ޑައިލިސިސް ސެންޓަރު ހެދުމުގެ އެއްބަސްވުމުގައި ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ ހަލީމް (ކ) އަދި މެޑްޓެކްސްގެ ޗެއާމަން ހައިކަލް ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ | ހުޅުމާލެ ހޮސްޕިޓަލް
19 ފެބުރުއަރީ 2025 - 10:40
ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، 90 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމުމުގެ އެއްބަސްވުމުގައި މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި އެކަން ހަވާލުކުރި މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް އަދި މެޑިކޮމްގެ މެނޭޖިން ޑިރެކްޓަރު ޝިވާޒު މޫސާ ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ކޮންމެ ކުންފުންޏަކުން ބަހައްޓާނީ 15 އެނދެވެ.
ޑައިލިސިސް ސެންޓަރު ހަދަން ތިން ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އެއް ފަރާތަކުން ނަން ނެގި އެވެ.
ހޮސްޕިޓަލުން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ސިއްހީ ބޭނުންތައް ފުއްދުމަށްޓަކައި ޑައިލިސިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ. މިއީ، އެކަން ހާސިލްކުރަން ފަށާފައިވާ މަސައްކަތެވެ.
Today, we officially signed the agreement for the establishment of a 30 bed Dialysis Center at HMH! With 90 days of civil works, this project is set to enhance dialysis services to meet the growing healthcare needs of the expanding Hulhumale’ population.#Medtech#Medcom pic.twitter.com/cP6HzfVykG
— Hulhumalé Hospital (@HMH_mv) February 18, 2025
އަހަރެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު ހުރީ ޑައިލިސިސް ހަދަން 10 އެނދެވެ. އެކަމަކު، ކިޑްނީ ބަލީގެ މީހުންނަށް ހާއްސަކޮށްގެން ހަދާ ސެންޓަރު ބޭނުންކުރަން ފެށުމުން، ކުރީގެ ޖާގަ އެހެން ފަރުވާއަކަށް ބޭނުންކުރާނެ އެވެ.
ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް ސަރުކާރުން އެއްވެސް ފައިސާއެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި، މެޑްޓެކަށް ދޭނީ އެ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނާށެވެ. މިއީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އާއްމުކޮށް އަމަލުކުރާ އުސޫލެވެ.
އާ ހިދުމަތްތައް ތައާރަފްކޮށް، ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހިންގާ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި، ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރަމުން އަންނަ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާންބެ
19 February 2025
ހިތަށް އަރަނީ ހަމަ މި ރާއްޖޭގައި ޑައިލައިސިސްދުވާލެއްގެ މައްޗައް އެއްފަހަރާ ހަދާ އެހާ ގިނަ މީހުން އެބަތިބި ބާއޭ. ކޮންމެވެސް ބޭފުޅަކު މި މައުލޫމާތު ހުޅުމާލޭ ހޮސްޕިޓަލުން ހޯދާލުން ރަނގަޅެއްނުން. އެހެން ނޫނަސް ދަޔަލައިސިސް ހަދަން މީހުން ދާނީކީ އެއްފަހަރާ އެއްނޫން.
ކައްތިރިބަަވަނަ
19 February 2025
ތިތަނުން ޑައަލަސިސް ހަދަން ވައްދަން ވާނީ އެންމެފުރަތަމަ ސަރުކާރު. އެއަށްފަހު މެންބަރުން. ދެން ގައުމު ހަމަޔަކަށް އެޅޭނީ އަދި.
އދރ1
19 February 2025
ފޭަސް 1 ގެ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ އިމާރާތެއްގައި ތިތަން ނުހަދާނެ ކަމަށް އުއްމީދުކުރަން . ކިޑްނީގެ ބަލިމީހުންނަކީ ދިފާއީ ނިޒާމްވެސް ވަރަށް ދެރަބައެއް . އަބަދު ހިރަފުހާއި ސިމެންތިން ވައި ނުސާފުވެފޢި އޮންނަ ތަނެއް އެއީ
ރަމްލާ
19 February 2025
އަބަދުވެސް މިސަރުކާރުން އިވޭއަޑަކީ ކުރަނީ އަޅަނީ ފެށެނީ ހަމަޖެހެނީ. ނަތީޖާއެއް ނުފެނޭ ދޮޅުއަހަރު މިިހާރު ސަރުކާރަށް މިވަނީ މީ ވަރައް ދެރަކަމެއް.
ފެކްޓްް
19 February 2025
މިވެރިކަމުގެ ޚުލާސާ: 2026 އަންނަނީ ހަދަނީ ފެށެނީ 2027 އަންނަނީ ހަދަނީ ފެށެނީ 2028 ދެވަނަ ދައުރެއް ލިބިއްޖެއްޔާ އަންނަނީ ހަދަނީ ފެށެނީ.
ޑޮކްޓާރ. ބަނާނާ
19 February 2025
މިއީ އުފާވެރި ޙަބަރެއް! ޝުކުރިއްޔާ ހުަޅުމާލެ ޓާޝަރީ ހޮސްޕިޓަލް! ޝުކުރިއްޔާ މރ. ޕްރެޒިޑެންޓް!