ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު -- ފޮޓޯ: ނިޝާން އަލީ \ މިހާރު
25 ފެބުރުއަރީ 2025 - 23:31
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު ޒަކިއްޔާ މޫސާ މަރުވެފައިި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަނީ އެއީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިރޭ ވިދާޅުވެއްޖެ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި އެ ރަށުގައި އޮތް ކަންބޮޑުވުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ހޮޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ.
ރަށުގެ ރައްޔިތުން އެއްތަނަކަށް ޖަވާމެ ޝަކުވާތަކާއި ސުވާލުތައް ކުރިމަތިކުރި ބައްދަލުވުމަށް ފަހު ޝުޖާއު ވިދާޅުވީ އެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ގަބޫލުކުރާތީ، އެ މައްސަލަ ބައްލަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ އެ މައްސަލަ އިތުރަށް ދިގުލައިގެން ދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ، މައްސަލަ ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރަށުގެ ބައެއް މީހުން ފާހަގަކުރި ގޮތުގައި ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން އެތަނަށް ދިޔަ ފުލުހުން ވަނީ ސީނު ރޫޅާލައިފަ އެވެ. އަދި އެތަނުގެ ފޮޓޯއެއް ވެސް ރަނގަޅަށް ނަގާފައިނުވާ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ކުރިން ބޭއްވި އިހުތިޖާޖެއް.
ޝުޖާއު ވިދާޅުވީ މިއީ މަރުގެ މައްސަލައެއް ކަމަށް ވާތީ އޭގެ އެންމެ ފުންމިނަށް ދިއުމަކީ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލާގައި ލިބެންހުރި ހެކިތަކާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ވެސް މަޝްވަރާކޮށް ރައުޔު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުން ޒަހަމްތަކަކާއި ނަފްސާނީ މައްސަލަތަކެއް ވެސް އެ މަރުގައި ހިމެނޭތީ، ނަފްސާނީ އިލްމުވެރިންނާއި ޕެތަލޮޖިސްޓުންނާއި މިކަހަލަ މައްސަލަތަކުގައި ތަޖުރިބާ ހުރި މީހުންނާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ގާތްގަނޑަކަށް ހަ މަސް ދުވަސް ތަހުގީގަށް ވެފައި ވާއިރު ޝުޖާއު ވިދާޅުވީ އެ ތަހުގީގުގައި ވަކި ގޮތެއް ނަތީޖާ ނެރެން ނިންމާފައިވާ ނަމަ، އެހާ ދުވަސް އެ ތަހުގީގަށް ނުވާނެ ކަމަށެވެ.
"މިކަމުގައި ދުވަސް ނަގަނީ މިކަމުގެ ހައްސާސްކަމާއި އަދި ތިދެންނެވި ގޮތަށް މި މަރުވެފައި އޮތް ގޮތް އަޅުގަނޑުމެންނަށް ވެސް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ގަބޫލުނުކުރެވޭތީ އިނގޭތޯ. އޭގެ ހަގީގަތް ހޯދުމަށްޓަކާ ކުރާ މަސައްކަތް. އެ މަސައްކަތުގައި މި ވަގުތު ނަގަނީ. އެހެންވީމަ މަސައްކަތް ނިންމާފައި އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް އަޅުގަނޑުމެން ހާމަކުރާނަން،" ޝުޖާއު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހިފޭ އަދި ރައްޔިތުންގެ އަޑުއަހައިގެން މިކަމުން އަރައިގަތުމަށް ގާބިލު ފުލުހުންގެ ޓީމެއް ވަރަށް އަވަހަށް ރަށަށް ފޮނުވާނެ ކަމަށެވެ.
