ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ޑީއާރުޕީން ދޭންޖެހޭ ހަތަރު މިލިއަން ރުފިޔާގެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
02 ފެބުރުއަރީ 2025 - 14:00
ޑީއާރުޕީ އުވާލިއިރު، އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދައްކަންޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އާމިރުގެ ދެ ސްޓޫޑިއޯއަކުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކާ ގުޅިގެން އޭނާ އަށް 19 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން ނިންމީ އެ ޕާޓީން ދައްކަން ޖެހޭނީ ހަތަރު މިލިއަން ރުފިޔާ ކަމަށެވެ.
އެކަމަކު، ޑީއާރުޕީން ފައިސާ ނުދައްކާ އޮއްވާ 2022 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފަ އެވެ.
ހަތަރު މިލިއަން ރުފިޔާ ހުކުމާ އެއްގޮތަށް ނުދައްކާތީ އެ ހުކުމް ތަންފީޒު ކުރަން އާމިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ވަނީ ޑީއާރުޕީގެ ނަމުގައި އެއްވެސް ފައިސާއެއް އަދި މުދަލެއް ނެތް ކަމަށެވެ. ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީތައް އުވާލުމަށް ފަހު، ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުރި ފަރާތް ކަމަށް ވިޔަސް، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގެ ތެރެއިން އެހެން ފަރާތެއް ދަރަންޏަށް ޒިންމާ ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލާގައި ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެޅޭނެ އިތުރު ފިޔަވަޅެއް ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.
ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގައި 3،000 މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލިއިރު އެ ޕާޓީން ގިނަ ފަރާތްތަކަކަށް ފައިސާ ނުދައްކާ ހުއްޓެވެ. ދައުލަތަށް ދައްކަންޖެހޭ 83،000ރ. ގެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭ ކަމަށް ސިވިލް ކޯޓުން ދާދި ފަހުން ނިންމި އެވެ.
މީގެ އިތުރުން އެމްޓީސީސީ އަށް އެ ޕާޓީން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެ ކުންފުނިން އެދުމުން އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމޯސާ
02 February 2025
މަހުޝަރުގެ ބިމުގައި ތި ފައިސާއަށް ޒިންމާވާން ޖެހޭނީ ކާކުބާވައޭ ހިތަށް އަރާ
ހުރިހާ ޕާޓީތައް އުވާލަންވީ
02 February 2025
އަހަރުމެންގެ ޓެކުސް ލާރިން އަހަރުމެނަށް ދުއްޕާންކޮށް މަގުތައް މައްޗަށް ނުކުމެ އަޑުގަދަ ކުރަން އަހަރުން ޖީބުން ޚަރަދު ކުރަންޖެހޭ ސަބަބެއް ނުވިސްނެއެވެ. ޕާޓީހިންގަންޏާ އަމިއްލަ ލާރީގައި ހިންގާށެވެ. އެ ދެނީ ހާދަ ބޮޑު ބަޖެޓެކޭ ކޮންމެ އަހަރަކު. މިލިއަނުން ގުނާފަ. އަޅޭ ތައުލީމަށް، ސިއްހަތަށް، ހައުސިންގްއަށް ޚަރަދު ކުރުން މާ އައުލާކަން ބޮޑުނޫން ހެއްޔެވެ. ތި އާމިރަކަސް ތޮޅިމިރުހަކަސް ތިލާރި ދޭނެކަމެއް ނެތް. ތީ އަހަރުންގެ ލާރި. މަމިބުނީނު ދޭނެކަމެއްނެތޭ
ޯómޮ
03 February 2025
ބޭފުޅާ!! ޓެކްސް ލާރި ވާހަކައެއް ނޫން ކަންނޭގެ މީ ސަރވިސަސް އަށް ދައްކަން ޖެހޭ ލާރި!!
އަޅި އަލީ
02 February 2025
ބޮޑުންނަށް މޮޅުގޮތް! ނިކަމެތިންނަށް ދެރަގޮތް! ގަބޫލު ކުރެއްވިޔަސް ނުކުރެއްވިޔަސް މިއީ އަދުގެ ދިވެހު ފައުލަތުގެ ހާލަތު!
މަޖާ
02 February 2025
އާމިރަކީ މާސިންގާ ބޮޑެއް
6
02 February 2025
ދެންވެސް ނަމަނަމަ ދަރަންޏަށް ޕާޓީއަކަށް އެއްޗެއްނުދޭތި. ދެންޏާ ދީ ފިކުރަށްޓަކާ ހިލޭ.
ވާނުވާރާއްޖ
02 February 2025
ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީތައް އުވާލުމަށް ފަހު، ދަރަންޏަށް ޒިންމާވާން ޖެހޭނީ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުރި ފަރާތް ކަމަށް. ދަރަނި އުފެދުނު އިރު ޕާތީގެ އެންމެ އިސްފަރާތެއް ނެތީ؟ އެހެންވީމާ ކޮންޕެނީއެއް އުވާލާއިރު އެކޮންޕެނީގެ ދަރަނި ވެސް ކޯޓަކުން ނުބަލާނެދޯ؟
މާލު
02 February 2025
ޑިމޮކަރަސީގެ ވަންކަން މިހުންނަނީ
މާއްދާ 4 ކައިފިއެއްޗެއް ކޭމީހަކަށް
02 February 2025
ބޮޑުންކައިފިއެއްޗެއް ކޭމޯހަކަށޭ ؟ ރިހާކުރުފުޅި 6 މަހަށް ޖަލަށޭ ! 2013 ގައި ރޯޑުކޯޕއރޭޝަންއިން ދިހަރާސް ޓަނު ސިމެތިޑީލްއަށް ދިހަމިލިޔަން ހިޔާނާތުގެ އަގުވަޒަންކޮށް މިއަދު އެތިބީ ސްޓޭޓް މިނިސްޓަރ ކަމުގައި ލަދުހަޔާތުގެ ކުޑަވެސްމިންވަރެއް ހަމަނެތީއޭ !
އަޞުތުމާ
02 February 2025
އެންމެ ބުއްދިވެރީ ޕާޓީ ނީލަން އުޞޫލުން ދަރައްޏަށް ޒިންމާ ނުވާގޮތަށް ވިއްކާލުން! މާރުކޭޓުގައި ޑޮލަރުގެ އަގު މިވަގުތު ހުރީ 18.5 ށް
ސަޅި ގައުމެއް
02 February 2025
ދައުލަތައް ބަލަދު އަރާ ގުރޫޕު މީހުން ކަމެއްވިއްޔާ ތި ގޮތައް ނިމޭނީ.. ރިހާކުރު ފުޅި ނަގާ ސޮރެއްނަމަ ކައްވަޅުގަ އޮތަސް ދަރިންގެ ދަރިންގެ އަތުން ވެސް ބަދަލު ނަގާދިނިސް.