އައްޑޫއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށްފައި.
21 ފެބުރުއަރީ 2025 - 19:10
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެގެން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.
ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަނެއްގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.
އެހެންވެ، އެކި ސަރަހައްދުތަކުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފެނަކައިން މި ހަފްތާގައި އެ ސިޓީއަށް ފޮނުވީ ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ފެނަކައިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑުގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޔަގީންކުރުމަށް، އެ ސިޓީގެ ސީޕީއެސްއަށް ހޯދި 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީން ކުރުމަށްޓަކައި، އެ ސިޓީގެ ސީޕީއެސްއަށް ހޯދުނު 1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ވަނީ ޚިދުމަތަށް ބޭނުން ކުރަން ފަށާފައި.#TeamFenaka pic.twitter.com/zy3xNwLNtn
— Fenaka Corporation Ltd (@TeamFenaka) February 21, 2025
ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނައިރު ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ނިންމޭނެ އެވެ. ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.
ރޯދަމަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވާއިރު އައްޑޫގައި ކަރަންޓުގެ ޑިމާންޑު ވެސް އިތުރުވާތީ އެކަމަށް ސަމާލުކަން ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމާ ގުޅިގެން ކަރަންޓު އުފެއްދޭ މިންވަރު ދަށްވެ، ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭޔަރުގެ ވިޝަނޯ
22 February 2025
މާގިނަދުވަހެއްނުވެ މޭޔަރުބުނާނެ ކޮންމެވެސް ކަމެއް ގޯސް ވެއްޖެއޭ. ލާރިކޮޅެކޭ
އާމީނާދީ
22 February 2025
އާޖަނެރޭޓަރ ބޭނުން ކުރަން ފެށިއަސް ކަރަންޓް ކެޑުމަކަށް ބަދަލެއް ނާދޭ...މިއަދު ވެސް ކަރަންޓް ކަނޑަމުން ދަނީ 1 ގަޑިއިރަށް އެކި ސަރަހައްދު ތަކުން...
ރަށު އަލިބޭ
22 February 2025
މާލޭގައި ބޭނުންކޮށްފައި ހުރި ސެޓެއްވީމާ މި ކޮޅުގައި އެނބުރޭ އިރު ކަރަންޓު އުފައްދައިދޭ ލިމިޓު މަދުވުމަކީ އެކަށީގެންވާ ކަމެއް!
މުހްތާޒް
22 February 2025
ޔާމިން އަށް ނުވި. އިބޫއަށް އަދި ނަޝީދަށް ނުވި. ކަން ކޮށް ހައްލު ރައީސް މުއިއްޒް މިގެނައީ
ޖިހާދް ކަރީމް
22 February 2025
ކޮބާ ފެނޭ އެމްޑީޕީއަށް؟ ލަދު ގަނެބަލަ އައްޑޫއޭ ކިޔަން. ރައީސް މުއިއްޒް މިކަންވެސް މިކުރަނީ އެއްމެ ފަހުން. ބާރު ސްޕީޑުގައު
އަޒްހަރް
22 February 2025
ޝުކުރިއްޔާ ސަރުކާރު. އަހަރުމެން އައްޑޫ ރައްޔިތުންނަށް ބޮޑު ލުޔެއް ތިދިނީ
ހުސެން ވަހީދު
22 February 2025
މީ ނަތީޖާ ނެރޭނެ ސަރުކާރެއް. ބަލާކަށް ނުތިބޭނެ
ސިނާންހް
22 February 2025
އެމްޑީޕީ ސަރުކާރުގަ ނުވި ކަންތައް އަދުގެ ސަރުކާރުން މިކުރީ
ކުދު އިބުރާ
21 February 2025
މިޔާ ބޭވިމައި ރޯދަ މަހި ފުރެއި ކަރަންޓު ލިބޭހަށް ދީ؟
ޙަބަރު ލިޔުނު ޙަބަރުދާރު
21 February 2025
އިންސްޓޯލް ކޮށް ނިމި ބޭނުން ކުރަންފެށި ޖެނެރޭޓަރ ފޮޓޯގައި ހުރި ބޯހަލާކު ވެގެން ރޫޅާލާފައި ހުރި އެއްޗެއް