ފ. އަތޮޅުގެ މަޝްރޫއާ ދެކޮޅަށް ބިލެއްފަހީގައި ޝުއޫރު ފާޅުކޮށް، ބެނާ ދަމާފައި: މިގޮތަށް ޝުއޫރުފާޅުކުރުންތައް ހުއްޓުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުންފާޅުކޮށްފައި. -- ފޮޓޯ/ ޓްވިޓާ
12 މާޗް 2017 - 14:33
ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކާލަން އުޅޭތީ، އެކަމާ ދެކޮޅު ހަދާ އެންމެންނަށް ބިރުދައްކައި، ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނުު ނޫސްބަޔާނެއްގައި ބުނީ ފ. އަތޮޅާ ގުޅޭގޮތުން މައުލޫމާތު ހާމަކުރަމުންދާ މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ސަރުކާރުން ފުރައްސާރަ ކުރަމުންދާ ކަމަށެވެ. ފ. އަތޮޅާ ގުޅޭ ވާހަކަފުޅެއް ރައީސް އަބްދުﷲ ޔާމީން ހާމަކުރައްވައި، ސަރުކާރުގެ އެކިއެކި ފަރާތްތަކުން އެ ވާހަކަ ދައްކަމުންދާއިރު ވެސް، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފ. އަތޮޅުގެ ރައްޔިތުންނަށް ހިއްސާކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ފާހަގަކުރި ގޮތުގައި ފ. އަތޮޅު ވިއްކާލަން ދެކޮޅު ހެދުމުން، ރާއްޖެ ޓީވީގެ ނޫސްވެރިން ޕޮލިހަށް ހާޒިރުކޮށް، ކުއްލި ގޮތަކަށް އެ ސްޓޭޝަން ޖޫރިމަނާކޮށް، ސޯޝަލް މީޑީއާގައި ހަރަކާތްތެރިވާ ޝައްމޫން ޖަލީލް (ލޫކަސް) އާއި ތޮއްޔިބް ޝަހީމް ޕޮލިހަށް ހާޒިރުކޮށް ތިން މަސް ދުވަހަށް ފޯނު ވަނީ ހިފަހައްޓައިފަ އެވެ. އަދި ށ. ބިލެތްފަހީގައި، އެމްޑީޕީ އަށް ނިސްބަތްވާ މީހުން ޕޮލިހަށް ހާޒިރުކޮށް، ފ. އަތޮޅާ ބެހޭ ވާހަކަ ނުދައްކަން ސޮއިކުރުވުމާއި ހއ. ދިއްދޫގެ އެމްޑީޕީގެ އިސްވެރިން ހާޒިރުކޮށް ފ. އަތޮޅުގެ ވާހަކަ ދައްކައި ލިޔުންތައް ޝާއިއުކޮށްގެން ނުވާނެ ކަމަށް އިންޒާރު ދިނުމަކީ ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގަށް ފާޅުކަންބޮޑު ގޮތެއްގައި އަރައިގަތުން ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ފ. އަތޮޅުގައި ހިންގަން އުޅޭ ކަންކަމުގެ ވާހަކަ ރައްޔިތުން އިންތިހާބުކޮށްފައިވާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހާމަނުކޮށް، ސިއްރިއްޔާތުގައި ކުރަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމަށެވެ.
