ސީޕްލޭން ޓާމިނަލުން ފޮށިގަނޑެއް ވަގަށް ނަގައިގެން ހޯދަމުން އަންނަ މީހާ.-- ފޮޓޯ: ޕޮލިސް
05 ފެބުރުއަރީ 2025 - 14:27
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ކައުންޓަރު ކައިރީގައި ހުރި ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ވަނީ އެ މީހާ ފޮށިގަނޑު ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު މިއަދު އާންމުކޮށް، އެ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ބުނީ އެ ވީޑިއޯގައި ފެންނަ މީހާ އަކީ އެއާޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރާ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއް ކަމަށާއި އެކަން ހިނގާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އޭނާ ހޯދަން އިއުލާންކުރީ ސީޕްލޭން ޓާމިނަލްގެ ކައުންޓަރު ކައިރީގައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާއަކީ ހޯދަން ބޭނުންވެ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިދިޔަ އަހަރުގެ ނޮވެމްބަރ ގެ 23 ވަނަދުވަހު
06 February 2025
އަވަހޭ ދޯ! ވަގު ހޯދަން، ފުލުހުން ތި ޢިޢުލާން ކުރީ ޑިސެމްބަރު މަހާއި ޖެނުއަރީ މަސް ވެސް ފާއިތުވީ ފަހުންނެވެ. އެމީހާ މިހާރު އޮންނާނީ އެއަށް ހަދާނެ އެއްޗެއް ހަދާފަ އެވެ.
ނަޞްރުﷲ
05 February 2025
އެއާރޕޯރޓް ފަދަ ހައި ސިކިއުރިޓީ ތަންތަނުގެ ސީސީ ކެމެރާތައް ތިހާ ފެންވަރު ދަށް ވާނެކަމަށް ކުރިން ހީވެސް ނުކުރަމެވެ.
ބުރިގޭޑިއަރ
05 February 2025
ކޮބައިހޭ އެސެޓް ސެކިއުރިޓީ....
ފަލަޑޭ
05 February 2025
ކުންފުނީގެ އެމްޑީގެ ވެހިކަލް ވަގައް ނެގި ތަނެއް ތިޔައީ.
ކަންމަތީ ބްރޯ
05 February 2025
ނޫނޭވާ އަދި އަވަސް. ފުލުހުން މަސައްކަތަށް ސާބަސް. މިދިޔަ އަހަރު ނޮވެމްބަރު މަހު ވީކަމެއް. މިހާރު ތި ފޮށިގަނޑު ނެގި މީހާއަށް ވެސް ނޭގޭނެ އޭނައަށް ތި އެއްޗެއް ނެގުނު ކަމެއްވެސް.
އޭނާ.
05 February 2025
އެބުނާހެން އޭނަ މިހާރު ހުންނާނީ ބޮޑުވެ ބުރުސޫރަވެސް ބަދަލުވެފައި
ސެކުއިރިޓީ
05 February 2025
ސެކިއުރިޓީއެއް ނުހުރޭތަ