އެ މައްސަލާގައި މާދަމާ ޒަކިއްޔާގެ އާއިލާ އާއި ކައުންސިލާ ބައްދަލުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އާއިލާގެ ރުހުމާ އެކު ޒަކިއްޔާގެ މަރާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އާންމުންނަށް ހިއްސާކުރެވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ރަށުގައި ދަނީ އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިރޭ ބައްދަލުވުމުގައި ވެސް ރަށުން ވާހަކަ ދެއްކި މީހުން ވަނީ އޭނާ އަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ނޫން ކަމަށާއި އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. އަދި ޒަކިއްޔާގެ ހަށިގަނޑުގައި ހުރި ނިޝާންތަކުން، އޭނާ އަމިއްލައަށް އެވަރު ނުކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯމޭން
26 February 2025
އާދައިގެނޫން މަރަކީ ކޮބައިކަން ބުނެދީފާނަން ތޯތޯތޯތޯތޯ
ސަލީމު އިދުރީސް
26 February 2025
ކުރިންދުވަހު ނޫހުގަ އޮތް ފުލުހުންނާ ސިފައިންގެ ކެއުމައް ދުވާލަކު އެއްމިލިއަން ހަރަދުވާވާހަކަ މިވަރުބޮޑު ހޭދައެއްފަ އަދި ބޭރުފަރާތައް ގެންނަން ޖެހެނީ ފުލުހުންގެ ތެރޭގަ ކަމައް ގާބިލު މީހުންނެތީމަތާ ދައުލަތުން ވެއްޖެނޫން ކެއުމައް ކުރާހޭދަ ތަންކޮޅެއް ކުޑަ ކޮއްފަ ނަމަވެސް ރައްޔިތުންނައް ހިދުމަތް ކުރެވޭހާ ފެންވަރު ހުރި ފުލުހުން ބިނާކުރަން
ރާވެރިބެ
26 February 2025
ގަސްދުގަ މަރާލާ އެއްވެސް މަރަކީ އާދައިގެ މަރެއް ނޫން. ކޮންމެ މަރެއް ހިންގާފަ އޮތް ގޮތުގަ ތަފާތު ތަކެއް ހުންނާނެ. ފުލުހުން ތިތިބީ ބޭރުންނާ އެތެރެއިން އެފަދަ ކަންކަން ފަޅާއަރުވާލަން ޓްރެއިންވެފަ. އދި ނުވިތާކަށް ބޭނުންވީމަ ބޭރުގެ ފަންނީ އެހީވެސް ހޯދޭނެ. ޒަކިއްޔާ އަކީ އާދައިގެ ދެރަ ނިކަމެއްޗެއް ވީމަ ދެވުނު އަހުމިއްޔަތުކަން ކުޑައީ އޭ ބުނެވޭނީ. ތަހުގީގު ވަރުގަދަ ކުރައްވާ. ނަތީޖާ ނެރެ ދެއްވާ.
އަންދަލޫސިޔާ
26 February 2025
ސީޕީ އިސްތިއުފާ! ނުވަންޏާ ގެއަށް ވަޑައިގަންނަވާ.
ޝުކުރު
26 February 2025
ތަހުގީގަކަށް ވާކަހަލަ ތަހުގީގެއް ނުކޮށް އޮޓޮޕްސީއެއްވެސް ނަހަދާ ކުއްލިޔަކަށް ސީން ރޫޅާލާ ވަޅުލުމުން ގުދުރަތީ މަރު ނޫން މަރުތަކުގައި މީހުން މަރުވާ ކޭސްތަކުގައި ފުލުހުންގެ އަންޕްރޮފެޝަނަލްކަމާ، އަވަސް އަވަހަށް ކަމުން ރެކެން އުޅުމުގެ ސަގާފަތް ތިޔަ ތަނުގައި ހަރުލާފައިވާ މިންވަރު އެބަ ފެނޭ. މަގުމަތިން ކަތިލިޔަސް ހަމަ ދާގޮތަށް ގޮސް އެވީ އަވަހަށް ވަޅުލަން. މިހެން ހެޑްލައިން އަޅާލީމަ ޕީ.އާރަށް ބޭނުންވާ މިންވަރަށް ތައްކަތު ކޮށްލެވޭނެ.
ސައިކޯސިސް
26 February 2025
ރައްޔިތުންގެ ކެކިއެރުން މައިތިރިކޮށްލަނިކޮށް ދެތިންމަސްފަހުން ތިކަން އޮބިދާނެކަމަށް ފުލުހުންދެކެނީއުތަ؟
ބައުކަލޯ
26 February 2025
ސްޕޮޓް އޮން!
ދަންވަރު ކަކުނި
26 February 2025
އާދައިގެ މަރަކީ ގުދުރަތީ މަރު. ސީޕީ ވިދާޅުވީ އާދައިގެ މަރެއް ނޫނޭ. އޭގެ މާނައަކީ މީހަކު މަރަލީއެކޭ ނޫން އަދި. އަހަރުމެން މިތިބީ ސީއައިޑީ ބަލާ ބަލާ އެއްގޯސްވެފަ. ދާޔާ ނިކުމެ އެބުނާ މީހެއްގެ ކަންފަތްމަތީ ޖެހީމެ ރޯންފަށާފަ އެއްބަސްވާނެ ކަމަށް ހީކުރުމަކީވެސް ގޯހެއް. ރަނގަޅު ތަހުގީގަކުންވާނީ މިކަން.
ސަސި
26 February 2025
އެއްގޮތަކީ ފުލުހުން ހިސާބަށްވުރެ ފަރުވާކުޑައީ، އެހެން ނޫނީ ވަކި ގޮތަކަަށް މައްސަލަ ނިންމީ، ޔަގީނުންވެސް ޕޮލިސް ތިކަމުގައި ފެއިލްވެއްޖެ
ބައުކަލޯ
26 February 2025
ހެކި ގެއްލުވާލީ!
އަހަމް
26 February 2025
އެކަމަކު އެންމެ ފަހުން ޕޮލިހުން ބެއްވި ޕްރެސްގަ ފެނުނީ އެމަރަކީ އާދައިގެ މަރެއްކަން ދައްކަން އުޅުންތަން.
ބަނީޕް
26 February 2025
ފުލުހުންގެ ރާގު ބަދަލުވެއްޖެ..ކުރިން މިމަރުގެ ވާހަކަހުރީ މުޅިން އެހެންގޮތަކަށް..