ރަސްފަންނު ވަރަށް ބޮޑަށް ހަލާކުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ފެބުރުއަރީ 2025 - 15:14
މާލޭގެ ރަސްފަންނު ،މަރާމާތު ކުރުމުގެ މަސައްކަތާ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުވެ، އަންނަ ހޮނިހިރު ދުވަހު މަސައްކަތް ފަށަން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންވެ، އެ މުއްދަތުގެ ތެރޭގައި ރަސްފަންނު ސަރަހައްދު ބަންދުވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ރަސްފަންނު މަރާމާތު ކުރާނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން، ކުންފުނިތަކުގެ އެހީގައި ކަމަށެވެ. އަދި މަރާމާތު ކުރަންޖެހޭ ހުރިހާ ތަނެއް މަރާމާތު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "މިހާރު" އަށް ވިދާޅުވީ ރަސްފަންނު ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާތީވެ، އެ ތަން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެ މިނިސްޓްރީން ފެށީ މާލެ ސިޓީ ކައުންސިލާ ވާހަކަ ދެއްކެވި އެ ކައުންސިލުން ވެސް އެއްބަސްވެގެން ކަމަށެވެ.
"އެއީ ކައުންސިިލްގެ ރުހުމާ އެކު އަޅުގަނޑުމެން ނިންމި ނިންމުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން އޭރު ބުނެފައިވަނީ ސަލްޓަންޕާކާއެކު ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
ކައުންސިލުން ބުނީ ރަސްފަންނުގެ ވެލިގަނޑު ރަނގަޅު ކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފައިވާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު އަންނަ ހަފްތާގައި މަސައްކަތް ފަށާނެކަން ވެސް އަންގާފައިވާ ކަމަށް، ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.
ރައީސް އާއިލާއާއެކު މިދިޔަ ހަފުތާގެ ބަންދުގައި ރަސްފަންނަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށާއި އެތަން މަރާމާތު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްސަލް ހަމީދު
21 February 2025
މިކަން ކުރަން ވާނީ ސަރުކާރުން. އޭރަށް ލަސްނުވެ ނިމޭނީ
އަފާފް ސައީދު
21 February 2025
ބަރާބަރު. ކަންކަން ކުރެވޭނީ ސަރުކާރަށް. ކައުންސިލް ސްލޯވާނެ
ހައިޝަމް މުހައްމަދު
21 February 2025
މިދިޔަ ސަރުކާރު ތަކުން މިކަންކަން ނުކޮށް އިނީމަ މިސަރުމާރުން މިކުރަނީ ރައްޔުތުންގެ ހައްގުގައި
އައުޝަމް
21 February 2025
ތަރައްގީ ބާރު ސްޕީޑުގައި ރައީސް މުއިއްޒް މިގެންނަނީ
ތެލި
20 February 2025
މުއިއްޒުގެ ކަށީގަ ހިފާފަ ހުރިކަމެއް ފަސޭހައެއްކޮށް ނުދާނެތާ! ސިޓީ ކައުންސިލުން ހުރިހާކަމެއް ރާވާ މަސައްކަތް ފަށަން ތައްޔާރުވީމަ ހެދުނު ހޭލައިގެން ކުއްލިއަކްން މިކަމާ އުޅެންވެއްޖެ
ވަތު އޮޑި
20 February 2025
ކަލޯ ތި އޮތީ މަސްދަޅު ބަހަން ނޭގުނު ގޮތަށް މާލޭ ނިކަމެތި ރައްޔިތުންނަށް ރޯދަ އަށް މޫދަ ދިއުން މަހުރޫމު ކޮށްލައިފައި!
ހޮޓްކިންގ
20 February 2025
ސިޓީ ކައުންސިލް އޮތްތާ ބާއްވާ. މިހުރިހާ ދުވަހުވެސް އެތަން އެހާލަތުގަ ބާއްވައިގެން ތިބީ. ދެންވެސް ތިބޭ. ހެޔޮ އެއްކަމެއް ނުކުރިޔަސް. ދެންވެސް ވޯޓަށްވީމާ މާލޭ ރައްޔިތުންނޭ ފަޅޮލޭކިޔާ އާޒިމް އަނގަހުޅުވާތި. ވޯޓް ލިބުނީމާ މުޅި މާލޭން ދުވާނީ ހުވަނދު ވަހޭބުނި. އެވަސް ދުވާވަރުން ނޯއްދަމާލަން ނުކެރޭ.
ޖެކް
20 February 2025
ރޯދަ މަސް އަންނަ އިރުވެސް އާޒިމު ހުރީ ނިދާފަ! ސަރުކާރު ރަނގަޅު!