ފުލުހުން: ރާއްޖޭގައި ބާއްވަން އުޅުނު ޕޮންގަލް ފެސްޓިވަލެއް ވަނީ ހުއްޓުވާފައި.-- ފޮޓޯ: މިހާރު
03 ފެބުރުއަރީ 2025 - 09:03
"ޕޮންގަލް 2025" ގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ ބަޔަކު ބާއްވަން އުޅުނު ފެސްޓިވަލް ފުލުހުން ހުއްޓުވައިފި އެވެ.
ޕޮންގަލް ފެސްޓިވަލަކީ އާންމުކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންޑިއާގެ ތަމަޅަ މީހުންގެ މެދުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އެ މީހުންގެ ދީނީ ބޮޑު ފެސްޓިވަލެކެވެ.
ފުލުހުން ރޭ ބުނީ، މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ރާވަމުން އައި ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެކަން އިންތިޒާމުކުރި ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންގާފައިވާ ކަމަށެވެ.
އެކަމަކު އެކަން އިންތިޒާމުކުރީ ކޮން ބައެއް ކަމެއް ނުބުނެ އެވެ.
"އެ ފެސްޓިވަލް މިހާރު ކެންސަލުކޮށްފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެފަދަ ހަރަކާތެއް ހިންގާ ނަމަ ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަފީނާ
03 February 2025
މިސަރުކާރުން ތިހެންބުނެފިތަ ކޮންމެސްގޮތަކަށް ފާހަގަކުރަން ހުއްދަދޭނެ ތިހެންވީއިރު.
ހުސްނުހީނާ
03 February 2025
މިއީ ޖެއްސި ސްޓަންޓް އެއް! ތިބުނާ ފެސްޓިވަލް އެއް ބާއްވާކަށް ނުއުޅޭ!
ޗާނދަނީމަގުން
03 February 2025
ސާބަހޭ ފިލުހުން، މިކަހަލަކަންކަން ހުއްޓުވަންޖެހޭ، ސޯޓްލައިގެން މަގުތަކުގައި ހިނގާ އަންހެނުންވެސް ހުއްޓުވަން ޖެހޭ
ޖާހިލު ސަލަފީ
03 February 2025
ހެހެހެ ސަގާފަތަކީ އާދަކާދައަކީ ކޯޗެއްކަން ނޭނގޭ ޖާހިލު ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ޕޮންގަލްއަކީ ތަމަޅައިންގެ ހާވެސްޓިންގް ފެސްޓިވަލެއް.
ކެދެރާ
03 February 2025
ކޮން އިރަކުންހޭ ބްލޫސް ހައުސިންގ ގެ ކްރޮޕްޝަން ހުއްޓުވާނީ
ސޭކުބެ
03 February 2025
ތި ޕޮންގަލް އިސްތިހާރު ބޯޑެއްހުރި ހުޅުމާލޭ ސިންތެޓިކް ޓްރެކް ދޮރުމަތީގަ ބަހައްޓާފަ. 100 ރުފިޔާއަށް ޓިކެޓް އަގުވެސް ޖަހާފަ ހުރި. މަވާ މިހީކުރީ މިއުޒިކް ޝޯއެއް ކަމަށް. ޓިކެޓް ގަންނާނަމޭވެސް ހިތާމިހުރީ. ނަސީބެއްނު އެކަން ނުކުރެވުނުކަން.
ހަނދު1
03 February 2025
މިވާހަކަ ނޫހުގަ ކޮންމެހެން ޖަހާ އިޝްތިހާރު ކުރަން ޖެހޭބާ؟ މަށަށް އަދި ކިރިޔާ މި އެނގުނީ ތިޔަ ނަމެއް ކިޔާ ފެސްޓިވަލެއް އޮންނަކަން. މިހާރު މަވެސް ތި އެއްޗެއް ބަލާލާހިތް ވެއްޖެ. އިޝްތިހާރު ނުކޮށް ތިކަން ހުއްޓުވީމަ އެކަން އެ ނިމުނީ އެއްނު.
އަހުމަދުއަލޯ
03 February 2025
ބަލަ އެހެން ދީނެއްގެ ފެސްޓިވަލް އެއް އޮންނަ ކަން އެނގުނީމަ ދެން ކޮންކަމެއް ވަނީ؟
މުހައްމަދު1234
03 February 2025
ބޭނުންވަނީ އަބަދުވެސް ޖާހިލުކަން މަތީ ހުނަން ދޯ؟؟ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ހިންގާ ފެސްޓިވަލް ތަކާއި އެހެނިހެން މައުލޫމާތު އެންގުމަކީ ތިމާގެ އަގީދާ ބަލިކަށިވާނެ ކަމެއްނޫން!
ފެންސިރު
03 February 2025
އެމްޑީޕީ ސަރުކަރުން ރާއްޖޭގަ ބިދޭސީން ގިނަވަނީއޭ ކިޔާފަ ބަންގްލަދޭޝް ކޯޓާގަ މަތި އަޅާފަ ކުރިކަމަކީ އިންޑިޔާއިން މީހުން ހަބޭހަށް ގެންނަން ފެށީ. އެކަމަކު މަށަށް ޝައްކު ކުރެވެނީ އެއީ އިންޑިޔާ ރުއްސަން ކުރި ކަމެކޭ. ދިވެހިންނަށް ބަންގްލަދޭޝް މީހުންގެ ގިނަވެގެން އުނދަގޫ ވަންޏާ ނިކަން މަޑުކޮށްލާ އިންޑިޔާ މީހުން ގިނަވީމަ ވާގޮތް ބަލާލަން. ސަލާމަތް ނުވާނެ.
އިސްމާލި
03 February 2025
މަވެސް ދައްކާ ވާހަކަ ތީ. ބަންގްލަދޭޝް މީހުނާ ހާސް ތަފާތުވާނެ އިންޑިއާ މީހުން. އަދި އިންޑިއާ އިން އަންނަނީ ކިޔަވައިގެން ތިބި މީހުން. މާނައަކީ އެމީހުން އައިސް އަދާ ކުރަނީ ލޭބަރު ވަޒީފާއެއް ނޫން. ކުންފުނިތަކުގައި އަދި އަމިއްލަ ވިޔަފާރީގަ އެމީހުން އެންގޭޖް ވަނީ. މިއީ ދިވެހި ޒުވާނުން ނަށް ގެއްލޭ ފުރުސަތުތައް. މިހާރު ބަންގްލަދޭޝް ހެދުން ސަޕްލައި ކޮންޓްރޯލް ކުރާހެން، އިންޑިއާގެ ކާބޯތަކެތި ސަޕްލައި ދާނީ އިންޑިއާ މީހުން އަތައް.
ޝައުޒާނާާ
03 February 2025
ވަރަށް އިހްތިރާމާއެކު މިބުނަނީ ތިފަދަ ކަންކަން ކުރަން ބޭނުންވަންޏާ މި ގައުމުން ބޭރުވެ ކުރާކަމެއް ކުރޭ. މި ގައުމަކު ތިފަދަ ކަންކަމަކަށް ޖާގައެއް ދެވޭކަށް ނެތް.
ސަންޓާ
03 February 2025
ރިސޯޓުތަކުގަ ކުރިސްމަސް ފާހަގަ ކުރޭ ކަންނޭގެ، ރިސޯޓަކަށް ހެދިނަމަ.