25 ޖެނުއަރީ 2025 - 19:54
އައްޑޫ ސިޓީގެ ހުޅުމީދޫގައި އޮންނަ މަތިކިޅި އިކޯގާޑެންގައި އޮންނަ ޗަސްބިމުގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެތަނުގައި ރޯވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 5:30 ގައި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ މި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ހުޅުމީދޫ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވެ އެވެ.
މަތިކިޅި ޗަސްބިމުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރަން ސިފައިން މަސައްކަތް ކުރަނީ --
ޗަސް ބިން ސަރަހައްދުގައި އަލިފާން ރޯވާން ދިމާވާ ސަބަބެއް ސާފެއްނުވެ އެވެ. ނަމަވެސް، މީގެ ކުރިން ވެސް ދެކުނުގެ ބައެއް ޗަސްބިން ތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.
ބޮޑު ޗަސް ބިމެއް ހިމެނޭ މި ސަރަހައްދަކީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާ ސަރަހައްދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
26 January 2025
ޗަސް ބިމެއްގައި ރޯވާން ޖެހުނީ ކީއްވެބާވެއޭ މަ މި ހިތަށް އަރަނީ؟
ޖަންކޫ
26 January 2025
އެލްއޭ އަލިފާނާ ހާދަވައްތަރޭ.
ބުރުގާ
26 January 2025
އެމެރިކާގެ ވަލުތެރޭވެސް ރޯވެގެން އުޅެނީ. ދިވެހިން ވަަރައް ފާޑުފާޑުގެ ކޮމެންޓުކޮއްފަ ހުރޭ..
ބެއްޖާ
26 January 2025
އައްޑޫމީދޫ ލޭންޑްމާކް "މަތިކިޅި އެކޯ ގާޑަން"ގައި އަލިފާންރޯވީ ކިހިނެއްކަން ވަރަށް ރަނގަޅަށް ތަހުގީގުކުރަންޖެހޭ. މީ ބަޔަކު ގަސްދުގައި ކުރިކަމެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުން ވަރަށްމުހިއްމު.މީދޫގެ މުހިއްމު ތާރީހީ އަދި ސަގާފީ ތަރިކަތަކަށް ވެސް ގެއްލުންދީ އެތަންތަން ހަލާކުކޮށްފަވެސް އެބަހުރި މީގެ ކުރީގައި. މީބަޔަކު ކުރިކަމެއްނަމަ އެބަޔަކަށް ހެޔޮވިސްނުން ދެއްވުމަށް އެދެން. ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ ދުރޫސުލް އަހުލާގުގެ މަތިވެރި ސިފަލިބިގެން.
ޝޭމް
26 January 2025
ތިއީ ބަޔަކު ކުރާކަމެއްކަން ނޭނގޭނީ ތަންދޮރު އޮޅުން ނުފިލާ މީހަކަށް. ރާއްޖެއަކީ ހޫނު ގަދަވެގެން ވަލުތެރޭގަ އަލިފާން ރޯވާ ކަހަލަ ވެއްޓެއް އޮތްތަނެއްނޫން.
ޝަކުވާ
26 January 2025
ކިތައް ބިލިޔަނަރުންގެ ކިތައް ގަނޑުވަރުތޯ އެނދީ؟ ކިތައް ފިލްުސްޓާރުންތޯ މަގުމަތިވީ؟ އަދި ކިތައް ހެކްޓަރުގެ ބިންތޯ އަޅިއަށްވެފަ އޮތީ؟؟؟
އެންމެން ހެޕީ
26 January 2025
ކެލިފޯރނިޔާ 2.0
ސަފިއްޔާ
25 January 2025
އާ ކަމެއް ނޫން ކޮންމެ ދެ ތިން އަހަރަކުން އެއް އަހަރު ރޯވޭ.
ޙިޔާޒް
25 January 2025
ރޯ ކުރަނީ އެކި ސަބަބު ތަކާހެދި. ދަނޑުހައްދަން ބިން ބޭނުން ވެގެން ވެސް ރޯކުރޭ. މިތަނުގައި މީހުން ދަނޑު ހައްދާ. ތުންތުންމަތިން ކިިޔާހަދާ މިތަނުގައި ރޯކުރީމާ އަލިފާން އަދި ދުންގަނޑަކީ ސިގްނައްލްއެކޭ މަސްތުވާތަކެތި ރަށު ތެރޭ ތިޔާގި ވިކަމުގެ (އެފަރު މީހުން) ގުޅިފައިވާ ރަށްރަށުގެ މީހުންނަށް އަންގާ ލަނީ ޔޯލަ. ފޮލިސް ބިޒީކުރަން ކުރާ ކަމެކޯ ވެސް ކިޔާ އެޓެންޝަން ޑައިވާރޓް ކުރަން.
ޒުހުރީ ފަނާރު
25 January 2025
އައްޑޫ ފުޓްބޯޅަ ޓީމްގައި ނެތް މީދޫ ކުޅުންތެރިއެއް. މަތި ކިޅިއަކީ މީދޫގައި އޮންނަ ތަނެއް.