04 ފެބުރުއަރީ 2025 - 13:13
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ.
ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.
ނަޒާހާގެ މައްޗަށް ކުރި ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ ވަރަށް ފަހުންނެވެ. އޭރު އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވި، ނަމަވެސް ނަޒާހާގެ ފަރާތުން މައްސަލަ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިގަތެވެ.
އޭގެފަހުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަނެ، ޝަރީއަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ ސެޕްޓެމްބަރު، 2022 ގަ އެވެ.
ސުޕްރީމް ކޯޓުން މިހާރު ވަނީ މި މަހުގެ 13 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފަ އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ދިން ހަމަލާއަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފުވި އެވެ.
ނަޒާހާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައި ނުވަނީ ޝާހިދުގެ މަންމަ އާއި އާއިލާ އިން ނަޒާހާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވުމުންނެވެ.
އެ ހާދިސާ ހިނގިއިރު ނަޒާހާ އާއި ޝާހިދުގެ ދަރިފުޅަށް ހުރީ ދެ އަހަރު ވެފަ އެވެ. އެ ކުއްޖާ މިހާރު ފުރާވަރަށް އަރާފައިވާއިރު، ނަޒާހާ ކޯޓުގައި ބުނެފައިވަނީ އެހާ ދުވަސް ފަހުން އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމީ އެ މައްސަލައާ ގުޅިގެން އަންނާނެ ފާޑުކިޔުމަށް ކެތް ކުރާނެ ކަމަށް ދަރިފުޅު ބުނުމުން ކަމަށެވެ. އަދި ދަރިފުޅު ވެސް އެދެނީ އޭނާ މިނިވަންވާން ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުސޮރު
04 February 2025
ދަރިފުޅަށް ބައްޕަ ގެއްލުނުތާ މަންމަވެސް ގެއްލިފަމިވަނީ... އެހާދުވަހުގެ އަދަބަށްފަހު ދަރިފުޅަށް މައެއްގެ ލޯބި ކަށަވަރުކޮށްދިނުމަކީ ދަޢުލަތުގެމައްޗަށް ކޮށްދެވޭނެ އިޚްސާންތެރިކަމެއް. 15 ވަރަކަށް އަހަރުދުވަހު ޖަލުގަ ހޭދަކުރަންޖެހުމަކީ އިންސާނަކަށް ކުޑައަދަބެއްނޫން. އަދި މީހެއްގެ ފުރާނަ ހިފުމަކީ އެއްމެބޮޑު އެއްކުށް!
ކުލަމަޖާ
04 February 2025
ނިމިގެން ދިޔަ ވެރިކަމުގައި ސޯލިހު މިގައުމުދުށް އެންމެ ބޮޑު ވަގު މިނިވަންކުރިއިރު މިކަން ލޮލުގައި އަޅައިނުގަތީ ކީއްވެ؟ ގައިިމު ބްރޯ އަކީ 100 އަހަރަށް ޖަލަށް ލައިގެނެސް ފުރިހަމަ ޖަސްޓިސްއެއް ނުދެވޭނެ މީހެއް
ޏާއްކޮ
06 February 2025
ނޯ ޖަލު. ދައުލަތުން ވައްކަން ކޮށް ރައްޔިތުންގެ މުދާ ދަވާލާ މީހުންގެ ހަތަރެސްފައިވެސް ކަނޑަންވީ. ކީއްކުރާ ޖަލެއްތަ އެއީ ކަމެއް ވާ ތަނެއްތަ
އަޅެ ފަހެ މީހަކު ދޮޅު ރޯނާ އެއް ނުވާނެތަ
04 February 2025
އިންސާނަކަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ޝަރުޢީ ކޯޓެއްގައި ނަޒާހާ ވެފައިވާ އިއުތިރާފުން ސާބިތުވާއިރު 15 އަހަރު ފަހުން ތިމަންނަ އަށް އެކަށީގެންވާ އަދަބެއް ދެވިއްޖެ ކަމަށް ބުނެ އޭނާ މިނިވަން ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި އިރު ތިމާގެ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ؟ އަދި ދަރިފުޅު ވެސް އެދެނީ އޭނާ މިނިވަން ވާން ކަމަށް ބުނާ އިރު ދަރިފުޅުގެ ބައްޕަގެ މަރަށް އިންސާފު ލިބެން ދަރިފުޅު ވެސް ބޭނުން ނުވަނީތޯ؟
ލޮލްް
04 February 2025
ތަނެއްގަ އާޓިކަލެއް އޮތީމަ ކޮމެންޓް ކުރާތި ވާނުވާ ނޭގުނަސް
ވެނިސް
05 February 2025
ދޮޅުރޯނާވެގެންހުރެ ހަބަރުތައްކިޔަންޔާވާނީ ތިޔަހެން.
