ޚަބަރު / މީހުން މެރުން

އަނަސްގެ މަރު: ދައުވާ ލިބޭ މީހުންގެ ބަންދާ ގުޅޭ މައްސަލައިގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން މިއަދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި.

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުމުގެ އިސްތިއުނާފު މައްސަލައިގެ މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވި ނިންމާލައިފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ކޮށްފައިވެ އެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުނު ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.

ސުޕްރީމް ކޯޓުން އޭރު ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުން އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އެންގި އެވެ.

ނަމަވެސް ދެވަނަ ފަހަރަށް މިދިޔަ މަހު ހައި ކޯޓުން އަނެއްކާވެސް ނިންމީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ އެ މީހުން އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުރަވެވޭ ފަދަ ތަފްސީލެއް ދައުލަތެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންވެ، ދައުލަތުން ވަނީ ހައި ކޯޓުގެ އެ ނިންމުން އަނެއްކާވެސް ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފަ އެވެ. އެ މައްސަލައިގައި މިދިޔަ ހަފުތާ ބޭއްވި ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައިރު، ދައުލަތުން އެދުނީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށް، އެ މީހުންނަކީ ބަންދުގައި ތިބެންޖެހޭ ފަދަ ހާލަތެއްގައި ތިބި ބައެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ އަޑުއެހުމުގައި ދައުވާލިބޭ މީހުން ޖަވާބުދާރީވެފައެއް ނުވެ އެވެ. ދެ މީހަކު ވަނީ މައްސަލައިގައި ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށް ބުނެފަ އެވެ. އަދި ތިން މީހަކު ވަކީލަކު ހޯދަން ފުރުސަތަކަށް އެދުނުއިރު، އަނެއް މީހާ ވަނީ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތަށް އެދިފަ އެވެ. އެހެންވެ، ދައުވާލިބޭ މީހުން ޖަވާބުދާރީވާން އިތުރު އަޑުއެހުމެއް ބާއްވަން ނިންމައި، އެ އަޑުއެހުން ނިންމާލި އެވެ.

މިއަދު މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވިއިރު، އުސްމާންގެ ވަކީލަކު އައްޔަންކުރީ އިއްޔެ އެވެ. އޭނާ ވަނީ މައްސަލައިގެ ލިޔުންތައް އަދި ނުލިބޭތީ ޖަވާބުދާރީ މިއަދު ނުވެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ސުޖޫން ވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަކީލަކު އައްޔަންކުރަން ފުރުސަތުދީ، އޭގެ ފަހުން ހަފުތާއެއް ފަހުން އަޑުއެހުން ތާވަލުކުރި ކަން ފާހަގަކުރައްވައިފަ އެވެ.

އުސްމާން ބުނީ އޭނާއަށް ވަކީލަކު އައްޔަން ކުރުން ލަސްވެގެން ދިޔައީ މާލީ ދަތިކަމާ ހުރެ ކަމަށެވެ. ފަނޑިޔާރު އެކަން ބަލައިގަނެ، އޭނާއަށް އިތުރު ފުރުސަތެއް ދެއްވި އެވެ. މަހުފޫޒުގެ ވަކީލަކު އައްޔަންކޮށްފައިވާއިރު، އޭނާ މާލޭގައި ނޫޅޭ ކަމަށް ބުނެ މިއަދު ސިޓީއެއް ފޮނުވައިފައިވެ އެވެ. ނަމަވެސް، އެކަން ކޮށްފައިވަނީ އިިޖުރާއަތާ އެއްގޮތަށް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ނިންމަން ޖެހޭ ގާނޫނީ މުއްދަތު މިހާރު ވެސް ފަހަނާޅައި ގޮސްފައިވާ ކަމަށާއި އެހެންކަމުން ދައުވާ ލިބޭ މީހުން ޖަވާބުދާރީވާން ދެން ދެވޭނީ އެންމެ ފުރުސަތެއް ކަމަށެވެ. އެކަމަށް މާދަމާއަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

އެ އަޑުއެހުމުގައި އެއްވެސް ބަހަނާއަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

5 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަރުތަ

15 June 2025

އަނަސް މަރުވިކަން ސާބިތު ވެއްޖެބާ!؟ ކުޅަދާނަބައެއް އުތަ..................

The name is already taken The name is available. Register?

ކޯޓު ދިރާސާ

15 June 2025

ޝުޖޫން ކިތައްމަ ބާރަށް ބަހަނާ ނުދެއްކޭނޭ ބުންޏަސް އިސްލާމީ ޝަރީއަތުގައި އޮންނަ ގިސާސްގެ އެންމެ ހުކުމެއްވެސް ޝުޖޫން ނުކުރާނެ. މިހާރު ބެލިޔަސް ވަރިހަމަ، މަރުގެ ކޮންމެ މައްސަލައެއްގައިވެސް ޝުޖޫން އޮންނާނީ ތަފާތު ރައުޔެއް ނެރެފައި. ތިތަނުން ބޭރުކުރަން ޖެހެނީ އަޒްމިރާލްދާއާ މަހާޒްއަކާ ނޫން. ތިތަނުން ބޭރު ކުރަން ޖެހެނީ ޝުޖޫން

The name is already taken The name is available. Register?

ސވލ

15 June 2025

ތިކަންވާނެބާ؟ ކުއްލިއަކަށްއައި ތުރުތުރެއްގެފަހުން ރާއްޖޭގެ ވެރިކަމާއި ޢަދުލުއިންސާފަކީ ގޮތަކަށްހިނގާ ކަމެއްކަމުގައި ބެލެވޭވަރަށް ސުވާލުވަނީ އުފެދިފަ.

The name is already taken The name is available. Register?

އަހުމަދުބޭ

15 June 2025

ފޮޓޯގަނޑަށް ބަލައިލީމާ ލައްކަ އެއްޗެތި އެބަބުނެދޭ، މިކަންކަން ފެންނަބަޔަކު ގައުމުގައި އުޅޭހެނެއް ހިޔެއްނުވޭ، ހެދިފައިގާނޫނުތަކުން މިފަދަ މައްސަތަސް ދިގުލައިގެންގޮސް އަސްލު މައްސަލަތަކުގެ ހަގީގަތް ގާޒީނަށް އޮޅޭހިސާބަށް މިއޮންނަނީ ގޮސްފައި، ކުރަންވީ ކަމަކީ ގައުމީ ކަމެއްގައި ގޮތުގައި އެންމެން ނުކުމެ ގާނޫނުތަށް ހަރުދަނާކޮއް، ހިއުމަން ރައިޓްސްއާއި އަދި މިފަދަކަންކަން ހުއްޓުވުމަށް ހުރަސްއަޅައި އެންމެހައި މުއާހަދާއިން ނުކުމެ ގައުމު ހަމަޔަކަށްއަޅުވަން

The name is already taken The name is available. Register?

ބުހުތާނު

15 June 2025

ނުދާނެ ކުރިއަކަށް.. ބޯދިގުކޮށްފަ ތިބި ޒުވާނުން ތިބިއްޔާ ތިކަމާ ނޫޅުން ރަނގަޅީ.. ކޯޓުވެސް މިއޮތީ ހައިޖެކް ކޮށްފަ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454