ފެމިލީ ކޯޓު: އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުގައި އެބަ އޮތް ކަމަށް ފެމެލީ ކޯޓުން ބުނި - ފޮޓޯ: މިހާރު
19 ފެބުރުއަރީ 2025 - 13:47
އެއް އަންހެނަކު ކޯޓުގައި ރަޖިސްޓަރީ ކުރުމެއް ނެތި ތިން ކައިވެންޏެއް ކުރުމުގެ ސަބަބުން އެ މީހާގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުތަކުގައި އެބައޮތް ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ދަރިންނަށް ހަރަދު ނުދީ، ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެނިތައް ކުރާ މައްސަލަތަކާއި ރަޖިސްޓަރީނުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށް އުޅޭ މައްސަލަތައް ފާހަގަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެ ކަންބޮޑުވުންތަކާ އެކު، ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ކޮމިޓީގައި ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނި ރަޖިސްޓަރީނުކޮށް ތިބުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންކަން ހިނގާފައި އެބަހުރި ކަމަށެވެ.
"އެއް އަންހެނަކު ތިން ފިރިން ތިބި މައްސަލައެއް. އެއް އަންހެނެއްގެ ތިން ފިރިން އެބަތިބި. މި ކަހަލަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެކަން ހިނގާފައިވާ ގޮތުގެ ތަފުސީލު ދެއްވަމުން މައުސޫމް ވިދާޅުވި ގޮތުގައި، އަންހެންމީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކޮށް، އެ ކައިވެނި ރާއްޖޭގައި ރަޖިސްޓަރީ ކުރެވެން ނެތުމުން އަމިއްލަ އަމިއްލަ އަށް އެ ކައިވެނި ދޫކޮށްލީ އެވެ.
އެ އަށް ފަހު ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެންޏެއް ކުރީ ކަމަށާއި އެ ކައިވެނި ރަޖިސްޓަރީ ކުރަން ކޯޓަށް ދިޔައިރު، ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް ވެސް ކޯޓުގައި ހުރި ކަމަށް މައުސޫމް ވިދާޅުވި އެވެ. އެ ދެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅެނީސް އިތުރު ކައިވެންޏެއް ފަހުން އެ އަންހެން މީހާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ އަޅުގަނޑުމެންގެ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް. ނޭދެވޭ ވަރަށް ގިނަ ކަންކަން ނުކުމެދާނެ ކަމެއް. އެހެންވީމާ މިއީ ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމެއް،" ލީގަލް އޮފިސަރު މައުސޫމް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. އނާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ކައިވެންޏެއް ކުރާ ނަމަ ފެމިލީ ކޯޓުގެ ހުއްދައެއް ނަގަން ޖެހޭއިރު އެ ހުއްދަތައް ގިނަ މީހުން ނުނަގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭ ޝިމްސް
21 February 2025
ކަމަކު ނުދޭ. ތި ވަރު ވާއިރު ކޯޓުގެ ބެލެނިވެރި ފަރާތް ވެސް ޖެހޭނެ ދޯ މައްސަލަ ހައްލު ކުރަން. ކީއްކުރާނީ ކ.ރެޖް ޒިންމާ ދާރު ކުރުވުން ނޫން ގޮތެއް ނެތް. ބޮއްސުން ލާފަ ތި އޮތީ ތި ކަމެއް ކޮއްދޭ ފެމިލީ ކޯޓުގެ ބައި
މޫސުމީ ރޯގާ ސިމާއު
20 February 2025
ފޭކު ނަން ނަމުގައި ކޮމެންޓޤ ނުކޮށް އަމިއްލަ ނަމުގައި ކޮމެންޓް ކޮއްލަބަ ކޯޓު މުވައްޒަފުން. މި މައްސަލަ ބަލަން ޖެހޭ
މާނުބެ
20 February 2025
މާލެ ހެންވޭރު ކޮޅުގަ އުނދުން ރޯކޮއްފަ މާފަނުގަ ކޮޅުގައިން ބަތްތެލި(އުނދުން ނުޖަހާ) ކެކޭނެބާ؟
އައއްޔ
20 February 2025
ކާވެނިކޮށްދިނުން ފަސޭހަ ކޮށްދެންވީ. މިތަނުން ކާވެނިކުރަން ހުރަސްއެޅީމަ ބޭރަށަތަންތަނަށްގޮސް އެހެން ގޮތްގޮަތައް ކާވެނިކުރަނީ
އައްދޮ
20 February 2025
އަވަށްޓެރި ޤައުމެއްގަ ކައިވެނިކޮށް ރަޖިސްޓަރީ ކުރަން މީގެ ފަސް އަހަރު ކުރިން ކޯޓަށް ދިޔުމުން ބުނީ ފިރިމީހާގެ ދަރިއަކަށް ޚަރަދު ނުދޭމައްސަލައެއް އޮތްކަމަށާއި ކައިވެނި ރަޖިސްޓަރީ ކުރެވޭނީ އެ ފައިސާ ދެއްކުމުން ކަމަށް. ފިރިމީހާއަށް ފައިސާ ދެއްކޭނެގޮތެއް ނުވި. ދެމީހުން މައްސަލަޖެހި ދެރަށުގަ އުޅެމުންދަނީ. ކައިވެނި ރަޖިސްޓަރީ ނުވެ އޮތުމުން ވަރިވެސް ނުވެވި އަންހެންމީހާއަށް އެހެން މީހަކާ ކައިވެނި ކުރެވޭނެ ގޮތެއްނެތި އުޅޭތާ މިހާރު ހަތަރު އަހަރުވެއްޖެ.
