ރައީސް ޑރ. މުއިއްޒު ހއ. އިހަވަންދޫގައި. --ފޮޓޯ: ރައީސް އޮފީސް
29 ޖެނުއަރީ 2025 - 23:13
ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ ހޯމަ ދުވަހާ ހަމައަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށިއިރު، އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެކަމާ ގުޅޭ ގަވާއިދެއް އެކުލަވައިލާފަ އެވެ. އެހެންވެ، އެ ގަވައިދުގެ ދަށުން މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ވަރަށް މަދު ރިސޯޓެއް ފިޔަވައި، ހުރިހާ ރިސޯޓުތަކުން ވެސް އާ ގަވާއިދަށް ފުރިހަމައަށް ތަބާވެ، ބޭންކުތަކަށް ދަނީ ޑޮލަރު މާރުކުރަމުންނެވެ.
"އެމްއެމްއޭގެ ގަވަރުނަރު އަޅުގަނޑަށް އެންމެ ފަހުން ދިން މައުލޫމާތު، އެއީ މިދިޔަ ހޯމަ ދުވަހު ދިން އަޕްޑޭޓުގަވެސް، 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފަ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ސަރުކާރުން ނުދޭނެ އެވެ. އަދި މި ކަން ރަނގަޅަށް ތަންފީޒު ކުރެވިގެން ދިޔުމުން، އިގުތިސާދަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުން ބޭންކުތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އާ ގަވާއިދުގެ ދަށުން ފުރަތަމަ ބުރުގައި ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. މިގޮތުން، މި ފަހަރު ބޭންކުތަކަށް ޑޮލަރު މާރުކުރި ސީދާ އަދަދު އަދި ހާމަކޮށްފައިނުވިޔަސް، އެ މުއްދަތުގައި 30 މިލިއަނާއި 40 މިލިއަން ޑޮލަރާ ދެމެދުގައި ބޭންކުތަކަށް މާރުކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
30 January 2025
މަގުހިނގާއިރު ޑޮލަރަށް ފައިންނާރާ ބަލައިގެން މަގުހިނގުމަށް ހުރިހާ ބޭފުޅުންނަށްވެސް އިލްތިމާސްކުރަން،
މުސްތަފާބެ
30 January 2025
ތިޔަކަމުން ފަސޭހަ ވެގެންދާނި މިތާ ވަޒީފާތަކުގަ އުޅޭ ލަންކާ ، އަދި އިންޑިޔާ މީހުންނަށް ، ލަންކާ ހުރިހާ މީހުން އެކައުންޓް ހުޅުވާުއިގެން އުޅޭނީ ބޭންކްއޮފް ސިލޯންގަ އެބޭންކުން އެންމެ އިސްކަމެއްދެނީ ލަންކާމީހުން މުސާރަ އެމީހުންގެ ގައުމަށް ފޮނުވުން، އިންޑިޔާ ބެންކުން ވެސް ހަމަ މިހެން. ދިވެހިން ނަށް ވާނެ އެއްވެސް ފައިދާ އެއްނެތް ، ހަމަ އެކަނި ލަންކާ އެކައުންޓަންޓުން ވެސް އެމީހުންގެ ގައުމަށް މަހަކު 25މިލިޔަން ޑޮލަރު ފޮނުވާ . ވާނުވާ އެބަ އިގޭތަ!
ބޭންކު
30 January 2025
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގައި އަޅުވާފައިވާ ތަޅުތައް ނައްޓާލެވޭނީ އަދި ކިތަށް މިލިއަން ޑޮލަރު ވަދެގެންތޯ؟
މޮޔަހުސޭނު
30 January 2025
މިހާރު ބޭންކަކަށް ވަންނައިރު ފުރަތަމަވެސް ފެނަނަނީ "ޑޮލަރުވިއްކަން" ޖަހާފައިންނަ ބޯޑެއް. މީހަކަށް ކިހާވަރެއް ވިއްކަންތޯ އަހާލީމަ ބުނީ ބޭނުންވަރަކަށް ވިއްކަމޯ. މިކަން މިގޮތައް ކޮއްގެން ކަމަކުނުދާނެ ކޮންމެސް ކޮންަތްރޯލެއް އޮންނަންޖެހޭނެ.
