19 ފެބުރުއަރީ 2025 - 16:07
ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގެއަކަށް ސަރުކާރުން ދޭ މަސްދަޅު ކޭސްތައް މާލެ ސަރަަހައްދުގައި މާދަމާ މެންދުރު 2:30 ގައި ބަހަން ފަށަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ގެތަކަށް މަސްދަޅު ކޭސްތައް ބަހާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:30 ހަވީރު 6 އަށް އަދި ރޭގަނޑު 8:30 އިން 11 ޖަހަންދެން ކަމަށެވެ.
1- ތައިސޭކޮށި، އާންމު ހިދުމަތްތަކާ ބެހޭ ބައި.
2- މިފްކޯގެ ހެޑް އޮފީހުގެ ގޯތިތެރެ.
3- ހުޅުމާލެ 1 (އުމަރު ޒާހިރު ބިލްޑިންގް)
4- ހުޅުމާލެ 2 (ހިޔާ ޓަވަރު 10 ގެ ގްރައުންޑް ފްލޯ)
5- ވިލިމާލެ (ސިޓި ކައުންސިލްގެ އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަމަހަށް ހާއްސަކޮށް ބަހާ މަސްދަޅުތައް މާލެ ސަރަހައްދުގައި ދޫކުރާނީ މާދަމާ އިން ފެށިގެން މި މަހުގެ ނިޔަލަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މަސްދަޅު ކޭސް ދޫކުރާނީ ކޮންމެ ގެއެއްގެ ކަރަންޓު ބިލް ދެއްކުމުން ކަމަށެވެ. އެހެންވެ، އެންމެ ފަހުގެ ތިން މަހުގެ ކަރަންޓު ބިލްގެ ތެރެއިން ކަރަންޓު މީޓަރު ނަމްބަރު އެނގޭނެ ފަދަ ލިޔުމަކާއި މަސްދަޅު ބަލާ ދާ މީހާގެ އައިޑީ ކާޑު ގެންދަން ކައުންސިލުން އެދެ އެވެ.
"އަދި މި ދޫކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމުގައި ވެސް ދެންނެވީމެވެ،" އިއުލާނުގައި ބުންޏެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ގެތަކަށް މަސްދަޅު ކޭސްތައް ދޫކުރަން މާދަމާ ފަށާއިރު އެހެން ބައެއް ރަށްރަށުގައި މަސްދަޅުތައް ބެހުމުގެ ކަންކަން މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކާލޯސް
19 February 2025
ކޮންބައެއްތަ މާވަރަކުން މަސްދަޅުނުލިބިގެން އުޅެނީ؟
ހ. ސައުތުއެފްރިކާގެ
19 February 2025
އަހަރެމެންގެ ގޭގެ ތިރީގަ ހުރީ ގަރާޖެއް ހަދާފަ އެ ގަރާޖުގެ މީޓަރައް މަސްދަޅުކޭސް ލިބޭނެތަ