ހާދަ އަވަހަށް
04 February 2025
ހާދަ އަވަހަށް ތިޔަ ހުކުމް އިއްވަނީ؟ އަދި ވިއްސަކަށް އަހަރު މަޑުކޮށްލަން ފެނޭ. އޭރުން ރައްޔިތުންގެ އިތުބާރު ބޮޑުވާނީ.
ފިރޫ
04 February 2025
އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ. މިހާރުވެސް ޖަލުގައި 14 އަހަރު ހޭދަކޮށްފި.
އަހުމަދުބިންސުލައިމާން
04 February 2025
ކޮންމެ އިންސާނަކުވެސް ތާއަބަދު އަނިޔާގެ ޝިކާރައަށްވީމާ މިފަދަ ހަމަލާއެއް ދީފާނެ. އިންސާނާގެ ތަބީއަތުގައި ހަމަހޭގަ ހުރެ ދަރީގެ ބައްޕަ މަރައެއްނުލާނެ. އޭނާ އެ ސްޓޭޓަސް އަށް ދާންޖެހުނު ސަބަބަައް ބަލައި މާފު ދޭންޖެހޭ. މީހަކު މަރުވުމަކީ ކިތައްމެހާ ވެސް ދެރަކަމެއް.
ރާވެރިބެ
04 February 2025
އަމިއްލައަށް ދިފާއުވުން ނުވަތް ސެލްފް ޑިފެންސް އަކީ ކޮންމެ އިންސާނެއްގެ ހައްގެއް. އަނިޔާވެރި ފިރިމީގެ ފަރާތުން ސަލާމަތްވާން ދިން ހަމަލާއަކުން ފިރިމީހާ މަރުވީ. މީހަކު މަރާލި ކަމަށްޓަކައި ނަޒާހާއަށް އެކަށީގެންވާ އަދަބު ދެވިއްޖެ. ނަމަވެސް މީ އަމިއްލަ ދިފާއުގަ ކުރި ކަމަކަށްވާތީ ނަޒާހާ ޖަލުން ދޫކޮށްލާފަ މުޖުތަމައުއަށް 5 އަހަރު ޙިދުމަތްކުރަން އަންގާ އުޅުން ރަގަޅު ނަމަ އެކީ ދޫކޮށްލަން ފެނޭ! މީ ރާވެރިބޭގެ ބަސް!
އަރީޝް
06 February 2025
އަހަރެން ތިކަމަށް ތާއީދު.
އަބްޑޫޅް +
04 February 2025
މިއީ އަނިޔާއެއް ކަމުގައިވާހެންހީވަނީ. މައްސަލަ އަކީ، މީގެ އެތަކެއް އަހަރު ކުރިން މިކަމުގެ ނިޔާ ކުޅަ ފަނޑިޔާރުންނަށް މިކަން ނޭގުން؛ ނޫނީ އެގެން ބޭނުން ނުވިކަން.
އިދުރީޒް
04 February 2025
އިންސާފު ދެއްވާށީ! އާމީން!