ޚަބަރު / އިސްލާމް

ދިވެހިންގެ އޯގާތެރިކަން ފެނި ޓޫރިސްޓަކު އިސްލާމް ވެއްޖެ

ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ދިވެހިންގެ ހެޔޮކަން ފެނި އިޓަލީގެ ޓޫރިސްޓަކު ވަނީ ރާއްޖޭގައި އިސްލާމްވެފައި.

ޗުއްޓީ ހޭދަކުރަން ރާއްޖެ އައި ޓޫރިސްޓަކު ދިވެހިންނާ އެކު ކުރި ތަޖުރިބާ އިން އިސްލާމް ދީން ގަބޫލުކޮށް، މުސްލިމަކަށް ވެއްޖެ އެވެ.

ރާއްޖެ އައި އިޓަލީގެ ފިރިހެން ޓޫރިސްޓު ވަނީ އޭނާ އަށް ދިމާވި ކުޑަ ހާދިސާއަކާ ގުޅިގެން ދިވެހިންގެ ފަރާތުން ފެނުނު އަޅާލުމާއި އޯގާތެރިކަމުގެ ވާހަކަ ފޭސްބުކްގައި ހިއްސާ ކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި އޭނާ ރައްޓެހިވެގެން އުޅޭ މީހާއާ އެކު ރާއްޖެ އައިސް ސްނޯކްލިންގައި އުޅެނިކޮށް އަންހެން މީހާގެ ފޯނު މޫދަށް ގެއްލުނެވެ. ފޯނުގައި އެ ދެ މީހުންގެ ހުރިހާ ހަނދާންތައް ހުރި ކަމަށާއި އެ ހުރިހާ އެއްޗެއް ގެއްލުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.

"މޫދަށް ފޯނު ގެއްލުނު ކަން ރަށުގައި ހުރި ދިވެއްސެއްގެ ކައިރީ ބުނިން. އެކަމަކު ބުނިން އެ ފޯނު ދެން ފެންނާނެ ހެން ހީނުވެޔޭ. އެހާ ވަރަށް އެ ހޯދަން މަސައްކަތް ނުކުރަން،" އޭނާ ލިއެފައިވެ އެވެ.

އެހެން ނަމަވެސް އެ ދިވެހި މީހާ އާއި އޭނާ ރައްޓެހިން މޫދުގައި އެތައް ގަޑިއިރެއް ހޭދަކޮށް ފޯނު ވެސް ހޯދައިގެން ގެނެސްދިން ކަމަށް އޭނާ ބުންޏެވެ.

ފޯނު އޮތީ ވޯޓަޕްރޫފް ކަވަރެއްގައި ކަމުން އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ޓޫރިސްޓު މީހާ ބުނި ގޮތުގައި އެއީ ދިވެހިން އޭނާ އާޝޯހު ކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ.

އެ ހާދިސާ އިން ދިވެހިން، މީހުންނަށް އެހާ އޯގާތެރީ މުސްލިމުންނަށް ވާތީތޯ އެނާ ސުވާލު އުފެދުނު ކަމަށެވެ.

"އެހެންވެއްޖިއްޔާ އަހަރެން ވެސް ބޭނުން [މުސްލިމަކަށް] ވާން."

އޭނާ ބުނި ގޮތުގައި އެހެންވެ، ރާއްޖޭގައި ހުންނަ މުއްދަތު އިތުރު ކޮށް މާލޭގައި އިތުރު ފަސް ދުވަސް މަޑުކުރީ އެވެ. އަދި މުސްލިމަކަށް ވާން ރަޖިސްޓާ ވާން ޖެހޭނީ ކޮންތަނެއްގައިތޯ ވެސް އޭނާ އޮޅުންފިލުވި އެވެ.

އޭގެ ފަހުން އޭނާ ކުރި އިތުރު ޕޯސްޓެއްގައި ބުނީ މާލެއިން ވަރަށް ރަނގަޅު ޝޭހަކާ މީހަކު އޭނާ ބައްދަލު ކޮށްދީފައިވާ ކަމަށެވެ. ނަމާދު ކުރާ ވަގުތުތަކާއި ޒަކާތާއި އިސްލާމް ދީނާ ބެހޭ ގޮތުން ވަރަށް ގިނަ އިރު އެ ޝޭހާ ވާހަކަ ދެކެވުނު ކަމަށް އޭނާ ބުންޏެވެ. އަދި އިތުރަށް ދަސް ކުރާނެ ގޮތާއި ވީޑިއޯތައް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަހަންނަކީ ރަސްމީކޮށް މުސްލިމެއް. ޝަހާދަތް ކިޔައިފިން،" އޭނާ ލިއެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި އިސްލާމް ދީނުގައި އޮންނަ ޒަކާތަކީ ކޯއްޗެއްކަން އޭނާ އަށް އެނގުނީ އަލަށެވެ. މީހުން ޒަކާތް ދައްކާ ސަބަބު އެނގި ލޮލުން ކަރުނަ އައި ކަމަށް އޭނާ ބުންޏެވެ.

