ބީއެމްއެލް އިން އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
16 ފެބުރުއަރީ 2025 - 22:22
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި، އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް މިރޭ ތައާރަފުކޮށްފި އެވެ.
އެ ބޭންކުން ބުނީ، އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރު ވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމެއް ބީއެމްއެލް އިން ވަނީ ބަހައްޓައިފަ އެވެ، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަކޮށްފައި ވަނީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތަށެވެ. ދެ ވަނަ އޭޓީއެމް ހާއްސަކޮށްފައި ވަނީ ފައިސާ ނެގުމަށެވެ.
ޑޮލަރު އޭޓީއެމްގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، އެއީ އައްޑޫގައި ޑޮލަރު މުއާމަލާތްތަކަށް އިތުރު ވަމުން އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.
އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިރޭ ބޭއްވި ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް
"އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާ އެކު، ބޭންކުން މިދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ، އައްޑު އަށް ޑޮލަރު ހިދުމަތް ތައާރަފްކުރުމާ އެކު، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި އެ ބޭންކުން ދެމުން އަންނަ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 151 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
17 February 2025
މާދަމާ ނުގޮވާތި ތިޔަތަންފަޅާލައިގެން އޭޓީއެމް ގެންގޮސްފިއޭ!
ޢަލީ އިބްރާހީމް
17 February 2025
ތިފަދަ ކަންކަން ކުރާއިރު އެންމެ ގިނަ ރިސޯޓުތައް އޮޕްރޭޓު ކުރާ ސަރަޙައްދުތަކަށްވެސް ިއސްކަން ދިނުންކީއްތޯ. މިރާއްޖޭގައި ކޮންމެ ކަމެއް ކުރިޔަސް ކުރަންޖެހެނީ އައްޑޫއާ ހދ ގައިތޯ. ބައިވަރު ރިސޯޓުތައް އޮތް އަތޮޅުތަކުގެ އެސަރަޙައްދުތަކުގައި ޑޮލަރު އެޓީއެމް ނެތުމުން ވަރަށް ދަތިވޭ
ލީޒާ ޒާހިރު
17 February 2025
މީ އުފާކުރަން ޖެހޭ ކަމެއް. މާލެ ނޫން ހުރިހާ ރަށަކަށް މިކަންކަން ތައަރަފް ވެގެން ދިޔުން.
އަޖުނަދު މުހައްމަދު
17 February 2025
މީ އަހަރުމެން މިބުނާ ތަފާތަކީ. މާލެ ފިޔަވާ 2 ވަނަ ރަށުގަ މި ހުޅުވީ ޑޮލަރ އޭޓީއެމް. ސަރުކާރުގެ ސްޕީޑް ހަމަ ރަނގަޅު.
އައްޑޫ ޕީޕަލްސް
17 February 2025
ޝުކުރިއްޔާ ރައީސް.. ދެން އައްޑޫ މީހުން ނުޖެހޭނެ ބްލެކް މާކެޓުން އަގުބޮޑުކޮށް ޑޮލަރު ގަންނާކަށް... އެމީހަކަށް ފަސޭހަ ގަޑިއެއްގައި ގޮސް ކާޑު ޖަހާފައި އޭޓީއެމުން ޑޮލަރު ނަގަން ވީ ރަސްމީ ރޭޓުގައި...
އެމްޑީޕީ ސަރުކާރު
17 February 2025
އަހަރެމެންގެ ވެރިކަމުގައި އޮންނާނީ އައްޑޫ މީހުންގެ ޖީބާ ސީދާ ސްޓާރލިން ޕައުންޓް ލިބޭ ގޮތް ހަދާފައި. ދެން ކީއްކުރާ ޑޮލަރު އޭޓީއެމް މެޝިންތަކެއް؟ ތަޔައީ ހަމަ ފޯނު ބޫތުހެން، މިހާރު އައްޑޫ މީހުންނަށް ބޭކާރު މެޝިނެއް.
ދ.އަތޮޅު
16 February 2025
ދ.އަތޮޅުގައި 07 ރިސޯޓް އޮޕަރޭޝަންގައި އޮތް އިރުގައިވެސް، ދ. އަތޮޅުގައި ޑޮލަރު އޭޓީއެމްއެއް ނެތް. ޑޮލަރު އޭޓީއެމް ބޭނުންވަނީ މާލެ، އައްޑު އަދި ކ.މާފުއްޓަށް އެކަނިތަ؟
ވަން ޑޮލަރ
16 February 2025
ކަލޯ ހާސްވާނެ ކަމެއް ނެތް؟ ތި މީހުން ގެ ރަށުން ޑޮލަރު މާރުކޮށް ގެން ކުރާނެ ކަމެއް އެބައޮތްބާ؟
ވަން ޕޮއިންޓް ވަން ޑޮލަރ
17 February 2025
ޑޮލަރު މާރުކުރަންޖެހޭތަ؟ ރުފިޔާ ހުއްޓައި ދިވެހިން ޑޮލަރު ބޭނުންވޭތަ؟