"މިފަދަ ގޮތަކަށް މިކަން ހިންގަމުން އަންނައިރު ގާނޫނުއަސާސީން ލިބިދޭ ބާރުގެ ބޭނުންކޮށް ރައްޔިތުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުމުން އެ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާންތައް ނަގައި ހެދުމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގާ ގާނޫނާ ހިލާފު ޖަރީމާއެކެވެ. އަދި ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލިފައިވާ ކަމުގެ ހެއްކެކެވެ،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި ފ. އަތޮޅާ ބެހޭ ގޮތުން ސަރުކާރުން ދައްކާ ވާހަކަ ސާފުވާން ޖެހެ އެވެ. އެ އަތޮޅާ ގުޅޭގޮތުން ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާ އަށް އިތުރުވެފައިވާއިރު، ސަރުކާރުން ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ހަމައެއާއެކު، ރައްޔިތުންގެ ހިޔާލުފާޅުކުރުންތަކަށް އިހްތިރާމްކޮށް، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބެ
13 March 2017
މައުލޫމާތު ނުލިބިގެން މެކަރާކައް ނުވޭ. މިހާރު ދާނީ ނެގޯސިއެޝަން ގެ މަރުހަލާ. އެއަށްފަހު އެ ޕްރޮޖެކްޓް ގައި ސޮއި ކުރާނީ. މި ބެލެވެނީ ސަލްމާން ރަސްގެފާނުގެ ދަތުރުފުޅާއި ގުޅިގެން އެކްނ ވާނެ ކަމައް. އެއައްފަހު ސަރުކާރުން ތި ޕްރޮޖެކްޓްގެ މައުލޫމާތު މީޑިޔާ އަށް އަދި ކޮންމެހެން މުހިންމު ވަނޏާ ފާފު އަތޮލުގެ ރއްޔިތުންނައްވެސް ހިއްސާ ކުރާނެ. އަދި ބިލެއްގެ ގޮތުގައި މަޖްލިސް އަށް ގޮސްގެންނޫން ގޮތަަށް ތި ޕްރޮޖެކްޓް ފައިނަލް ނުވާނެ. ވީމާ ހާސްނުވޭ. ވަގުތު އެބަ އޮތް. މައްސަލަ އަކީ މިގޮތަށް ސަރުކާރަށް ވަގުތު ލިބި މި ޕރޮޖެކްޓް ފައިނަލް ވެއްޖެއީވިއްޔާ ސަރުކާރަށް ބޮޑު ކާމިޔާބީއެއް.. އެސްއީޒެޑް ބިލް ގެ ފައިދާ ފެނުނީ...ޑޮލަރުތައް ރާއްޖޭގައި ފުނި ޖެހުނީ..އެތައް ލައްކަ ވަޒީފާ އުފެދެނެ.. އިގްތިސާދު ހެސްކިޔާފަ ކުރިއަރާނެ .. ދިވެހި ފަސްގަނޑުން އެމްޑީޕީ ސިޔާސީ ގޮތުން ކަފުން ކުރެވޭނެ. ވަރައް ސަލާމް
ޢަލީ
13 March 2017
ޢެމްޑިޕީ އުދަގުލުން މިގައުމް ސަލާމަތްވާނީ ކޮންދުވަހަކުން . ާސަރުކޜުން ކަންކަމް ރައްޔިތުމްނަށް ސާފުކޮއްދީ ދެފުއްފެންނަ ގޮޔަށް ކަންކަން ކުރަން ނުކެރިގެން އުޅެނީކީއްވެބާ
މިލިޓަރީ
12 March 2017
ފާފުއަތޮޅު ތަރައްގީ ވީމަ އެމްޑީޕީ މޭކަރަނީ ޔާމިންއައް ށުކުރިއްޔާ.
މާނު
12 March 2017
ދަންނަން ނަމުގައި ކޮމެންޓް ކުރައްވާ ފައިވާ ފަރާތުގެ އަމިއްލަ މިލްްކު މުދަލުން ބައެއް ނުއަގުގައި ބަންގާޅު މީހަކަށް ޅިޔަންބެ ވިއްކާލާ ފިއްޔާ ކިހިނެއްބާ އަމަލު ކުރާނީ..... ވަރަށް އުފާވާނެތަ؟
ދަންނަން
12 March 2017
ށަވިޔަނި އަތޮޅު ބިލެއްފަހީ މީހުން އުޅެނީ ފާފު އަތޮޅަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާތީވެ އެކަމާއި ޖޭވެގެން ފާފު އަތޮޅަށް އެއިންވެސްޓްމަންޓް އަޔަނުދޭން އެވެ. މީރާއްޖެތެރޭގެ ކަލްޗަރ ކަން މަމެން ދަންނަން ވަރަށް ރަނގަޅަށް ދޯ.
އަހުމަދު
12 March 2017
ރާއްޖެއިން ތަނެއް ވިއްކައިފިނަމަ އެބަޔަކަށް ރަނގަޅު އަދަބެއް ދޭންވާނެއެވެ. މުސްކުޅިވާދުވަހު އަތުވިއަސް އަދަބު ދޭންވާނެއެވެ.
