ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާނަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި މެޑަމް ފަޒްނާގެ ފޮޓޯއެއް ދައްކާލައްވަނީ -- ފޮޓޯ: މަޖިލިސް
25 ފެބުރުއަރީ 2025 - 17:10
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދިފާއުވުމަށް މަޖިލީހުގައި ދެއްކެވި، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ފޮޓޯގައި ގެންގުޅުއްވަނީ ފޮޓޯ ޖެހި އެމްޑީޕީގެ ވޯޓާސް ލިސްޓެއް ކަމަށާއި އެއީ ޑީއެންއާރާ ގުޅުން ހުރި ލިސްޓެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީއަށް ސައްހަ ނޫން މެންބަރުން ވެއްދުމަށް ޑީއެންއާރު ޑޭޓާ ބޭސް ތެރެއިން މައުލޫމާތު ނަގައިގެން ހޯމްލޭންޑް މިނިސްޓްރީން ފޯމު ފުރިހަމަކަމަށް އިހުސާނަށް ކުރާ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުދާރީވެވަޑައިގަންނަވަމުން އޭނާ ވަނީ ފަޒްނާގެ ފޮޓޯއެއް މަޖިލީހުގައި ދައްކާލައްވައިފަ އެވެ.
ފޮޓޯ ދެއްކެވުމަށް ފަހު އިހުސާން ވިދާޅުވީ، އެ ފޮޓޯގައި ފަޒްނާ ގެންގުޅުއްވާ ފައިލުން ފެންނަނީ ޑީއެންއާރުގެ ޑާޓާ ބޭސް ޕްރިންޓު ކޮށްފައިވާ ތަން ކަމަށާއި އެއީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ގެންގުޅުއްވި ފައިލެއް ކަމަށެވެ.
އެކަމަކު، އޭރު އެ މައްސަލަ ބެލިފައި ނުވަނީ ކީއްވެތޯ އިހުސާން ސުވާލު އުފެއްދެވި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެއީ ޖެނުއަރީ 2023 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ އެ ޕާޓީގެ މެންބަރުންގެ ފޮޓޯ ޖެހި ލިސްޓެއް ކަމަށެވެ. އެ ފޮޓޯ ނަގާފައިވަނީ ޕްރައިމަރީގެ ކެމްޕެއިނު ކުރިއަށް ގެންދިޔައިރު އެމްޑީޕީގެ ހަރުގެއެއްގެ ތެރޭގައި ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެމްބަޝިޕް ފޯމު ފުރާއިރުގައި ނަގަން ކޮންމެ މެންބަރެއްގެ ފޮޓޮއެއް. އަޅުގަނޑުމެންގެ ޓެކްނޮލޮޖީ އެބަހުރި، އަޅުގަނޑުމެންގެ ޑޭޓާބޭސްތައް ހަދާފައި އެގޮތަށް [ފޮޓޯ ފެންނަ ގޮތަށް] އެބަހުރި. އަޅުގަނޑުމެންގެ ލިސްޓުތަކާއި ފޮޓޯ ޖެހި ލިސްޓުތައް އަޅުގަނޑުމެން އަތުގައި އަބަދުވެސް ހުރޭ،" ފައްޔާޒް ވިދާޅުވި އެވެ.
ޑީއެންއާރް ތެރޭ ހުންނަވައިގެން ހިންގެވި ޝަހުސު އޮޅުވާލުމުގެ ވައްކަން ފޮރުވަން، ކުރީގެ ފަސްޓް ލޭޑީ ފަޒްނާއަށް ޖަވާބުދާރީވެވެންވެސް ނެތް ތަނެއްގާ އެކަމަނާގެ އިސްތަށިފުޅުގާ ދޮގު އިލްޒާމް އަޅުވައިފި. މިއީ ޑީއެންއާރް ލިސްޓެއް ނޫން،ދޮރުންދޮރަށް ހިނގައިގެން ބުރަ މަސައްކަތުން ހޯދާ ޑޭޓާ. pic.twitter.com/OczAVs7AOs
— Meekail Naseem (@MickailNaseem) February 25, 2025
އެމްޑީޕީގެ ޕްރައިމަރީއެއްގެ ކެމްޕެއިނުގައި އެމްޑީޕީގެ ފޮޓޯ ޖެހި ލިސްޓެއް ގެންގުޅުއްވުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުންދުސް
27 February 2025
މިއީ ހާދަ މަކަރުވެރި، ދޮގުހަދާ މީހެކޭ. ވަގާއި މަކަރު ހެދުން އިންތިހާ!
