06 ފެބުރުއަރީ 2025 - 12:40
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާ އެކު، ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މި އަހަރު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުމުގެ އަމާޒު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އޭގެ ހެޔޮ އަސަރު މިހާރު ވަނީ ދައުލަތުގެ މާލިއްޔަތަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރަން ފަށައިފަ އެވެ.
ނަތީޖާއެއްގެ ގޮތުން، މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިގުތިސާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަސް، ރައީސް ފާހަގަކުރެއްވި ގޮތުގައި، މާލިއްޔަތަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.
"ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބު ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މި ބޮޑު ގައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެއާ އެކު، ދައުލަތުގެ މާލިއްޔާ އިން ކުރަމުންދާ ހަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ އެކު، ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުމެވެ.
"އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުން،" އެ މަނިކުފާނު ހާމަކުރެއްވި އެވެ.
މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓު ވަނީ ޑެފިސިޓްވެފަ އެވެ.
މި އަމާޒު ހާސިލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނުގެނެސް، ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
06 February 2025
ހަރަދު ކުޑަ ކުރެވޡޭނެ އެވެ. މުސާރަ އާ ނުބައްދަލު ބޮޑެތި އަދަު ތަކުން ބޭރު ފައިސާ ގައުމުން ބޭރަށް ފޮނުވާ ބިދޭސީން ގެ އެކައުންޓް ފްރީޒް ކުރަން ވީ އެވެ. ގަވާއިދާ ހިލާފައް ވިޔަފާރި ކުރާ ބިދޭސީން ޑިޕޯޓް ކުރަން ވީ އެވެ.
ނާމިލް
06 February 2025
ޢަން ތިވަރުވާނީ.. ހަގީގަތުގަ ޑެފެސިޓެއްް އޮންނާކަށް ނުޖެހެ. ލިބޭ އެެއްޗަކުން ހަރަދު ކުރަން ޖެހޭނީ.. ސިޔާސީ މީހުން މަދުކޮށްފަ ކޮރަޕްޝަން ނައްތާލީމަ މިހާރު ވެސް މިކަން އެޗީވް ވާނެ.
އާދިލް ހަލީމް
06 February 2025
ރައީސް މުއިއްޒްއަކީ ހަމަ މޮޅު އިކޮނިމިސްޓެއް. ހަމަ ތަފާތު ދައްކަމުން ދަނީ
އަކްރަމް ސައީދު
06 February 2025
ހަރަދު ކުޑަކުރަން މިސަރުކާރުމް ފަށާފައިވާ މަސައްކަތް މިހާރު ދުނިޔޭގެ ބޮޑެތި އިންސްޓިޓިއުޝަންތަކުންވެސް ވަނީ ބަލައިގެންފަ.
ދުވިސައްތަ
06 February 2025
އަމާޒުހިފަނީ ލާހޫރެން.
ކައުންސެލަރު...
06 February 2025
ކަލެއަށް ކޮންކަމެއް؟
ކެކެކެކެކެކެކެކެކެ
06 February 2025
އަމާޒު ހިފި ހިފީނުން 20 ދުވަހުން ހުސްވާ މުސާރަ މިހާރު 7 ދުވަހުން އިންނަނީ ހުސްވެފަ! މިއީ ސިގިރެޓް ހުއްޓާލާފަ ދެއިރު ކައިގެން ލަގުޒަރީ 3 ކޮޓަރި އެޕާޓަކުން އާދައިގެ 1 ކޮޓަރި އެޕާޓަކަށް ބަދަލުވެގެން ވާވަރު! ލިބުނު ފުލެޓުގަނޑު ވެސް ލިބޭނީ ހަމަ މިދެނީ ހަފުތާ ނިމޭދުވަހު ކުރީ ދުވަހު އަހަރު ފެށޭ މަހުގެ ކުރީމަހު!
ޚަރަދުގެ ބޭސިކް
06 February 2025
އާމްދަނީ އަށްވުރެ ޚަރަދު ބޮޑުނުކުރުން. ޚަރަދު ބޮޑުވަންޏާ އިންކަމް އިތުރުކުރުން. އެކަމު، ހުރިހާ އެސެޓުތަކުން ފައިސާ ހޯދުމުގެ ބަދަލުގައި ހަމަ ދަނީ ޗޮކުހުން. ފައިސާ ލިބޭނެ ގޮތްތަކެއް ނުހެދޭ. އަނެއްކާ މުސާރަ ބޮޑުކުރާވާހަކަ. ތަކެތީގެ އަގު އުފުލޭނެ. ޤައުމިއްޔަތުގެ ވާހަކަ ހިފައިގެންދާ މުވައްޒަފަށް ދެނީ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު. ޚަރަދު ކުޑަކުރާ ޕްލޭން ހިފައިގެން ދިޔައީމަ ދެނީ ފުރަގަސް. ދެން އެކަމު ހާދަ ދެރައޭ ވާޙަކަ ދިމާނުވާތީ އަމަލާ.
ޙގހގހ
06 February 2025
ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާ! މި 4 އަހަރު، އަހަރަކު 2000 ރުފިޔާ އިތުރުކޮށްލަދެއްވާ. ވަކި މަގާމަކަށް ބޮޑުނުވާގޮތަށް އަދި ވަކި މަގާމަކަށް ދަށް ނުވާ ގޮތަށް. އޭރުން ގައުމުގެ އާބާދީގެ %80 އަށް ތަނަވަސްކަން އިތުރުވީ. ދައުލަތެއް ރައްޔިތުން ގެންނަނީ އެހުރިހާ ރައްޔިތުންނަށް ތަނަވަސްކަމާ ފާގަތި ދުވަސްތަކަކަށް އުއްމީދުކޮށްގެން. މަގުހަދާ ބަނދަރު ބޮޑުކުރުމުން ތަނަވަހެއްނުވޭ. ތަނަވަސްކަން ލިބޭނީ ގިނަ އާއިލާތަކެއްގެ އާމްދަނީ އިތުރުވުމުން..
ދޮހުއްތު
06 February 2025
އަމާޒުހިފަނީ، ދަނީ، ކަނީ، ބޮނީ، އަންނަނީ އަންނަނީ..............
ޢަލްޓިކޯ
06 February 2025
މަޑު ކޮށްލާ 3 އަހަރުފަހުން އަމާޒު އަރާހަމަކުރާނެ..