ހުޅުމާލޭގެ މަގުތަކުން ބާ ވެހިކަލްތައް ނަގަނީ.-- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
21 ޖެނުއަރީ 2025 - 14:52
ހުޅުމާލޭގެ މަގުތަކުގައި ހުރި ބޭނުން ނުކޮށް ގިނަ ދުވަސްވީ ވެހިކަލްތަކާއި ބާ ވެހިކަލްތައް ނަގަން މިއަދު ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިގު މުއްދަތެއް ވަންދެން ބޭނުން ނުކޮށް، ހުޅުމާލޭގެ މަގުތަކުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޓޯކޮށްފައިވާ ކަމަށެވެ. އަދި އެއީ ޓްރެފިކް ޑިކޮންޖެޝަން ޕްރޮގްރާމުގެ ދަށުން ކުރި މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށާއި އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އަދި މަގުމަތީގައި ހިނގާވެބިނގާވެ އުޅޭ މީހުންނަށް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ މާހައުލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މި މަސައްކަތް ކުރަނީ ފުލުހުންނާ ގުޅިގެންނެވެ.
ހުޅުމާލޭގެ މަގުތަކުން ބާ ވެހިކަލްތައް ނަގަނީ.-- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ހުރި ވެހިކަލްތައް ނަގައިފަ އެވެ.
މި އުޅަނދުތައް ނަގަން ފެށިއިރު، ހުޅުމާލޭގެ މަގުތަކުގައި ހަމައެއްލަމައެއް ނެތި ޕާކުކުރާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން ހިނގާފައި އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް ވެސް ދަތިވާ ގޮތަށް ހުޅުމާލޭގެ މަގުތަކުގެ ދެ ފަރާތުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިފްހާމްް
22 January 2025
މި ގައުމުގެ ކަންކަން ހައްލުކުރުމަށް ބަޔެއް ފަހަރު ގަދަބާރުން ކަންކުރަންވެސްޖެހޭނެ.
ރާއްޖެ
21 January 2025
ގައުމެއްގެ ރައްޔިތުންގެ އަޚުލާގު އެންމެ ފަސޭހައިން ފެންނާނީ މަގުމަތިން. މިތާގަ އެއްވެސް އުސޫލެއް ހަމަޔެއް ނެތް.
ވެރިންގެ ނަމޫނާ
22 January 2025
ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބުތައް އެނބުތޭގޮތައް. ރައްޔިތުން ދިރިއުޅެނީ ވެރީން ކޮށައިދޭ މަގުން.
ހުސްނުވިއެއްނު
21 January 2025
ތި ނަގާ ނަގާ ހުހެއް ނުވޭތަ؟
މިންހާޖްް
22 January 2025
އެބަ ނަގާތާ. 5 އަހަރުވެއްޖެވިއްޔާ އަތްވެސްނުލާ ހުންނަތާ.
ސާމީ3
21 January 2025
ތިހެން ނުކިޔާ ނަގާބަ، ނަގާފަ ބުނެބަ ނަގައިފީމޭ. ކިހާ ދެރަކަމެއް.
މޯރޑިސްލޮޖިކް
21 January 2025
އެހެންވީމާ އައުވެހިކަލެއް އާންމުނައް ނުރައްކާވާގޮތައް ކިތަންމެ ގިނަދުވަހެއް ވަންދެން ގުޑުވާނުލާ މަގުގެ އެއްފަޅި ހިސާރުކޮއްގެން އޮތަސް އޯކޭ. އާންމުނަށް އުނދަގޫވާތަން ވެރިންނަށް ފެންނަނީ ހަމައެކަނި ބައު ވެހިކަލްތައް މަގުގަ ޕާކްކުރީމަ. އަނެއްހެން މޯރޑިސްގެ ކަންތައްތައް ހިނގާގޮތާ ބަލާފަ ގޯހެއްނޫން. ސާބަހޭ ދަންނަވާލެވޭނީ.
އުމަރު ކަސްޓަމްސް
21 January 2025
ޕޮލްކޯ ފުލެޓް ކުރިމަތީ އޮތް ކާރު ޕާރކިންގް ގަ މިހާރު އޮތީ މުޅިންވެސް ރަޖިސްޓްރީ ނުކުރާ ވެހިކަލްސް. 72 ގަޑި އިރޯ ޖަހާފަ އިނދޭ އެކަމު
ރައްޔިތުންގެގަރާޖް
21 January 2025
ދިވެ ރާއްޖޭގައި މަގުތަކަކީ މީސްމީހުންގެ ޕާސަނަލް ގަރާޖްތަކައްވެ އަހަރު ވަންދެން ގުޑުވާނުލާ ޕާކްކޮއްލާފައި ހުންނަ ވެހިކަލްތައް ހެސްކިޔާފަ އިތުރުވަމުންދާއިރު، ގެތަކުގެ ދޮރާށި ކުރިމަތީ ވެހިކަލްތައް ދޮވެ ސައިބޯނި ފެންގަޑުން ހެޖްގައި ހައްދާފަ ހުންނަ ގަސްތައް ހަލާކުކުރަމުން ދަނީ ބޮޑެތި ސިންގާ ޕޮލިސްކެމެރާތައް ކުރިމަތީގައި، ހަމަ އެކަނި ފިޔަވަޅެއް އަޅާތަން ފެންނަނީ ސިޔާސީ ބޮޑަކުގެ ދޮރާށިކުރިމަތީ ޕާކުކޮށް ގެން.