އަންދަލޫސިޔާ
20 February 2025
ބޭރަށް ކައިވެނިކުރަން މިހާރަކަށް އައިސް އެބަދޭ ބަނޑުބޮޑުވީމާ. ދެން، ކޯޓުން ކިހިނެތްތޯ 4 މަސް ނުވާ ކައިވެންޏެއްގައި ހުރި މީހަކު ބަނޑަށް 8 މަސް ވީމާ ކައިވެނި ރަޖިސްޓްރީ ކުރާނީ؟ ކޯޓު ކުއްވެރިކުރަންވީ ކީއްވެތޯ؟
އެކޮއި
20 February 2025
މިޤައުމުގެ ކޯޓުތަކުގައި ތިބޭމހުން ބައެއްފަހަރު ކައިވެނިކުރަންބޭނުންވާ މީހުންނަށް ވަރަށްގިނަ އުނދަގުލާއި ތުރާތައްޖައްސުވާ. މިކަމުގެ ސަބަބުން މިކަހަލަ ނޭދެވޭ ކިތަންމެކަމެއް ހިނގާ. ކައިވެނިފޯމުލައިގެން 7 ދުވަސް ނުވަންޏާ ކައިވެނިކޮށްނުދެވޭ. އެއީ ކޮންމެހެންވެސް ހަމަކުރަންޖެހޭ މުއްދަތެއް. ވަރިސާބިތުކުރަން ދިޔަޔަސް އެހާ ނުހޮރޮއްޕާން ޖައްސުވާ. މިހެންގޮސް އެތައްކަންތަކެއް އެބަހުރި. ދެންމިޖެހެނީ ރާއްޖެއިން ބޭރުން ކައިވެނުކުރަން. ދެންނުކުންނަ ނަތީޖާ މާ ހިތި
ނިއުސާ
20 February 2025
ތީ ކަނޑަ އެޅިގެން ދޮގެއް. މަ ކުރިން ހަމަ ހަތް ދުވަސއ ނުވަނީސް. ސިޓީ ލާފަ މައުލޫމާތު ކަށަވަރު ކުރަން ގެންދިޔާމަ ވާހަކަ ދަެްކައިގެން އަބަހަށް ކުރިން
އަސްލު......
20 February 2025
ކައިވެނި ރަޖިސްޓްރީކޮށް ބަލަހައްޓާފައި ނުވާކަން ސާބިތުބާ ކަމެއް، އެއްވެސް ކަމެއްނެތޭ ރަގަޅަށް ކުރެވިފަ ހަމަ ހައިރާންވޭ. ރަޖިސްޓްރީ ކޮށް ބެލެހެއްޓިނަމަ ދެވަނަކައިވެނި ކުރަން ހުށައަޅީމަ އެގެންވާނެ، ކައިވެނި ކޮށްދޭ އޮފީހުން ތިވާހަކަ ބުނެދިނީމަ އަދި މާ ހަޑި، ހުރި ނާގާބިލުކަން ތި ދެއްކުނީ،
ބޭސް ދަތިކުރި ސަރުކާރު އައުޓް
20 February 2025
ފޯރި އަރުވާފަ މީހުންތައް މިލުމަށް ކޮމެންޓުކޮއް ނުވިތާކަށް ފޭސއބުކްގައި ލިޔާއިރު އިގޭތަ މިގައުމުން ބައެއް ރައްޔިތުން ދާއިމީކޮއް ކާންޖެހޭ ބޭސް މިހާރު ނުލިބޭކަން؟؟؟ އެކަން މާ ބޮޑޭ އަހަރުންނަށް.
މާބުޅާ
20 February 2025
އޭ ބަލަ ބޭފުޅާ.. މިލިޔުމުގަ އޮތީ ބޭހުގެ ވާހަކައެއް ނޫން..ބޭހުގެ ވާހަކަ އަބަދުވެސް ދައްކާކަން މި ނޫހުގަ ދުވަސް ދުވަހުން ޝާއިއުކުރާ ބޭހާ ގުޅޭ ލިޔުންތަކުން ފެންނާނެ. މިވެސް ކަންބޮޑުވާ މައްސަލައަކަށް ވީމަ ކޮމެންޓުކުރަނީ.
ކަލޭނޭ ހޭބަލި ވެދާނޭ
20 February 2025
ސާބަހޭ ސާބަހޭ ދިވެހިން. އަންހެނެއްގެ ކަމެއް ވިއްޔާ ހޭ ވައްޓާފަ ކޮމެންޓު ކުރާތި. ގައުމުގެ އިގުތިސޯދު ފައިވާން ދަށުވެ އަނބިދަރީންނަށް ކާން ބޯން ނުދެވޭ ވަރުވިޔަސް ކަލޭމެން ފިރިހެނުން ހަމަ ތިބޭންވާނީ އަޅާވެސް ނުލާ ރަށު ބިޑި ބޯލަ ބޯލާ ހޮޅުއަށީގައި އަންހެނުންގެ ކޮންމެސް އެއްޗެކޭ ކިޔަން.