ފުލުހުންގެ މައި އިދާރާ: ސްޓެލްކޯގެ ފްލެޓަކުން ވެއްޓުނު މީހާގެ މަރުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން.
10 ފެބުރުއަރީ 2025 - 18:19
ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ މަތިން ވެއްޓި މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނުނު މީހާގެ ފޮޓޯ އާއި އެ ހާދިސާގެ މަންޒަރުތައް އާންމު ނުކުރަން ފުލުހުން އިލްތިމާސް ކޮށްފި އެވެ.
"މީހާ ނިޔާވުމުން އާއިލާ އަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް މި ހިދުމަތުން އިލްތިމާސް ކުރަމެވެ،" ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
ސްޓެލްކޯ ފްލެޓް އިމާރާތުގެ 12 ވަނަ ފްލޯގެ ބެލްކަނިން ވެއްޓި މަރުވެފައި އޮއްވައި ފެނުނީ ހ. ގިނިރާހިއާގޭ އިބްރާހިމް ޝަރީފު، 31، އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އެ އިމާރާތުން ވެއްޓުނީ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު، ޝަރީފުގެ ހަށިގަނޑު ފެނުނީ މިއަދު ވަރަށް ލަސްވި ފަހުން ހަވީރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ، އޭނާ ވެއްޓިފައި އޮއްވައި ފެނުނީ ސްޓެލްކޯ ޓަވަރު ސީގެ ބިއްދޮށް ފަޅިން ކަމަށެވެ. ޝަރީފުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
10 February 2025
އެހެން ވެއްޖެއްޔަ ފުލުހުން ރައްޔިތުންނަށް ހާމަކޮށްދީބަލަ ޕޮލިސް ފްލެޓްތަކުގެ ކޮރަޕްޝަންގެ ފޮޓޯތަކާއި ލިޔުންތައް. އެކަމެއްވެސް ވަނީކީއެއްނޫނޭ. ގައިމު އެއީ ޕޮލިސް ތެރޭގައި ހިނގާފައިވާ ކަމެއް. އެކަން ހާމަނުކޮށްދެވޭ ބަޔަކަށް ދެން ކޮންކަމެއް ތޯ ހާމަކޮށްދެވޭނީ؟ ރައްޔިތުން ކަމެއް ހާމަކުރިޔަސް ފުލުހުންނަށް ހަޖަމެއްވަނީކީއެއް ނޫނޭ. ކިހާ ދެރަކަމެއް މިއީ.