އިނގިރޭސިވިލާތުގެ ސަފީރު ނިކޮލަސް ޑޭވިޑް، ރައީސް ޑރ. މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ފަހު މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ފެބުރުއަރީ 2025 - 12:38
ދެ ގައުމަކުން އަލަށް ހަމަޖެއްސި ސަފީރުންގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ނިކޮލަސް ޑޭވިޑް ލޯ އަދި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ވަނީ ރައީސަށް ފަތްކޮޅު އަރުވައިފަ އެވެ.
އިނގިރޭސިވިލާތުގެ ސަފީރަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ހާއްސަކޮށް މަތީ ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އޭގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނުމާއި އެކަމުގެ ސަބަބުން ދިމާވާ ހާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ، ރައީސް ޑރ. މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް މަރުހަބާ ވިދާޅުވެ، ޖަޕާނުގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އެ ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަންކަމުގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުސަތުތައް އިތުރަށް ފަހިކުރުން ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ރައީސާއި ޖަޕާނު ސަފީރު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްޗަށް ވާހަކަދައްކަވައިފަ އެވެ.
ރައީސް ވަނީ ޖަޕާނުން ރާއްޖެއަށް ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އާއި ޖަޕާނުން ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 14، 1967 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
04 February 2025
އިހުގެ އިގިރޭސި ސަފީރުން ތިބެނީ، ގިރުވާނަށް ކިނާރި އާއި މަހުމާ އަރާފަ. އުނަގަނޑުގަ އޮންނާނެ ކަނޑިއެއް. މިހާރުގެ އިގިރޭސި ސަފީރުން މި ތިބެނީ، ފިރިހެން ކުދީންގެ، ބޯޑިންގު ސުކޫލެއްގެ ޑޯމް ޕުރިފެކްޓުން ހެން. ޗާލުސް ރަސްގެފާނު ކީކޭ ވިދާޅުވާނީ؟
މިމޭޔަރު ބޭރުކުރަންޖެހޭ
04 February 2025
އައްޑޫ ސިޓީކައުންސިލުން އުޅެނީ ރައްޔިތުންގެ ބިންތައް އަތުލަން. ރައްޔިތުމީހާ އެމީހުނާ އެއްބަސްވުމެއްގައި ސޮއިނުކުރަނިސް ގޯތީގެރަޖިސްޓްރީ ހަދާނުދޭނެޔޯ. މިއީި ބޮޑު ޖަރީމާއެއް.
ޝޭމް
04 February 2025
ތިކަމާ މިހަބަރާ އޮތީ ކޮން ގުޅުމެއް؟