ހުޅުމާލެ 2 ގައި ސްޓެލްކޯގެ ފްލެޓްތައް.-- ފޮޓޯ: މިހާރު
10 ފެބުރުއަރީ 2025 - 17:15
ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު، އެ މީހާ ވެއްޓިފައި އޮއްވައި ފެނުނީ މިއަދު ވަރަށް ލަސްވި ފަހުން ހަވީރު ކަމަށް އެނގިފައި ވެ އެވެ.
އުމުރުން 31 އަހަރުގެ ދިވެހި ފިރިހެންމީހާ ވެއްޓުނީ ސްޓެލްކޯ ފްލެޓު އިމާރާތުގެ 12 ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީންނެވެ.
ފުލުހުން ބުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ނަމަވެސް ފުލުހުން ބުނީ އެ މީހާ މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަކުވާ
11 February 2025
އެކަކުއަނެކަށް ސަލާމް ފޮނުވާ، ލޯބީގެ މެސެޖް ފޮނުވަން އަވަސްވެގަންނަން ވެސް އެންމެ ރަނގަޅީ ހަމަ މިކަހަލކަ ފުރުޞަތުގެ ތެރެއިން ދޯ؟؟؟
ބަބޫ
10 February 2025
ވެއްޓުނު މީހާ ވެެއްޓުނު ސަބަބު ތަހުގީގު ނުކޮށް މަރުވި ސަބަބު ތަހުގީކު ކުރަނީމި. މަރުހެ މަލާއިކަތާ މަރު ހިއްޕެވީމަ އެމަރު ވީ. ތަހުގީގު ނިމުނީ.
ޓޫޕީސް69
10 February 2025
އަޅުގަނޑުގެ ސައިކަލް ރޯވި މައްސަލަވެސް ތަހުގީގުކޮށް އަދިވެސް ނުނިމޭތާ 8 މަސް ވެއްޖެ! ސާބަސް، ފުލުހުން ސިފައިންނަށް ކަމެއް ނުވާއިރު ފުލެޓާ އޭތިމީތި ދޭތި. ވާކަމެއް ހަތްހަރާމުން ހަރާމް.
ކޮވިޑު ވެކްސިން
10 February 2025
ކޮވިޑުވެކްސިންގެ ސަބަބުން އެތައްބަޔަކު ހާރޓް އެޓޭކް، ސްޓްރޯކު، ބޫސްޓަރ ކެންސަރ ޖެހިގެން މަރުވެގެންދޭ. ޢެމެރިކާގައި ފައިޒަރ މޮޑަނާ ޖ ޖ އަދި ބިގު ފާރމަރ އާ ދެ ކޮޅަށް ނިކުމެއްޖެ. ޢޭގެ އެތް ފިޔަވަޅު ޑަބުލިއު އެޗް އޯ އިން ވަކިވިން . ޑަބުލިއު އެޗް އޯ އަކީ ބިގު ފާރމާގެ ޕަޕެޓެއް. ޢެމީހުން ލާރިއަޅާތި.
ކޮރަލް
10 February 2025
ފުލުހުން ބުނީ އެ މީހާ މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީޑިޔާ އިން ނުގުޅިއަސް ތަހުގީގު ކޮށްފަ އިތުރު މައުލޫމާތު ދީބަލާށެވެ.
އޮނަރަބްލް އަފީފު ދީދީ
10 February 2025
نَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. .. އިމާރާތްކުރުމުގައި ފަރުވާކުޑަވުމާއި، ޒިންމާދާރުފަރާތެއްނެތި މިފަދަ މިސައްކަތުގެ މާހައުލު ނުބެލެހެއްޓުމުގެ ސަބަބުން އަދި ބިންޑިންގ ކޯޑްތަކާއި ޙިލާފަށް މަސައްކުރާ ފަރާތްތަކާއި އިމާރާތުގެ މަސައްކަތް ފުރިހަމަނުކޮށް ހުރި އިމާރާތްތަކުގައި ދިއުޅުމަށްހުއްދަކޮށް ޔޫޓިލިޓީޒް ހިދުމަތްދީ އެތަންތަން ކުއްޔަށްދީފައި ހުރި އެތައްއިމާރާތެއްގެ ބެލްކަނި އަދި ލިފްޓްގޮޅި ހުރިގޮތުގެ ސަބަބުން އެތައް ބަޔަކު ވެއްޓި މަރުވެއްޖެ.
ބާބް
10 February 2025
ކަލެޔަށް ކޯއްޗެއް އެނގިގެންތަ ރޯނު އެދުރު ހާސަރު ދަމަން ތިފެށީ. ސްޓެލްކޯ ފްލެޓް އިމާރާތްކޮށްފައި ހުންނަ ގޮތް އެނގޭތަ. މީހަކު ކޮށްފާލިޔަސް އަމިއްލަޔަށް ފުންމާލިޔަސް ކަންކަން ހިގިގޮތެއް ނޭނގޭހައި އިރަކު ކިޔާނީ ވެއްޓުނީ ކަމަށް. ދެންކަލޭ ކަހަލަ ރޮނގާލީން އެކްޓިވް ވާން ފަށާނެ.
އޮނަރަބްލް
10 February 2025
އޮނަރަބަލް ކިޔައިފިއްޔާ އޯކޭވާނެ އަލިފާނެއް ފެނެއް ވަކިނުވިޔަސް، ކޮމެންޓްކޮށްފަ ބަހައްޓާ.
ރޯނު އަފީފް
10 February 2025
ނޭނގޭ އެއްކަމެއްވެސް ނެތް އެނގޭ އެއްކަމެއް ވެސް ނެތް. އަދިވެސް 5 ކުޅަނދު މަދު މީހުން އެބަ އުޅޭ. ޚަބަރު ކިޔާލިންތަ ނޫނީ ތަން ދުށިންތަ? ބެލްކަނި އިރައިގެން ނޫނީ ބިންދައިގެން ގޮސް ވެއްޓުނީތަ ފެންވަރުގެ ވާހަކަ ތިޔަ ދައްކަނީ މާ އޮނަރަބަލް ވެގެން.
އޮނަރަބްލް އަފީފު ދީދީ
10 February 2025
އިދިކީލި ކޮމަންޓްކުރި އެންމެ ބޭފުޅުން އަލުން އަޅުގަނޑުގެ ކޮމަންޓް ކިޔާލާނެ ކަމަށް ހީކުރަން. ކޮމަންޓްގައި ޖަހާފައިވަނީ ސްޓެލްކޯ އާއި ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ ޓަވަރު ތަކުގައި ހުރި މައްސަލަތަކެއްގެ ވާހަކަ ނޫންކަމާއި، އެއީ ކ.މާލެ އާއި ހުޅުމާލޭގައި ހަދާފައިހުރި ބައެއް އިމާރާތް ތަކުގެ ޙާލަތުގެ ވާހަކަ ކަން އޭރުން ފަހުން ވެދާނެ. ހުރިހާ ކުދިންނަށް ސަލާމް.
ޏަޗްމް
11 February 2025
އަފީފުމެން މުޅިން އެހެން ވާހަކައެއް ލިޔެގެން މޮޅު ކޮމެންޓްކުރެވޭތޯ އުޅެނީ.