އޭނާގެ މި ދަތުރު ތެރޭގައި ބައްދަލުވި ދިވެހިންނާއި ނަސޭހަތް ދިން އެންމެނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

26 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 1%
icon angry icon angry 2%
icon wow icon wow 1%
icon inlove icon inlove 85%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިމަގު

01 February 2025

އިސްލާމް ދީނަކީ އަނެކާގެ ހިތަށް އަސަރުކުރުވާ އަދި އަލިކަން ގެނެސްދޭ މިފަދަ އެތަކެއް ރިވެތި ލުއިފަސޭހަ ގޮތްތަކާއި މަގު ދައްކައިދީފައިވާ ދީނެއް. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދީނުގެ ނަމުގައި އަނެކާގެ ހާލަތާއި ޖަޒުބާތައް ބެލުމެއްނެތި، ތިމާގެހިތައް ފެންނަގޮތަކީ ދީނުގައިވާ އެއްމެ ރަނގަޅުގޮތްކަމަށް ދެކިގެން އިސްލާމްދީން ކުރިއަރުވަން ކުރަމުންދާ މަސައްކަތުގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދާތީއެވެ.

The name is already taken The name is available. Register?

މަރުހަބާ

01 February 2025

ދީނަށް ނަސްރުދިނުމަކީ މިއީ ނޫންތަ. ދީނުން ލިބިފައިހުރި ރިވެރި ސިފަތައް އެމީހުންނަށް ދައްކައިގެން ހިތްޖެއްސުން. މީހަކަށް ތެދުމަގު ދައްކަވާނެ ވަގުތަކީ އަހަރެމެންނަށް އެނގޭނެ ކަންކަމެއް ނޫން.

The name is already taken The name is available. Register?

އަލިބޭ

01 February 2025

الحمد لله

The name is already taken The name is available. Register?

މީ ހަބަރު

31 January 2025

ވަރަށް ސަޅި

The name is already taken The name is available. Register?

ޢަލީ

31 January 2025

الحمدلله

The name is already taken The name is available. Register?

ދިވެއްސެައް

31 January 2025

ނައު ދިސް އިސް ރިއަލް ޖާރނަލިސްމް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 January 2025

ޓްއަރިޒަމުން ރާއްޖޭގެ ރައްޔިތުންނަށާއި ޤައުމަށް ދައުލަތަށް ލިބެންހުރި މާލޭ މަންފާތައް ނުލިބޭގޮތަށް އެކަންކަން ތަރުތީބު ކޮށްފައި އޮތުމުގެ ސަބަބުން ފަތުރުވެެރިކަމަށް ބައި ޤަރުނު ވެގެންދިޔައިރު ސިނާއަތުން ލިބުނު ހުރިހާ ފައިސާއެއް ޖަމާކުރީ ހައެއްކަ މަހުޖަނުންގެ ޖީބަށް. ވަން އައިލެންޑް ވަން ރިސޯޓްގެ ބަދަލުގައި މީހުން ދިރިނޫޅޭ ބޮޑެތި ރަށްތަކެއް ގެސްޓް ހައުސް އައިލެންޑް ތަކެއްގެ ގޮތުގައި ތަރައްޤީކޮށް ދިވެހިން ޝާމިލްވާ ޓްއަރިޒަމެއް ގެންނާންވީ މިހެންވެ.

The name is already taken The name is available. Register?

ޗަލޯ

31 January 2025

އޮނޭއަށް "މާލީ" ލިޔަންވާ ތަނަކަށް މުޤައްދަސް ރަށްކޮޅުގެ ނަން ދޯ ލިޔެވެނީވެސް

The name is already taken The name is available. Register?

މައުޟޫ

01 February 2025

ޓްޕިކަށް ވާހަކަ ދެއްކުމަކީ ލިއާމީހާއާއި އަދި ކިއާ މީހާއަށްވެސް އެކަމުގެ ފައިދާ ހެޔޮގޮތުގައި ކުރާނެ ކަމެއް. ކާއްޓޭ ބުނީމަ ކުރުނބަލޭ ކިއުމާއި، މަހޭ ބުނެފިއްކާ ރިހައޭ ކިއުމަކީ ދިއުޅިއެއްނުވާކަން ދޭހަވާކަމެކެވެ.

The name is already taken The name is available. Register?

ޕެންޑާ

31 January 2025

23 އަހަރުން ފުރިހަމަވީ ޝަރީޢާ ތިއުޅެނީ 1 ދުވަސްތެރޭ ޔޫރަޕްމީހަކަށް ދަސްކޮށްދޭން؟ މީގަ ބަލަންޖެހޭނީ ދީނުގެ ކަންކަން މަޑުންމަޑުން ބޮލަށް ވެއްދޭތޯ އެހެންނޫނީ އަނބުރޭ ގޮސްވެސްދާނެ

The name is already taken The name is available. Register?

ހިތދިގ

31 January 2025

އެކަމާއި އެއުޅެނީ އެކަމުގެ އިލްމު ލިބިފައިވާ މީހުން....... ކޮންމެހެން ކަންބޮޑުވާކަށް ނުޖެހޭ........ އެބޭފުޅުންނަށް އެނގޭނެ ކިތަށް ދުވަސް ބޭނުން ވާނެކަން........

The name is already taken The name is available. Register?

ޝޭހް

31 January 2025

އެކަމުގެ އިލްމު ނުލިބުނަސް އިނގޭނެ ގިނަދިވެހިންނަށް އިސްލާމްދީނުގެ ކަންތައްތައް.ޝެހަކަށްވާކަށްނުޖެހޭ މީހަކަށް އެއްޗެއް އޮޅުންފިލުވައިދޭކަށް.

The name is already taken The name is available. Register?

ޖަލީލު އަޙުމަދު

31 January 2025

ފޭސްބުކް ލިންކް ޖަހާލިނަމަ ވަރައްސަޅިވާނެ

The name is already taken The name is available. Register?

مريم

31 January 2025

ألحمد لله ألله أكبر

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454