އަންދަލޫސިޔާ
27 February 2025
ބޮންބެ ނުހަދާނެ ތެދެއް! ޕިއްޒާ އޯޑަރުކޮށްގެން އައިޑީ އިން ވައްކަންކުރުން!
އަސް
26 February 2025
ކަލޯ ހަމަޖެހޭ ވާހަކަ ދައްކަބަލަ
ކަތްދައްތަ
26 February 2025
ޑީއެންއާރުގެ ލިސްޓް ބަޔަކު ބޭނުން ކުރީމާ ރަގަޅު ގޮތަކަށްވާނީ އެކަން ތަކުރާރު ނުވާ ގޮތަކަށް ކަންކަން އިންތިޒާމު ކުރުން ނޫންތޯ؟ އިސްލާޙު ކުރަން ނަމުގަ ފަސާދައިގެ މައްޗަށް ފަސާދަ ކުރީމާ އެވަނީ އިސްލާހަކަށް ނޫނެއްނު.
ބޯހާލާކުދެން
26 February 2025
މިއީ ހަމަޖެހޭ މީހެއްތަ އަނެއްކާ؟ މިހާކު ވައްކަން ކުރީމަ މީނަވެސް މިވީ ވައްކަންު ކުރަންށޭތަ މިކިޔަނީ؟ މިވަރުގެ މީހުން މިނިސްޓަރުކަމުގެ މަޤާމަށް ލާފަ ރައީސް ލަދުފުޅުވެސް ގަންނާނެދޯ. ވަގުތުން ވަކިކުރަންޖެހޭ މީނަ. ރައީސްއަށް ތައީދުކުރާމީީހުންވެސް ފޫހިވާން ފަށާނެ މިކަހަލަ ހަމަނުޖެހޭ ވާހަކަ ދައްކާ މީހުން ލައިގެން.
ކުޅިސަމ
26 February 2025
ސިއްކަ ގޯތި މީހުން މިޤައުމަކަށް ހެވެއް ނޭދޭނެ،މީ ވ ވާހަކަ
ބަޑޭރަމީޒު
25 February 2025
މީނަ ކޮންމެޔަކަސް މިކަމާގުޅިގެން ވަރަށް ބޮޑަށް ޑެސްޕަރޭޓްވެއްޖެ އެހެންވީމަ ޖަވާބުދާރީ ނުވެވޭ ހާލަތުގަ ތިބި މީހުންގެ ފޮޓޯ ހިފައިގެން މަޖިލީހަށްދާނީ ބަޔަކު އަވަދިވެދާނެ އެއްނުދޯ!!؟؟
ފުނަމަދޮށި
25 February 2025
5 އަހަރުގެ ދައުރެއް ނިމެންދެން މަޑުމަޑުން މައިތިރި ވެގެން ތިބެބަލަ. ރައްޔިތުން ދެފަހަރަށް ވެރިކަން ޙަވާލުކޮށްފި. ކޮން ކަމެއް ކުރެވުނީ
ތި ކިޔެވި ކޯޗެއް
25 February 2025
ވަރަށް މޮޅު ކަމެއް ކަމަށް ކޮށްލެވުނީ ވަރަށް ހުތުރު ކަމެއް.
ބިއްލެ
25 February 2025
މިއަދު އިހުސާނު ކުޅެފަ ތިއޮތީ ޔޫސޭގެ ޑްރާމާގެ ބައެއް. އެހެން މީހުން ވައްކަން ކުރީމަ އޯކޭ. ތިމަންނަ ވައްކަންް ކުރީމަ ގޯސް. ހަހަހަހަހަ. މިފެންވަރުގެ މީހުން މިތިބީ ކެބިނެޓުގަ.