ހިޔާ ފްލެޓު ސަރަހައްދު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 ފެބުރުއަރީ 2025 - 15:05
ހިޔާ ފްލެޓުގެ ހަތަރު ޓަވަރެއްގައި އިތުރަށް ހަރުކުރާ ލިފްޓުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ 16 ޓަވަރުގައި އިތުރަށް ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ހުރިހާ ޓަވަރެއްގައި ފައުންޑޭޝަން އަޅައި، ދެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން މައްޗަށް އަރައި ފޭބުމަށް ދަތިވުމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެހެންވެ، ލިފްޓް ހަރުކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކުރި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، އެންމެ ފުރަތަމަ ނިމޭނީ އެޗް1-އެޗް4 ގައި، ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރުމެވެ. އެ މަސައްކަތް އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ފުރިހަމަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ބާކީ ހުރި ޓަވަރުތަކުގައި ލިފްޓުތައް ހަރުކޮށް ނިމޭނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.
އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި އެވެ.
އެ ލިފްޓްތަކުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެން ހުރީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.
ހިޔާ ޓަވަރުތަކުގައި ގިނައިން ހަރުކޮށްފައި ހުރީ ތިން ލިފްޓެވެ. މަދު ތަންތަނެއްގައި ހަތަރު ލިފްޓު ހަރުކޮށްފައި އެބަހުއްޓެވެ. އެކަމަކު، އެއީ 40،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް އަންދާޒާކުރެވޭ ހިޔާއަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް، އެ ތަންތަނުގައި ދިރިއުޅޭ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމާމް
24 February 2025
މުއިއްޒު ވެރިކަމަށް އައިސް އެއްބަޔަކަށް އެންމެ ގިނަކަންތައް ކޮށްދެވި ބަޔަކަށް ވާނެ ހިޔާ ފުލެޓް ސަރަހައްދުގަ ތިބި މީހުންނަށް، ސުވާލަކީ ޝުކުރުވެރިވާނެ ބާއޭ
ލޮލިކޮ
24 February 2025
ކަލޯގަޔާ، ކުރިއަށް އޮތް 10 އަހަރުން ދޯ ތިކަން ނިމޭނީ
ދާލު
23 February 2025
ދެއަހަރުން 4 ޓަވަރުގަ ލިފްޓް. 4އަހަރުން 8 ޓަވަރުގަ. މިވަރުން މިވެރިކަމުގަ ނިމޭނެތޯ
ކްރައުޑް
23 February 2025
ދެން މިހާރު ނޭވާ ލެވޭ ވަރަށް ވެސް ނޭވާ ނުލެވޭނެ ތިތާގަ
ސްމޭކްސްކޭމް
23 February 2025
9 މިލިއަނަށް ލިފްޓެއް؟ ތަންކޮޅެއް އަގުބޮޑުދޯ؟ އެވެސް 32 ޔުނިޓްގަތީމަ. ގައިމު ހިޓާޗީއިންވެސް ތިއަށްވުރެ މާ އަގުހެޔޮކޮށް ތިކަން ކޮށްލަދިނީސް. އެކުން އެމީހުން ދަށުންދަމާ ނުކުޅޭތީ ކަޑަ ދޯ؟
އައްބެ
23 February 2025
ކޮބާ ތިއިން ކޮންމެ ޓަވަރެއްގަ ލިފްޓްތައް ހަރުކުރަން ހަދަންޖެހޭ 25 ބުރީގެ ސްޓްރަކްޗަރގެ އަގު. ލިފްޓް ހަރުކުރެވޭނީ އިތުރު ސްޓްރަކްޗަރއެއް ހަދައިގެން ކަމަށްވާއިރު، ތި ހިސާބުހެދުން މުޅިން ގޯސް.
ސްމޭކްސްކޭމް2
23 February 2025
ކިހާވަރަކަށް ހަދާލެވޭނެ ލިޕްޓެއް