ކަރާސީނު
30 January 2025
ތިޔަ ޑޮލަރުގެ މަންފާ ކުރާނީ "ގޯނި އުފުލާ މީހުންނަށް" އެކަނި.
ޖަމަލު ފޮޑި
30 January 2025
ޑޮލަރު ބަސްތާގަ ގެޔަށް ގެންދަން ލިބޭނެ ދެއްތޮ!
ރަނާވަތު
30 January 2025
ޢެއީ ތެދެއް މިހާރު ޑޮލަރު ގެ ބްލެކް މާކެޓް ވެއްޓި ޑޮލަރު ހޯދުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެއްޖެ. ކިހިނެއްތޯ އިމްޕެކްޓްގަނޑު؟
ބަޑޭރަމީޒު
30 January 2025
ކިތަންމެވަރަކަށް ތިމާރުކުރިޔަސް ރޭޓް ހުރީހަމަ އަރާވަހުގަ ހިފަހައްޓައިގެން އަވަހަކަށް ތިރިއެއްނުވާނެ ހެންހީވަނީ..
ޚަލޭ
30 January 2025
ބުރޯ ރަނގަޅަށް ބުލެކް މާކެޓް ބަލާލަބަލަ.
އަހަރެންގެ މިންގަނޑު
30 January 2025
މަށައް މުހިންމީ ކިތައްރިސޯޓުން ކިހާ ޑޮލަރެއް މާރުކުރިކަމެއްނޫން. ކަޅުބާޒާރުގަ ޑޮލަރު ލިބެންހުރި އަގެއް. އެއީ އެހެންގޮތަކައް ޑޮލަރު ނުލިބޭތީ. އަދި ކުރިއައްއޮތްތާ މިސަރުކާރައް ވޯޓުދިނުމުގަ މިކަމައް ބޮޑުކޮއްބަލާނަން.
ސުންދުސް
30 January 2025
ޑޮލަރު 19.20 ރުފިޔާ އަށް. 2 މިލިޔަން ޓުއަރިސްޓުން އައިސް އެތައް ބިލިޔަނެއް ޚަރަދުކޮށްފަ އެ ދިޔައީ. ރައީސް 80 މީހުންގެ ވަފުދަކާ އެކު މަހަކު 1 ފަހަރު ރާއްޖެއިން ބޭރަށް ދަތުރުކޮށް، މިނިސްޓްރީތަކަށް ލާފައި ތިބި 300 އެއްހާ ސިޔާސީ އެންމެން 2 މަހުން 1 މަހު ދައުލަތުގެ ފައިސާއިން ބޭރު ޚަރަދު އަޅާ، ކޮރަޕްޝަނުން އަމިއްލަ އެކައުންޓްތައް (އަނބި / ފިރި / ޅިޔަން ފަހަރިން އަދި މައިން ބަފައިން/ އެއްބަނޑު މީހުން) އެކި ނަންނަމުގައި ފުރާލާތީ ޑޮލަރު ތިރިނުވަނީ!
އޮަޓޯ
30 January 2025
ބުއްދިއަށް ގަބޫލުކުރެވޭ ވާހަކަ ދައްކާ. މީގެ އަހަރެއް ދޮޅުއަހަރެއްހާ ދުވަސް ކުރިން ތިޔަ ބުނާ އެކަކުވެސް ސަރުކާރުގައި ނެތް. ޑޮލަރު އަތް ނުފޯރާ ފަށަށް ގޮސްދިޔައީ. 19 ރުފިޔާއަށް އެރީ. 130 ބިލިއަނުން ދައުލަތް ދެރީ. އޭރު އެހެން އެވީ ކީއްވެތޯ؟
ކަރަން އަރުޖުން
30 January 2025
އޮޓޯއެވެ. ދިވެހިރާއްޖެއާއި، މުޅި ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް، ދުނިޔޭގެ އިގްތިސޯދު ހުއްޓުމަކަށް އައިކަމެއް ހަނދާނުގައި އެބަހުރިތޯއެވެ. ދުނިޔޭގެ އޮޔާއި ވައި ނޭނގިހުރެ ކޮމެންޓް ކުރުމަކުން، އޭގެ އަދި މާބޮޑު މަންފާއެއް ނުނިކުންނާނެއެވެ.
ގުއިއްޒު
30 January 2025
ކަންކަން ރަނަގަޅުކުރަން އައި މީހުން ރަނގަޅު ނުކުރާތީ ދެރައީ.