ކްރިމިނަލް ކޯޓު ހިންގާ އިމާރާތް.-- ފޮޓޯ: މިހާރު
03 ފެބުރުއަރީ 2025 - 21:39
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން ކަމަށް ބަންދު ފޯރަމްގައި ކަމާގުޅޭ އިދާރާތަކުން ބުނެފި އެވެ.
ޕީޖީ އޮފީހުން އިސްނަގައިގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް "ބަންދު ފޯރަމް"ގެ ނަމުގައި ޖުޑީޝަރީ ފިޔަވައި ކަމާގުޅުން ހުރި އިދާރާތަކުން ބައިވެރިކޮށްގެން ހަރަކާތެއް ބާއްވައިފަ އެވެ.
އެ ފޯރަމާ ގުޅިގެން ޕީޖީ އޮފީހުގެ ވެބްސައިޓުގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުން ކަމަށް، އެ ފޯރަމްގައި ބައިވެރިވި އިދާރާތަކުން އިއްތިފާގުވެފައިވާ ކަމަށް ވެބްސައިޓުގައި ބުންޏެވެ.
ޕީޖީން ބުނީ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް އަވަސްކުރަން އެ ތަންތަނަށް ފަހިކޮށްދީ، އެހީތެރިވުމަށްޓަކައި އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ގާއިމްކޮށްފައިވާ ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް އިތުރުކުރުމާއި ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލް ނިޒާމެއްގެ ތެރެއިން ގެންދަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އޭގެ ދެ ވަނަ ފޯރަމް އޮންނާނީ ޖުޑީޝަރީއާ އެކުގަ އެވެ. ފުރަތަމަ ބައްދަލުވުމުގައި ހޯދުނު ހޯދުންތަކާއި ހައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޒުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި އަދި އެކަންކަން ތަންފީޒުކުރާ މިންވަރަށް ފާރަވެރިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓޭޓްމަންޓް
05 February 2025
ދިގުލައިގެންދާ ސަބަބު އެބައެނގޭ. އެކަމަ ހައްލެއްދޭން ބޭނުންނުވޭ. ހުސް ސުރުހީ ހަދަން ސްޓޭޓްމަންޓް ދޭން އެނގެނީ. މީވާ ކަމެއް.
އަހަނދު
04 February 2025
ތިކަން ހައްލުކުރަން ޒިންމާދާރު އަވަސް މަސައްކަތްކުރަން ބޭނުންވަނީ. އެކަމު ކޮންމެ ބަޔަކު ފޯރަމާ ބައްދަލުވުން ބާއްވާފަ ނަތީޖާއެއް ނުނެރޭ. ވަސީލަތްތަކާ މުވައްޒަފުންގެ ދަތިކަންހުރޭ. އެކަމު އެޔާއެކީ ފަނޑިޔާރުންގެ ޒިންމާ އަދާކުރުމުގަ އިހުމާލުވުންވެސް ބޮޑު. މަދަނީ ކޯޓުގަވެސް ހަމައެހެން. ތިން އަހަރުވާއިރު އަޑުއެހުން ނުބާއްވަ. ހުކުމްނުކޮށް އޮވޭ. ފަނޑިޔާރުން މަސައްކަތްނުކޮށް މުވައްޒަފުން ލައްވާ އެކަންކުރަނީއޭ ބުނަނީ.
ދެންކޮބާތް
03 February 2025
ދެންކޮބާއި ދައުލަތާ ދެކޮޅަށް ނިކަމެތި ރައްޔިތަކު ދަޢުވާއެއް ހުށައަޅައިފިނަމަ ކަންކިރާގޮތާމެދިވެސް ބަހުސްކޮއްލިނަމަދޯ ؟
ޖދހު
03 February 2025
އެއްވެސް ބަޔަކަށް ހައްލުނުކުރެވުނު ކަންކަން. ކޮންމެ 5 އަހަރެެއްދަނީ ދިވެހިންގެ ލޮލުގައި އަނދުން އެޅުވުމުގައި
ބަންދުގައި ތިބި މީހުން
03 February 2025
ބަންދުގައި ތިބި މީހުންވެސް ތިޔަ ފޯރަމްގައި ބައިވެރިކޮށްލިނަމަތާދޯ؟