ކުޅުދުއްފުށީގެ މަގެއް.-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
20 ފެބުރުއަރީ 2025 - 12:58
ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮޕިޝަލަކު "މިހާރު" އަށް ވިދާޅުވީ ސިހުރު މައްސަލާގައި އެ ރަށުގެ 10 ގެއެއް ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިއަށް ގެންދާތީ، އިތުރު ތަފްސީލެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ރަށުގައި ސިހުރު ހެދުމާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ސިހުރުގެ މައްސަލަ ރަށުގައި ބޮޑުވެ، ގިނަ ގެތަކުގައި މިހާރު ހުންނަނީ ކެމެރާ ވެސް ހަރުކޮށްފަ އެވެ. އެ ރަށުގެ ބައެއް ގެތަކަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި މިފަހުން ދައުރުވެފައިވެ އެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް، ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ. ދާދިފަހުން ސިހުރުގެ މައްސަލައެއްގައި ތ. ވިލުފުއްޓާއި ރ. އަލިފުއްޓާއި ރ. މީދޫގެ ގެތަކަކަށް ފުލުހުން ވަދެ، ފާސްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަމެންދޯ
20 February 2025
ރައްޖެތެރެވާނީ ރައްޖެތެރެއަށޭ ސަރުކާތުން އުޅރނީ ހޭދެބައި ވެގެންނޭ ރައްޖެތެރެ ތަރައްގީ ނުވާނެއޭ ދުވަހަކު ވެސް
ޛސޖޖސޖ
20 February 2025
މަހުޝަރު ދުވަހުން ތިޔަކަން ކުރާ ހުރިހާ ކޮންތާކަށްބާ ފިލާނީ؟؟
ވަހދު
20 February 2025
ސިހުރަކީ ފުޓުބޯޅައާ ގުޅިގެން އާލާވާ އެއްޗެއް.
އެކޮއި
20 February 2025
މީ މިހާރު ހާދަ ބޮޑުވެއްޖެކަމެކޭ ދޯ؟ އެކަމަކު ދުވަހަކުވެސް މިއިން މީހަކާމެދު ފިޔަވަޅެއް ނާޅާ. އެހެންވެ މިކަން ނުހުއްޓިގެން އުޅެނީ
ސިހުރުންއެކައުންޓްފުރޭ
20 February 2025
ގަމާރުންް އުޅޭތަންތާނގަ އެކަނި ސިހުރު ހިނގަނީ، އެހެންތަންތާންގަ ސިހުރުން ހަދައިގެން އެއްވެސްކަމެއްނުވޭ
ޢެޑްމުންޑޯ
20 February 2025
ރަގަޅަށް ތިބުނީ
ޢަހުމަލު
20 February 2025
ސިހުރު ހަދާ ދުނިޔޭގެ ހުރިހާތާކުވެސް.
އޮޕަރޭޝަން
20 February 2025
އޮޕަރޭޝަން ކުރީމާ ސިހުރު މަދުވޭ؟ ތިޔަ ކަހަލަ އޮލަރޭޝަނެއް ކުރާތާ އަހަރަކަށްވުރެ ގިނަވެއްޖެ. އަދިވެސް ބޭރު މީހުން ހަމަނުވޭ.
ހާސަރު
20 February 2025
ކީކޭދެން ބުނާނީ 2025 ގައިވެސް ފުލުހުން މިއުޅެންޖެހެނީ ސިހުރު ހޯދުމުގައި އަވަދިނެތި! ކޮންމެ ދުވަހަކު ސިހުރުގެ ޚަބަރެއް!؟
ހާދަ ސިހުރު ވެރިއޭ
20 February 2025
ކުޅުދުއްފުށީ ގަ މި ކުޅިގަޑެއް ފެށުނީ ކޮންއިރަކު ތަ ؟
ބިލްބާއޯ
20 February 2025
ގަނޑު ފެށުނީ ބަނޑޭރިގަނޑުން.
ކޮތަރޭ
20 February 2025
ސިހުރު ހަދާމީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމް ކުރަން ޖެހޭ. އެއީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތަކުގެ ތެރޭ ހިމެނޭ ކަމެއް. އަދި ސިހުރުގެ ސަބަބުން އެޖެހޭ މީހާގެ މުޅި ދިރިއުޅުން ހަލާކުވެގެން ދާކަމެއް
ކުރުނބާ
20 February 2025
ތެދުފުޅެއް ތެދުފުޅެއް އެކަމަކު ސުވާލަކީ ތިޔަކަން ސާބިތުކުރަނީ ކިހިނެއް؟ މިސާލަކަށް ބުނަންޏާ އަބަދު ދީނީ އެއްޗެހި ކިޔަވާ ރަނގަޅު ދީނީ މީހާވެސް ކިޔަވަނީ އަދި ސިހުރު ހަދާ މީހާވެސް އަރަބިންވެސް ލިޔެފަހުންނަ އެއްޗެހި ހަމަކިޔަވަނީ. ވީމާ ދިވެހިރާއްޖޭގަ ކޯޓެއްގަ އިއްޒަތްތެރި ފަނޑިޔާރެއްގެ ކުރިމަތީގަ ކިހިނެއްހޭ ސާބިތު ކުރާނީ މިވެނި މީހަކު މިކިޔަވަނީ ސިހުރުހަދަންތޯ ނޫނީ އެހެން ކަމަކަށްތޯ؟
ހެވަލޭ
20 February 2025
ސިހުރު ހަދާ މީހާ އަރަބިން އެއްޗެއް ކިޔާ އިރަށް އެކިޔާ އެއްޗެއް އެއީ ރަގަޅު އެއްޗަކަށްވޭތަ؟ ސިހުރު ލިއެފަ ހުންނަ އެއްޗެއް ފެނުނުނަމަ އެނގޭނެ ލިއެފަ ހުންނަ ގޮތުންވެސް އެއީ ރަގަޅު އެއްޗެއް ނޫންކަން. ފާޑު ފާޑަށް އަކުރުއަޅާ ކުރަހާ ހަދާފަ ހުންނައިރު އެއީ ސިހުރުކަން ހީވާނެ އެ ނުދަންނަ މީހުންނަށްވެސް. ދީނީ އެއްޗެއްސާ ސިހުރާ އަޅާނުކިޔޭނެ
ފޮނިފޮނިޓައްޕު ކުމާރު
20 February 2025
ސިހުރާއި ނުކުޅޭތި ބަޑި. ނޭންގި ހުއްޓާ އަނދައިދާނެ. ގޭމަކޮޔާ ފިހިދާނެ.