ހީނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ސިޔާސަތަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިއްބައިދީ، ހިމާޔަތްކުރުން ކަމަށް.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
01 ފެބުރުއަރީ 2025 - 00:08
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު ހިނގާލުމަށް، ސަރުކާރުން އެންމެ ފުޅާމިނުމުގައި ޖާގަ ދިނުމުން ފެންނަނީ، ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތައް ހިމާޔަތްކޮށްދީ، ކަށަވަރު ކޮށްދޭން މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވީ މި ސަރުކާރު ވެރިކަމަށް އައި ފަހު، އިދިިކޮޅުން މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު ހިނގާލުމެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގާލުމުގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާޓިފިޝަލް ބީޗުން އެތައް ސަތޭކަ ސަޕޯޓަރުންނާއެކު ފެށި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު އެކި ޝިއާރުތަކާއެކު އަޑު އުފުލައިފަ އެވެ.
The opposition rally tonight, with the presence of law enforcement, is a testament to how this Administration values rights enshrined in the Constitution, such as freedom of assembly and speech. President Dr @MMuizzu’s policy is to protect & ensure freedom of expression.
— Heena Waleed (@MvSpokesperson) January 31, 2025
ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމައިލުމާ އެކު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ، އެ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތަކަށް، މި ސަރުކާރުން ގަދަރުކުރާ މިންވަރު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިއްބައިދީ، ހިމާޔަތްކުރުން،" ހީނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެއްވުމުގެ އެއްވެސް ހިސާބަކުން ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ތިބި ނަމަވެސް އެއްވުމަށް ހުރަސް އަޅަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގާލުމުގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާރަހާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އެއްވުން ނިންމާލާފައިވަނީ ވެސް އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އަދި ރައީސް މުއިއްޒާއި ބައެއް ވަޒީރުންގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްބޮޑީ
02 February 2025
ކުދިންނޭ އަނގައިން ނާރާތި
މުސްތަފާ ކަރީމް
01 February 2025
ރައީސް މުއިއްޒް ހަމަ ގަދަ. އެމްޑީޕީއިން 2 މަސް ވަންދެން ޕްރޮމޯޓް ކުރި މުޒާހަރާއަށްވެސް ފުރުސަތު ދީފި. ޕޮލިހުން ލައްވާ
ކުސްތަޅާ ގަރީބު
01 February 2025
ތެދެއް ނަހަދާނެ!
ޝަހުމްއާދަމް
01 February 2025
ސަރުކާރަކުން އަލަށް މިހާ ފުރުސަތު ދިން ތަން ފެނުނީ މުޒާހަރާއަކަށް. ބަރާބަރު އަޑު އުފުލަންވެސް ފުރުސަތު ދޭންވާނެ
އަޒުހަރު އަލީ
01 February 2025
މުޒާހަރާއެއްގަ އަލަށް ޕެޕާރ ސްޕްރޭ ނުޖަހާ ނިންމާލި ފުރަތަމަ ފަހަރު މިއީ. ހެޔޮ ބަދަލެއް
ޖީހާމް އިސްމާއިލް
01 February 2025
އަހަންނަވެސް ވަރަށް ފާހަގަވި އެކަން. ހުރަހެއް ނާޅާ
ވާވާ
01 February 2025
ހުވޭތަ
ހަސަމް ބަޝީރު
01 February 2025
ހަގީގަތުގައި ރައީސް މުއިއްޒް އަކީ ޑިމޮކްރެސީގެ އުސޫލުތައް ހިފަހައްޓާ ވެރިޔެއް.
ހެހހެ
01 February 2025
އެއީ ޓެސްޓް ބުރެއް، ބިރުން ތުރުތުރު އަޅައަޅާތިބީ، ގއ އިން އެކަން ކަށަވަރުކޮއްދީފަ އޮތީ، ހުރަހެއް ނޭޅޭނެ، ގޯސްހަދަން ނުއުޅޭތި
ޝާޒިލް
01 February 2025
މިގައުމުގަ ރ.މުއިއްޒުގެ ވެރިކަމަށް ރައްޔިތުން އޯކޭކަން ރޭގެ މުޒާހަރާއިން ހާމަވެގެންދިޔައީ. ސަލާންޖަހާ އާދޭސް ކުރީމަވެސް އެ ވިއްޔާ ނުކުތް ބަޔަކީ
ހަޖަމ
01 February 2025
ހަޖަމް ޕުލީސް. ދޮގުހެދުން އާންމުކަމަކަށް ހަދައިފި.
ނާއިލްް
01 February 2025
އެމީހުން ހިތުން މިއަދު އުޅުނީ ވެރިކަން ވެއްޓޭތޯ. އެކަމް ކައިރި ކުރާ ވަރަކަށްވެސް ބަޔަކު ނެތް
އެސްޕީޑީ
01 February 2025
ވަރަށް އަސަރުކުރިތަ؟
ފިޔާޒްް
01 February 2025
އެކަމަކު ތިއަށް އެއްވުމެކޭ ކިޔާނެތަ؟ 500 މީހުންވެސް ހަމަ ނުވޭ
އާނއެކޭ
01 February 2025
އެހެންކިޔައިގެން ދެން ހިތްހަމަޖައްސާލާ