31 ޖެނުއަރީ 2025 - 19:41
ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ބިދޭސީއެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ ރިޕޯޓު ކޮށްފައިވަނީ ދަންވަރު 2:12 ހާއިރު ކަމަށެވެ.
އެ ބިދޭސީ މީހާގެ އަތުން އެ ދެ މީހުން 33،500ރ. ފޭރުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ރެދަން، ފަވާޒް ކަޅު ތުއްތު އާއި ތ. ތިމަރަފުށީ ލަކީ ހައުސް، ސޮފްވާން އަލީ އެވެ.
މި ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒް އަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.
އޭނާއަށް އެ ހުކުމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގަ އެވެ. އޭނާގެ މައްޗަށް އެ މައްސަލައިގައި އެ ޖަލު ހުކުމް އިއްވީ އޮގަސްޓް 30، 2012 ގައެވެ.
އޭގެ ފަހުން ޖިނާއީ އެކި މައްސަލަތަކުގައި އެކި ފަހަރުމަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ. މިދިޔަ އަހަަރުގެ ކުރީކޮޅު ޑްރަގާއެކު ހައްޔަރުކުރިއިރު މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރުނު މައްސަލައެއްގައި އޭނާ ހައްޔަރުކުރި އެވެ.
އޭގެ ފަހުން ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫކުރުން
01 February 2025
އަނެއްކާވެސް އަވަހަށްދޫކޮށްލާ. ކޮންމެސް ބޭފުޅެއްގެ ޚާއްސަ އެހީތެރިއަކާ ވ ވައްތަރު.
ޖަލުގަ ހިފަހައްޓާ
31 January 2025
މީ އެއްގޮތަކަށް ވެސް ދޫކުރާ ވަރުމީހުންނެއްނޫން. ދޫނުކޮށް ޖަލުގަ ބައިތިއްބަން ވީ ނުބައި ނުލަފާ ފޭރޭމީހުން
ސަނައްޓޭ
31 January 2025
ބޮޑެތި މުޖުރިމުންގެ މައްސަލަތައް ޕާކު ކޮށްފަ ބަލަން ކެރެނީ ހަމައެކަނި ރިހާކުރު ފުޅި ނެގި މައްސަލަ އެކަނި. އެވެސް އަވަސް ނިޔާ ހިންގަން. ކްރިމިނަލް ކޯޓުގެ ގާޒީންތައް ވަކިކުރަންޖެހޭ އަވަހަށް. މިހާރުގެ ޖޭ އެސްސީއަކީ ހަމަ ޕެރެލައިޒްވެފަ އޮތް ތަނެއް
ވަހީދުބެސް
31 January 2025
އަނެއްހެން އާދަކާދައިގެ ގޮތުން އަނެއްކާވެސް ދޫކޮށްލާ... އެހެންގޮސް ކޮންމެވެސް މީހެއްގެ ފުރާނަ ދުއްވާލީމަ ދެން އަސްލު ހައްޔަރަށްލާނީ.
ސަހަރޯރޯ
31 January 2025
މުޅިންވެސް ކުދި ކުދި ކުށްތަކުގެ ރެކޯޑެއްދޯ