ސްޓެލްކޯ ގެޑް އޮފީސް-- ފައިލް ފޮޓޯ: ފަޔާޒު މޫސާ/މިހާރު
22 ފެބުރުއަރީ 2025 - 22:56
ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ސްޓެލްކޯގެ ޕޯޓަލް ޑައުންވި ނަމަވެސް އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅުތައް މާލެ ސަރަހައްދުގައި ބެހުމަށް ބޭނުން ކުރެވޭނެ "ރޯދަ ހަދިޔާ ޕޯޓަލް" ހެދީ މިއަދު އިރުއޮއްސި 6:00ގަ އެވެ. މާ ގިނައިރުތަކެއް ނުވެ, އެ ޕޯޓަލްގައި ބޭނުން ކުރަން ޖެހޭ ސްޓެލްކޯގެ އެޕް ވަނީ ޑައުންވެފަ އެވެ.
ސްޓެލްކޯއިން ބުނީ މަސްދަޅު ބެހުމުގެ ޕްރޮގްރާމަށް އޮންލައިން ޓޯކަން ދޫކުރަން ފެށި ވަގުތާ ދިމާކޮށް، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް ޑީޑޮސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށެޗެ.
"އެ ހަމަލާގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑުނު ނަމަވެސް، މިހާރު އެ ހަމަލާތައް ކާމިޔާބުކަމާއެކު ހުއްޓުވައި، އެޕްލިކޭޝަންގެ ހިދުމަތް އަލުން ފޯރުކޮށްދޭން ފެށިފައި. މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަސްދަޅު ދޫކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަސްދަޅު ބެހުމަށް ޕޯޓަލް ހެދީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
އެއީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ގިނަ ބަޔަކު އެއްވެ ބޮޑު ކިއޫއެއްގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވުމުން އެކަން ފަސޭހަ ކޮށްދިނުމަށެވެ.
1- މިފްކޯ މައި އިމާރާތް- 200 ޓޯކަން
2- އެމްޓީސީސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު (ސެޓަޕް 1) 50 ޓޯކަން
5- ގަލޮޅު ދަނޑު (ސެޓަޕް 2) 50 ޓޯކަން
6- ގަލޮޅު ދަނޑު (ސެޓަޕް 3) 50 ޓޯކަން
7- ގަލޮޅު ދަނޑު (ސެޓަޕް 4) 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ، ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިންގް- 100 ޓޯކަން
11- ހުޅުމާލެ، ޕޮލްކޯ ޓަވަރު (ސީ ބްލޮކް) 100 ޓޯކަން
12- ހުޅުމާލެ ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ، ކާމިލް ދީދީ ޕްރީ ސްކޫލް- 100 ޓޯކަން
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަސްދަޅު ދޫކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިއީ ހޫނުގަދަ މޫސުމަކަށް ވާތީ ސަރުކާރުން ނިންމީ ރޭގަނޑު މަސްދަޅުތައް ބެހުމަށެވެ. އެއީ މި މަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 8 އިން އެ ރެއްގެ 12 ޖަހަންދެންނެވެ.
ސަރުކާރުން ބުނިގޮތުގައި މަސްދަޅު ކޭސްތައް ބަލައި ދާއިރު އެއް މަހުގެ ކަރަންޓު ބިލާައި އައިޑީ ކާޑު ގެންދަން ޖެހޭނެ އެވެ. އެކަކަށް ގިނަ ވެގެން ދޫކުރާނީ ތިން މީޓަރަށް ތިން މަސްދަޅު ކޭސް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުުންޏެވެ.
ހުރިހާ ގެއަކަށް މަސްދަޅު ދޫކުރެވެންދެން މަސްދަޅު ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިފުރީތު
23 February 2025
ސްޓެލްކޯ މިމަހު މާއަވަހަށް ބިލް ތި ފޮނުވީ ކޮންބޭނުމެއްގަބާ. ގިނަ މީހިންނަށް މުސާރަ ލިބެންވާއިރު ޖޫރިމަނާވާ ގޮތައް ތިހެދީ
އިސްމާލި
23 February 2025
ޑީޑޮސް ހަމަލާއެކޭ. ބަލަ އެތައް ބަޔަކު ބޭނުންވެފައި ހުރި ކަމެއް ތައާރަފުކުރީމައި އެންމެން ތެޅިގަންނާނެ އެ އެއްޗެއް ބޭނުންކުރަން. ދެން އެންމެން އެއްފަހަރާ ސަރވިސް ރިކުއެސްޓު ކުރީމައި ހީވެދާނެ ޑީޑޮސް ހަމަލާއެއް ކަމަށް. މަގޭ ހިތައް އަރަނީ ޓްރެފިކް ހެންޑްލް ކުރުމުގު މައްސަލައެއް ނޫންބާއޭ.
މަބުނީ
23 February 2025
މަބުނީ ތި އެޕް ބޭނުންކުރާ މީހުންގެ ކިތައް ޕަސެންޓުތަ ރާއްޖެއިން ބޭރުގަ އުޅެނީ؟ މަ މި ބުނި އެއްޗެއް އެނގޭ މީހަކަށް މިއީ ވަރަށް ވާހަކަ.