މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް--
05 ފެބުރުއަރީ 2025 - 14:58
މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާ އަށް ދައުވާ ކޮށްފި އެވެ.
މަޝްއަރު ޓުއާސް އަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ގްރޫޕެއް ކަމަށްވާ އަލް-މަޝްއަރު ހައްޖު އެންޑް އުމްރާ ވެސް ހިންގާ "އަލް-މަޝްއަރު ޕްރައިވެޓް"ގެ ދަށުން އުފައްދާފައިވާ ޓްރެވަލް އެޖެންސީއެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ އަލީ ފާރިޝް އާއި މޫސާ ޔާމީން އެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.
ޕީޖީން ވަނީ އަލީ ފާރިޝްގެ މައްޗަށް ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ ޓެކުމުގެ ދައުވާ އާއި ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
ޓެކުމުގެ ކުށުގެ ދައުވާ ކުރީ ފާރިޝްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މަޝްއަރު ކުންފުނިން އުމްރާއަށް މީހުން ގެންދިޔައީ ހުއްދަ ނުދެނީސް އެކި މީހުން ގާތުގައި އެ ކުންފުނިން އުމްރާ އަށް ގެންގޮސްދިން މައްސަލާގަ އެވެ.
ދިވެހި ފައިސާއާއި ޑޮލަރު ނެގުމަށް ފަހު، އެ މީހުން އުމްރާ އަށް ގެންގޮސްފައި ނުވާއިރު އެ ފައިސާ ވެސް އަނބުރައި ރައްދު ކޮށްފައި ނުވުމަކީ ވެސް ޕީޖީން ބުނިގޮތުގައި ދައުވާކުރި އެއް ސަބަބެވެ.
ފާރިޝް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072ރ. އެވެ. އެ ފައިސާ ދެއްކި މީހުންނަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާރިޝް އަތުން އެ ފައިސާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
އޭނާއަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރީ ކުންފުނީގެ ނަމުގައި ނެގި ފައިސާ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.
ފާރިޝް ލޯންޑާ ކޮށްފައި ވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072ރ. އެވެ.
ޕީޖީން ބުނީ އެއީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ އޭނަގެ މައްޗަށް ތުހުމަތުކުރެވޭ މަޝްއަރު ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންދިއުމަށް ފަހު، އެ މީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައި ނުދީ، އެ މީހުންގެ ފައިސާ އަށް ހިޔާނާތްތެރި ވިބައިގެ ތަހުގީގު ނިންމައި ހުށަހެޅުމުން، އެ އޭނަގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވި އިރު، އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ، ބަޔަކު އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސުވި އެހެން މައްސަލައެއް މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ. އެއީ އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި އުމްރާއަށް ގެންދިޔަ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިއްމާ
06 February 2025
މިޚަބަރު ކިއާލުމުން އިސްލާމިކް މިނިސްޓްރީ އިހުމާލުވެފައި ވާކަމާއި އުމުރާއަށް މީހުން ގެންދިއުމަށް ހުއްދަދިންއިރު ބަލަންޖެހޭވަރަށް ނުބެލުމުގެ ސަބަބުން، ހުއްދަބާތިލް ކުރެވިފައިވާ ފަރާތަށް އަނެއްކާވެސް އާއްމު ރައްޔިތުންނަށް މަކަރުހަދަން ފުރުސަބު ލިބިގެންދިއަކަން އެބައެގެއެވެ.
ކޮމަލިކާ
06 February 2025
މީ ވަރަށް ގިނަ މީހުނަށް ލަނޑުދެމުން ދުވާ މީހެއް.
ސަލީު
06 February 2025
ތިކަމުގެއަޑީގާތިބިބައެއްއެގުނީމާނޫނީސީދާފޮޓޯގައިއިންމީހާއައްއެއްޗެކޭނުބުާނަން
ޒަންޖަބީލު
06 February 2025
ފޮޓޯގަ އެއިނީ އަޑީގަވެސް މަތީގަވެސް ހުރި މިހާ!
ލާދީނީތުބުޅި
06 February 2025
ކޮއްކޮމެންނޭ، ނިތްކުރީގަ ކުރަލާފަ ބޮޑު ތުންބުޅިއެއް ހުއްޓަސް އެއީ އަދި މާ ރަގަޅު މީހެއްކަމަށް ނުދެކޭތި.
ޛސޖސިސި
05 February 2025
ތިކަންވެސް ނުވާ ކަމަކަށްވެގެން ނިމޭނީ.. ތިވެސް ދެން ޓުރެންޑަކަށް ޗާނެ ސްކޭމެއް. 100 މުސްލިމް ގައުމެއް އެކަމަކު 1000 ހެކި އޮތަސް ސާބިތު ނުވޭ ފައިސާ ގެންގުޅޭ ބަޔަކު ނަމަ..
އެދުރުބޭބެ
05 February 2025
ދެން ކީއްވެބާ ޢުމްރާއަށް ގެންދަން ހުއްދަ ދިނީ؟ މަޝްއަރު ޓުއާސް އަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ގްރޫޕެއް ކަމަށްވާ އަލް-މަޝްއަރު ހައްޖު އެންޑް އުމްރާ ވެސް ހިންގާ "އަލް-މަޝްއަރު ޕްރައިވެޓް"ގެ ދަށުން އުފައްދާފައިވާ ޓްރެވަލް އެޖެންސީއެކެވެ.
ޑރ ވާންޗޯ
05 February 2025
ކަލޯގެޔާ ފައިސާފެނުނީމަ ހައްޖެއް އުމުރާއެއް އިހުރާމެއް ވަކިނުވޭދޯ؟.
ނުޖޮރު
05 February 2025
އިހުރާމުގަ ދޯ މިއިންނެވީ
އަހުމަދުބޭ
05 February 2025
މިފަދަ ޖަރީމާތަށް ހިންގާމީހުން ދީނީ އިލްމްވެރިންގެ ތާޖް އަޅައިގެން މުޖުތަމައުގައި އުޅެމުންދާއިރު މިހާރު ކާކަށްތޯ އިހްތިރާމްކޮއް ނުކުރަންވީ؟ މީހަކަށް ކަމެއް ދިމާވެދާނެ އެކަމަކު މިހުންނަނީ ހިތާމަހުރިކަންކަން މިފަދަ އެތަށް ކަމެއްގެ ސަބަބަުން އިލްމުވެރިންގެ ގަދަރު މުޖުތަމައުގައި ކުޑަވެގެން މިދަނީ
އަލް ދުއްތޫރު ބަކުރުބެ
05 February 2025
ބޭރު ފުށުން ދީނުގެ ސިފަ ދައްކައިގެން މަކަރާއި ހީލަތް ހެދުމަކީ އާންމު ކަމެއްް . ސަމާލުވާން ޖެހޭ