ފަރުޒާނާ
12 March 2017
ތަރައްގިއަށް ހުރަސްއަޅާ ބޭރާ އެތެރޭގެ ވަކިތައް އުފުރާލައި ނެތިކޮށްލަންޖެހޭ. މިހާރު ފެންނަން ހުރީ ކްލޭ ވަކަިތަކެއް. އެއަކީ މާކަ އަސަރެއް ކުރާނެ ވައްކެއްނޫން. ރަގަޅުވާނީ އަގައިންވެސް ނުބުނެ ކުރާ ކަމެއްކޮށް ގެންނަ ތަރއްގީއަށް ގެނައުން.
ވަރަށް ވެދުން
12 March 2017
ރާޢްޖޭގައި ވަޒަންވެރިވެ 1000 އަހަރަށްވެސް އޮންނާނީ އިސްލާމްދީން. މިނޫން ގޮތަކަށް ގެންނަ ތަރައްގީއެއް ބޭނުމެއް ނޫން. އަދި ނުވެސް ގެނެވޭނެ!
އަފިހުން ގޮއްޔެ
12 March 2017
ގެނަޔަކަ ނުވެސް ދޭނަން، ހަމަ ހިލާ އެގޮތަށް އެކަން ކުރާކަށް ފުރުސަތެއްވެސް ނުދޭނަން، ރައްޔިތުން ތަޅާމަރާފަ ތިކަން ކުރުމުގެ ޤާބިލުކަން ހުރިއްޔާ ކުރަންވީ، އެހެން ނޫނީ...............
ޑާރު
12 March 2017
ސައޫދީންނަކީ މުސްލިމުން.
ސިމް
12 March 2017
އަރަބިން ލިޔުނީމަ އެވެރިންނަށް އިގޭނީ
ދިވެހި ރައްޔިތުން
12 March 2017
ލީސް ހޯލްޑަކަސް ފްރީ ހޯލްޑަކަސް، ތެލުލައިގެން ވިޔަސް ރިހަކައްކައިގެން ވިޔަސް އެއްވެސް އަތޮޅެއް އެވެސް ބަޔަކަށް މިލްކު ކޮށްދޭކަށްވެސް އަދި ފަރަންޖީން ވަޒަންވެރި ކުރުވާކަށްސް، އެހެންދީންތައް ގެންނާކަށްވެސް، ދިނުމަށް އަހަރެންގެ ހުއްދައެއް ރުހުމެއް ނޯންނާނެ! ސާފުވެއްޖެތޯ؟
ޢަބްދުﷲނާފިޒު
12 March 2017
އާނ ތިވާހަކަ މިދައްކަނީ، ތަރައްޤީ ބޭނުމޭ އެކަމަކު ޤައުމުން ބައެއް ވިއްކާލާކަށް ހަމަ ހިލާ ޤަބޫލެއް ނުވާނަމޭ، ބާރު އޮތަތީވެ ހިތުހުރި ގޮތެއް ހެދިދާނެ، އެކަމަކު އާރާ ބާރާ ނެތި ދާދުވަހަކީ ކަރުބުޑުގަ ފިސާރި ހިތި ރަހަ ލައްވާލާނެ ދުވަހެއް، އެފަދަ ދުވަހަކަށް ފުރުސަތު ނުދިނުމަށް އެންމެހާ ފަރާތްތަކަށް ހަރު އަޑުން ގޮވާލަމޭ.
ދެންބުނެބަލަ އެއްޗެކޭ.
12 March 2017
ވިއްކާލަން ބޭނުމީ... ހަމަ ވިއްކާނަން....ވިއްކުނު އަގެއްގަ ވިއްކާނީ.... ނުވިކިއްޖިއްޔާ ކުއްޔަށް ދޭނީ.... ކުއްޔަށް ނުދެވިއްޖިއްޔާ ހިލޭ ދޭނީ.. ހަޅެއްލަވަލަވާ ތިބެން ޖެހޭނީ. ޑުވަސްކޮޅަކުން ފ އަތޮޅު ސަރަހއްދު ކަލޯމެންނަށް ދައްކާލާނީ ހިޖާޒް ކަރައިން.