އިންޒާރުގެ ފޮޓޯތަކާ އެކު ސިނގިރޭޓް ފޮށިތަކެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު
17 ފެބުރުއަރީ 2025 - 20:34
ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯގެ ގުދަނަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ކޭސްތަކެއް މިރޭ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ، ޔޫރޯގެ ގުދަނަކުން 130 އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓް ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި ފަހުން ވަނީ މާލޭގެ ދެ ބޮންޑެޑްވެއާ ހައުސް އަކުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަނީ ގެއްލިފަ އެވެ. އެ މައްސަލަ ވެސް ކަސްޓަމްސް އާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެެވެ. އަދި ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަންތަނުން ކަސްޓަމްސް އަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީްވިސްނާ ވިސްނާ
18 February 2025
ޔޫރޯ ސްޓޯރ ފަދަ ފުޅާކޮށް ވިޔަފާރިކުރާ ތަނެއްގެ ގުދަން އަދި ފިހާރާގައި ކެމެރައެއް ނެތީ ކީއްވެބާ؟؟
ލޮބުވެތި
18 February 2025
ބޮންދުން ރާއްޖޭގައި ވިއްކުން މަނާ (ދިވެހިން ލޭބަލް ނުޖަހާ) ސިންގިރޭޓު އަގުހެޔޮކޮށް ގަނެެގެން ގެނެސް ވިއްކަނީ ރާއްޖޭގަ ވިއްކުން ހުއްދަ ސިންގިރޭޓު އެއްފަރާތްކޮށްފަ، މިކަމުން ފައިދާވާނީ ދިވެހި ވިޔަފާރި ތަކަށް ތޯ ނުވަތަ ބޮންދުން ވިޔަފާރި ތަކަށް ތޯ؟؟
ކަތްދައްތަ
18 February 2025
ރާކަނިމަސް އެބަ ކެވޭނު ރަގަޅަށް. ގޮތެއް ފޮތެއް ބަލާ ނުލާ ސިގިރޭޓާ ކުޅެގަތްގަތީނުން އާމްދަނީ ދައްވެއްޖެ. ވަގުން ގިނަވެއްޖެ. ސޫމަގުލުކުރުން ހައްދުން ނައްޓައި. ގޮތްނޭގެ ބިޑިސުއްޓާ ދުންފަތް ގައުމުގަ އާންމުވެ އާންމު ސިއްޙަތަށް ސިގިރޭޓުން ލިބެންވީ ގެއްލުމަށްވުރެ އެެތައް ގުނަ ބޮޑަށް ގެއްލުންވާން ފަށައިފި. ކުރިން ދަމާ ސިގިރޭޓަކުން އުމުރުން 5 މިނިޓް ކުރުވާނަމަ މިިހާރު މިދަމާ ބޮޑިވަރުން އެއްޗެއް ދަމާލީމާ އުމުރުން 25 މިނިިޓް ކުރުވާވަރަށް ދިލައެބަ އަރާ.
ބަބްސް
18 February 2025
ދެން އެހާ ދިލަ އަރަންޏާ ނުދަމަންވީނު ...
އެޑިކުޓަޑު
18 February 2025
ދެވިހިފާ މީހާ ހުސްވެފަދޯ؟
ދޮންހުއްތު ބޭގެ ޗޯރޭ
17 February 2025
ދުންފަތަށް ގެނާ އިސްލާހުގެ ފޮނި ނަތީޖާ! ކުރި އަށް ވުރެ ބާރު މިނުގައި ވައްކަން! ނުވަތަ ވަގުންނަށް ހުޅުވާލި ދޮރެއް
ކަޅުހުއްތު
18 February 2025
ދެން ތިބުނަނީ ކަންކަން ރަންގަޅުކުރަން މަސައްކަތް ނުކުރާށޭތަ؟ އެމީހަކު ބޭނުންގޮތަކައް ކަންތައްކުރަން ދޫކޮއްލައިގެންތިބޭށޭތަ؟ ގާނޫނު ތަންފީޒުނުކޮއް ހައްޔަރު ނުކޮން ބައިތިއްބާށޭތް؟ އޭރައްވެސް ސަރުކާރުހާ ގޯސްބަޔަކު ނޫޅޭނެ ބޯހަލާކު މި ދިވެހިންގެ ކޮށިވިސްނުމާ ހެދި އަތުގަ އެއްމެފަހުގެ ފޯނު ވިސްނުން 1600ގަ އަދިވެސް
ޑރ ވާންޗޯ
17 February 2025
އަސްލު ވަގަށްނެގީބާ، ގޭމްޖެއްސީބާ؟
ނަރީނާ
17 February 2025
ތި ކަހަލަ ހަބަރުތައއ ދެން އަބަދުވެސް އިވޭނީ! އެހެންވެ މަ ބުނީ ސިނގިރޭޓާ ނުކުޅޭށޭ! ތި ހުންނަނީ ތިހާ ފަސޭހައިން ނިންމޭ ކަންކމެއް ނޫން! ސިނގިރޭތު ގަންނަ ފައިސާ އާ ގުޅޭނޭ ދަރިފުޅުގެ ބުއްފުޅި ގަންނަން ހުންނަ ރުފިޔާއާވެސް! ނޭވާކުރިއާ ހަމައަށް ފެންނަ ޟީހުނަށް މިހިސާބު ނުފެނިދާނެ! މިހާރުވެސް ސިނގިރޭޓް ސްމަގްލް މާކެޓު ފެށިއްޖެ! އައު ކުށްތަކާއި ގޭންގާއި ވައްކަން އާ އުސްމިންތަކަކަށް ދާތަން ފެންނާނެ
ގަރީނާ
18 February 2025
"އެހެންވެ މަ ބުނީ ސިނގިރޭޓާ ނުކުޅޭށޭ! ތި ހުންނަނީ ތިހާ ފަސޭހައިން ނިންމޭ ކަންކމެއް ނޫން!" ދެން ކަންތައް ކުރަންވީގޮތްވެސް ބުނެދޭންވީއެއނު ތިހާ މޮޅިއްޔާ؟
ކަބަޑު
17 February 2025
މޫނުމަތީ އަގު ކިހާވަރެއްތަ.
ދުއްތޫރު ބަކުރޭ
17 February 2025
ސިގިރޭޓު ކަޅު ބާޒާރު ސަޕްލައި އެންޑް ޑިމާންޑް މައިކްރޯއިކޮނޮމިކްސް . މަސްތުވާތަކެތި ބާޒާރު ހިންގުމަށް ވުރެ އާމްދަނީ ހޯދަން ފަސޭހަ ރައްކާތެރި ގޮތެއް މި ވަނީ ހޯދާފައި .