ސިފައިންގެ ދެ މީހަކު މަސައްކަތުގައި: އެކްސިޑެންޓެއްގައި އެމްއެންޑީއެފްގެ ކާރަށް ގެއްލުންވެފައިވާތީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މީހާގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން ވަނީ ކޯޓަށް ގޮސްފައި - ފޮޓޯ: މިހާރު
23 ޖެނުއަރީ 2025 - 15:28
އެކްސިޑެންޓެއްގައި އެމްއެންޑީއެފްގެ ކާރަށް ގެއްލުން ވެފައިވާތީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މީހާގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުން ކޯޓަށް ހިނގައްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެމްއެެންޑީއެފްގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި ކާރަށް ގެއްލުން ލިބުނުއިރު، އެ މަރާމާތު ކުރުމުގެ ހަރަދަށް 3،780ރ. އެރި އެވެ.
ސައިކަލު ދުއްވި މީހާގެ އަތުން އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށް، އެކްސިޑެންޓާ ގުޅޭ ތަހުގީގު ސިޓީ އާއި ކާރު މަރާމާތުކުރި ގަރާޖުގެ ކޯޓޭޝަން ވެސް ހުށަހަޅާފައިވެ އެވެ.
ދައުވާއާ ގުޅިގެން ޖަވާބުދާރީވާން ދިން ފުރުސަތުގައި ސައިކަލް ދުއްވަން އިން މީހާގެ ފަރާތުން ކޯޓަށް ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ، އެ މައްސަލަ ނިންމާފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އެމްއެންޑީއެފްގެ ކާރަށް ލިބުނު ގެއްލުމުގެ ޒިންމާ އެ މީހާ އުފުލަން ޖެހޭ ކަމަށާއި އަދި ދައުލަތުން އެދުނު ފައިސާ އޭނާގެ އަތުން ނަގައިދޭން ޖެހޭ ކަމަށެވެ. އަދި ދައުލަތުން އެދުނު ގޮތަށް 3،780ރ. 14 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
24 January 2025
ތިޔަ ކާރު ގެންދަނީ، އަތުން ހިފައިގެން، ދަމާފަ ދޯ؟
ކާރު؟
24 January 2025
ފޮޓޯ އިން ފެންނަ ކާރުގައި ހުރީ 2 ފުރޮޅު. އެކުސިޑެންޓުގައި އަނެއް 2 ފުރޮޅު ނެއްޓިގެން އެ މައްސަލަ ދޯ މި ޖެހުނީ؟
ކަނޑުފޭރޭ ވިގަނި
23 January 2025
ނުޖެހޭނެ ފައިސާ ދައްކާކަށް ރައްޔިތުންގެ ފައިސާއިން މުއައްސަސާތަކަށް ވެހިކަލްތައް ހޯދާދެނީ 14 ދުވަސް ކީއްކުރަން 14 އަހަރުވިޔަސް ނުދޭތި ޒަކާތް ބައިން ދައްކާލާނީ ތީ ދެން ކޯންޗެއް އެބައި ފޫބައްދާނީ ޒަކާތް ފައިސާއިން އޭރުން ސަރުކާރަކަށްވެސް ރައްޔިތުންނަށްވެސް ގެއްލުމެއް ނުވާނެއެވެ ރައްޔިތުންގެ ޖެހޭ އަހަރީފީ ރޯޑްވާދިނަސް ފީ އިންސޯރެންސު ފީ ސަރުކާރަށް ދައްކާގެން ދުއްވަނީ ސަރުކާރު ވެހިކަލެއްގައި ގަސްތުގައި ޖައްސާފިއްޔާ ނެގޭނީ. ނޫނީީ ނުޖެހޭނެއެވެ.!!
ބަކަރިބޯ
24 January 2025
ދޭންޖެހޭނީ.
