރައޫފްް
10 September 2024
މިދިޔަ ސަރުކާޜުގައި ފައްޔާޒްމެން ކަޓަށް ބޭރުމީހުން އެދޭހާ ގޮތަކަށް އުޅެން ދޫކޮށްލި. އަސްލު މިފެންނަނީ އަދި ކުޑަ މިންވަރެއް.