ބާވެހިކަލު
21 January 2025
ބާވެހިކަލްތައް އެކަނިތަ ނަގަންވީ! މިހާރު ދުއްވާ އެއްޗެހި ބެހެއްޓުމަށް ވަކިތަނެއް ނޯވޭ. މަގުތަކުގައި ދެލޭނު އޮންނައިރު އެއްލޭނު އޮންނަނީ ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުން ފުރާލާފައި. އެވަރުން ނުފުދިގެން މިހާރު، ހިނގާމީހުންނަށް ހަދާފައިހުރި ޕޭވްމަންޓުތައްވެސް ވަހިކަލުން ފުރެނީ. ޕާކުކުރާއިރު ކަފިހުރަހެއް މަގުގެ ކަންމައްޗެއްވެސް ނުބަލާ. އަގުބޮޑު ވެހިކަލްތައް ގެންނަންވާނީ އެބަހައްޓާނެ ތަންތަން ހުރިމީހުން ދޯ. އާންމުންނަށް އުނދަގުލަކަށް ވާކަށްނުޖެހޭތާ!
އާވެހިކަލު
21 January 2025
ރަނގަޅު ވާހަކައެއް..މަނާ ސަރަހައްދުތަކުގައި ޕާކުކުރުމަކީ މަގު ބޭނުންކުރާ މީހުނަށް ދަތިވާނެ ކަމެއް.. އެކަމަކު އަގުބޮޑުވެހިކަލް ގެންނަންވާނީ ބަހައްޓާނެ ތަންތަން ހުރިމީހުންނެކޭ ނުބުނެވޭނެ.. މިތަނަކުނެތް ގަންނަންވެސް ތަންކޮޅެއް ހަދައިދީފައެއް.. ގިނަމީހުން ގަންނަނީ ލިބޭ އާމްދަނީއިން ނުވާތީ އާމްދަނީ އިތުރު ކޮއްލަން.. ތިހެން ބުނަންޏާ މާލެއަށް ބަދަލުވާންވެސްވާނީ މިތަނުގަ ވަންނާނެތަންތަން ހުރި މީހުން.. ބަދަލުވެފަ ކުއްޔޭ ކިޔައިގެން ކޮން ޝަކުވާއެއް..
ހުރިހާވެހިކަލެއް
21 January 2025
ދުނިޔޭގެ އެއްވެސްތަނެއްގައި މަގުތައް ގަރާޖުތަކައް ނެހެދޭނެ. ޕާކުކުރުމަކީ ތަނަކަށް ވަގުތީގޮތުން މަޑުކޮށްލުން. ދާއިމީކޮށް ބަހައްޓަންވާނީ ގަރާޖުތަކުގައި. އާމްދަނީ ހޯދަންވާނީ ހެޔޮގޮތުގައި. މަގުމަތީގައި ހިނގާމީހުންނަށް ފަސޭހަކުރުމުގެގޮތުން މަގުމަތީގައި އޮތް ގާކޮޅެއް ނަމަވެސް އެއްކާރިކޮށްލުމަކީ ސަދަގާތެކޭ ބުނާއަޑުއިވޭ. ވީއިރު މަގުމަތީގައި ހިނގާމީހުންނަށް އުނދަގޫވާނެހެން ބޮޑެތި އުޅަނދުތައް ބަހައްޓައިގެން ތިބުން ވާނީ ކޮންކަހަލަ ކަމަކަށްބާ!
މަގުމަތިންނަފާ
22 January 2025
ދެރަވަރު ނިކަމެތި ރައްޔިތުމީހާ އާމްދަނީ އިތުރުކުރަން މަގުމަތީދެތިން އަހަރު ގުޑުވާނުލާ ހުންނަ އަގުހެޔޮ އެންމެ ބައި މިލިޔަނެއްހާ ރުފިޔާގެ ކާރު ނެގީމަ އެހާނިކަމެތީންގެ ބަނޑުފުރާނަ މުއްތި ނުކެރެވޭނެ. އާންމުންށް ހިނގާބިގާ ނޫޅެވުނަސް އަދި މަގުމަތީގެ ސަލާމަތައް ނުރައްކާވިޔަސް މިފަދަ ނިކަމެތީންގެ ކާރުތަކުން މަގުފުރާލީމަ މިހާބޮޑެތި ނިކަމެތީންގެ އާމްދަނީ އިތުރުވާނެ.
މަލީހުޖަމީލު
21 January 2025
ޔެސް ޕުލީސް. ތިކުނިތަށް ނަގާ މަގުތަށްސާފުކޮށްދީ.
ސޮބީހާ
21 January 2025
ކަންކަންމަތީގަވެސް ހިރަފުސްއަރާފުރިފަ ނުރަށްކާތެރިކަމަށް ހުށަހެޅޭގޮތަށް އެތަށްބައިވަރު ވެހިކަލްތަށް، އެކަމަށް އިސްކަންދީގެން ތިކަންކުރިއްޔާ ކިތައްމެހާވެސް ރަނގަޅު،
މޫންޓީ
21 January 2025
ޢަދި އެހިސާބަށް ދަަނެޔޭ. ކެތްތެރިވޭ