ވިގަނިބޯ
24 January 2025
ހަމަ ދައްކަން ޖެހޭނީ ! ބަލަ ސަރުކާރު ވެހިކަލްތައް ދުއްވަނީވެސް ދިވެހި ރައްޔިތުން. އެމީ ވަޒީފާ އަދާކުރާ ތަނެއްގެ ސަބަބުން މިހައިސިއްޔަތެއް ނުގެއްލޭނެ. ދައްކަންޖެހޭނީ އޭނަގެ އިހުމާލު އޮތުމުން. ހަމަ ދައްކަން ޖެހޭނީ!
ޕިސްޕިސް
24 January 2025
ރަނގަޅު ވިސްނުމެއްނޫން. އެކްސިޑެންޓްވުމުން ސިފައިންގޭގައި ދުއްވި ފަރާތް ޒިންމާވާންޖެހޭ. އެ ޙާލަތުގައި ކުއްވެރިވަނީ އާންމު މީހާނަމަ އާންމު މީހާގެ ކުރަންޖެހޭ ހަރަދު ސިފައިންގެ ޑްރައިވަރު ކުރާން ޖެހުމަކީ އިންސާފެއްނޫން.
ޙެހެހެ
23 January 2025
ކުރިން ދުވަހު އޮތް ސިފައިންގެ ކާރަކުން ޖެހި ބަދަލު ދޭން ޖެހިގެން މީހަކު ދަތިވެގެން އެ ނުލިބިގެން އުޅުނު ވާހަކަ. މީހެއްގެ ރިޒުގު ނުވަތަ ހައްގު ހިފަހައްޓައިގެން އަމިއްލަ ހައްގު ހޯދަން އުޅުމަކީ ވަރަށް ހުތުރު ކަމެއް
ޖޯޖު
23 January 2025
ލަދު ހަޔާތްކުޑައީ މިސަރުކާރުގަ ނެއް ލާރިއެއް
ކަނޑުގަ ފައިޖެހޭ
23 January 2025
ބޯހަލާކު..އަޅެފަހެ އެންމެފަހަރަކުވެސް ޕޮލިސް ސިފައިން އަތުން ކުށެއްނުކުރެވޭބާ.. އަބަދުވެސް ކުއްވެރިވަނީ ނިކަމެތި އާންމު ރައިއްޔަތުމީހާ...
ދަގަތްފާނު
23 January 2025
ރާއްޖޭގައި ވަކީލުންގެ މުސާރަހުރިގޮތަށް ބަލާއިރު 3 ހާހެއްހާ ރުފިޔާ ހޯދަން ކޯޓުމަރުހަލާގައި ވަކީލު ކުރަންޖެހޭނެ މަސައްކަތާއި ވަގުތާއި އަޅާކިޔާއިރު ތިޔައީ ދެކޮޅުޖެހޭ ކަމެއްބާ.
ތާރޑްޕާޓީ ވެހިކަލް
23 January 2025
ކޮބާ ތާރޑްޕާޓީ އިންޝުއަރެންސް!!! ެމީހާ ފައިސާ ދޭކަށްނުޖެހޭނެ ކަންނޭގެ..
ކެކެކެކެކެކެކެކެ
23 January 2025
އާނ، ނުޖެހޭނެ ކަންވާ ގޮތުން ނަމަ! އަހަރުމެން ދިޔަމަ ނަގާދެނީ 2500 ބާކީ ލަނީ އަތުން! ދެން ބޮޑެތި ކުދިން ދިޔާމަ ތަފާތު ވާނެތާ!
މުލޭ
23 January 2025
2500 އަށްވުރެ އިތުރުވާ ބައި އިންޝުއަރެންސް ކުންފުނިން ލިބެނީ. 2500 ދައްކަންޖެހޭނީ ކުށްވެރިވި މީހާ.
ހުލޭމާ
24 January 2025
ގިނަ ފަހަރަށް މިފަދަ މީސްމީހުންނަކީ ތާޑް ޕާޓީ އިންޝުއަރެންސް ނުކޮށް އުޅޭ މީހުން.