ހޮލީވުޑްގެ އެކްޓަރު ހެރިސަން ފޯޑް.
12 ފެބުރުއަރީ 2025 - 10:45
ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ހެރިސަން ފޯޑް ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކުރަން ނިންމައިފި އެވެ.
އުމުރުން 82 އަހަރު ފޯޑް، ވޯލް ސްޓްރީޓް ޖާނަލް އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ފިލްމު ކުޅުން ހުއްޓާލަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އަހަރެން މިކުރާ މަސައްކަތް ނިންމާލަން ބޭނުން،" ފޯޑް ބުންޏެވެ.
"އަހަރެން ދަތުރުފަތުރު ކުރުމަށް އިތުރު ވަގުތު ހޭދަކުރަން ބޭނުން؛ ގޭގައި އާއިލާއާ އެކު އިތުރު ވަގުތު ހޭދަކުރަން ބޭނުން. އަހަރެންގެ ދިރިއުޅުމުގައި ފިލްމު ކުޅުމުގެ އިތުރުން އެހެން ކަންތައްތައް ވެސް އެބަހުރި."
ފޯޑް ފިލްމު ކުޅުން ހުއްޓާލައި ރިޓަޔާކުރާ ވާހަކަ ދެއްކި އިރު، އަންނަ ހުކުރު ދުވަހު އޭނާގެ އާ ފިލްމު "ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑް" ޕްރިމިއާކުރަން އަންނަނީ ތައްޔާރުވަމުންނެވެ. މިއީ، މާވެލްގެ ފިލްމެއްގައި ފޯޑް މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.
ފޯޑް އަކީ 1973 ވަނަ އަހަރު ނުކުތް "އެމެރިކަން ގްރެފިޓީ" އާއި 1977 ގައި ނުކުތް "ސްޓާ ވޯސް" އަދި 1981 ގައި ނުކުތް "އިންޑިއާނާ ޖޯންސް" ކަހަލަ އޭރުގެ އެންމެ ވަރުގަދަ ފިލްމުތަކުން މަޝްހޫރުވި ތަރިއެކެވެ.
އެކަމަކު، އޭނާ މިފަހުން ކުޅުނު ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. "އިންޑިއާނާ ޖޯންސް"ގެ ފަސްވަނަ ފިލްމު 2023 ވަނަ އަހަރު ގެނެސްދިން އިރު، އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ ވަރަށް ކުޑަ އާމްދަނީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy