ކްރިމިނަލް ކޯޓު: މިދިޔަ އަހަރު ތެރޭ ޑްރަގު މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި
12 ފެބުރުއަރީ 2025 - 13:54
މަސްތުވާތަކެތީގެ މައްސަލަތަކުގައި މިދިޔަ އަހަރުގެ ތެރޭގައި 20 މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ 2024 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން މަސްތުވާތަކެތީގެ 137 މައްސަލައެއް ނިންމި ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އިއުތިރާފުވުމުން ޑްރަގު ކޯޓަށް ފޮނުވުމަށް އަނބުރާ ގެންދިޔަ މައްސަލަތަކާއި ދައުލަތުގެ ފަރާތުން އަނބުރާ ގެންދިޔަ މައްސަލަތައް ވެސް ހިމެނެ އެވެ.
ކޯޓުން ބުނި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޝަރީއަތް ހިންގައި މައުޟޫއީ ގޮތުން ނިންމި މައްސަލަތަކުގެ ތެރެއިން ސާބިތުނުވަނީ އެންމެ ހަތް މައްސަލަ އެވެ. އެހެންކަމުން ހުކުމްކޮށް ނިންމި މައްސަލަތަކުގެ ތެރެއިން 95 ޕަސެންޓަށް ވުރެ ގިނަ މައްސަލަ ސާބިތުވި ކަމަށް ކޯޓުން ބުންޏެވެ.
މިދިޔަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެ 20 މީހަކު އުމުރަށް (25 އަހަރު) ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ. އަދި އެކި މައްސަލަތަކުގައި ހަތް މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އަދި މި މައްސަލަތަކާ ގުޅިގެން 10.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ވެސް ހުކުމް ކޮށްފައިވާކަން އެ ކޯޓުން ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަ
12 February 2025
އުމުރަކަށް ނޫން. ދެން އަންނަ ރިޔާސީ ނުވަތަ މަޖިލިސް އިންތިޙާބާ ޖެހެންދެން
ރާއްޖެ
12 February 2025
މި ގައުމުގަ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރި މީހެއް ދައްކާލަބަލަ. 19 ދިވެހިން ޝަހީދު ކޮއްލި މީހުންވެސް ތިބީ ދޫކޮއްފަ، ދިވެހި އެމްބަސީ ތަކުގަ.
ރާވެރިބެ
12 February 2025
ނޫސްވެރިންނަށް އިލްތިމާސް ކުރަން މިޛަހަބަރުގަ އެވާ އުމުރަށް ޖަލަށްލީ 20 މީހުންގެ ކަންކަން ކުރިޔަށް އޮތް ހަތަރު ނުވަތަ ފަސް އަހަރު ދާގޮތް ބަލާ ފާރަވެރި ވުމަށް. މިހެން ބުނަނީ އުމުރަށް ޖަލަށްލާ މީހުން އަނެއް ދުވަހު މަގު މަތިން ފެންނާތީ. ދެން ތި ޖުރިމާނާ މިލއަންތަކުގެ ވާހަކަ ބާއްވާ! ތިއެއް ނުލިބޭނެ. އަނެއްކާ މިއަހަރު ބަޖެޓު ހަދާ އިރު ލިބެން ހުރި ފައިސާ ތެރޭ މިކަހަލަ ޖުރިމާނާ ހިމަނައިގެން ބަޖެޓް ކޮށްފަ ނުލިބުނަސް ޙަރަދު ކުރަން ނޫޅޭނެ ކަމަށް ހީކުރަން.
ސުޖާބެ
12 February 2025
20ގްރާމް ހަމަ ނުވާ މަޢްސަލަ 100 ކިލޯ އަކާ ހުކުމްއެއްވަރު ،ތިޔަ އަދުލުއިންސާފު އޮތްވަރު ސާފުވޭ. އެއްކަމެއްވެސް ރަނގަޅަށް ނެތެވެ.
މަމަ
12 February 2025
ތިކަން ހައްލުވާނީ އިސްލާމީ ޝަރީއަތް ތަންފީޒް ކުރިދުވަހަކުން. ޑްރަގް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ!!!
އަސްލުތަ22
12 February 2025
މީހަކި ނުމަރަންޏާ އެމޯހަކު މަރަންޖެހޭތަ؟