އޭސީސީގެ ރައީސް އާދަމް ޝާމިލް މަޖިލީޙުގެ ކޮމިޓީގައި ވާހަަަކަ ދައްކަވަނީ: . - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ފެބުރުއަރީ 2025 - 18:53
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށާއި އަދި އެކަމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ވެސް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފަ އެވެ.
އެ ފަނޑިޔާރުުން ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ފެށުމަށް 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީއާ ހިލާފަށް އޭސީސީން އުފައްދައިގެން އުޅޭ މައްސަލައެއްގައި ނިންމި ނިންމުމެއް ކަމުގެ ތުހުމަތު އޮތީ އަމާޒުވެފަ އެވެ.
އެފަދަ ތުހުމަތުތައް އަމާޒުވެފައި ވަނިކޮށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަންގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށެވެ.
އެފަދަ މައްސަލަތައް ކޮމިޝަނުން ބަލަމުން ގެންދާނީ ގާނޫނާ ގަވާއިދުގެ ތެރެއިން މަތިކޮށްފައިވާ ބާރު ތަކުގެ ތެރެއިން ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
އޭސީސީން އިތުރަށް ބުނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި އަދި ވަކި ފަރާތަކަށް ބުރަ ނުވެ ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް، އޭސީސީން ބަލަމުން ދަނީ ފަނޑިޔާރުންނާ ގުޅޭ ކޮން މައްސަލަތަކެއް ކަމެއް، ކުރެވެނީ ކޮން ތުހުމަތުތަކެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެ މައްސަލައާ ގުޅޭ ލިޔުންތައް އެ ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
27 February 2025
ތިޔަ އޭސީސީ ތިހެން ކުއްލިއަކަށް ބަލަން ފަށާ ކަންކަން މިހާރު މުޅިންވެސް ފެންނަނީ!؟ ސަރުކާރުން މީހަކު ވަކިކުރަންޖެހޭ ފަހަރުތަކުގާ ކުއްލިއަކަށް މީޑިއާގައި ވާހަކަ ތަކެއް ދައްކާފަ ދެން އެއްވެސް ޚަބަރެއްނުވޭ! ކޮބައިތަ ހުޅުމާލޭ ވަގުގޯތިތަކުގެމައްސަލަ؟ ކޮބައިތަ އެޗްޑީސީގެ މައްސަލަ؟ ކޮބައިތަ ޕޮލިސް ފްލެތްތަކުގެ މައްސަލަ؟ ތިޔައީ ބޭކާރު ތަނެއް.
އަފްރާސިޔާބު
27 February 2025
ނުފޫޒެއްނެތް. ޙީވަނީ އަރައި ކާލަން އުޅޭ ބިރުވެރި އެއްޗަކާ ތިކަން ގުޅޭ ހެން ހީވަނީ.
އަބުދުލް ޤާދިރު
27 February 2025
މީހުންގެ ޙައްޤުތައް ނިގުޅައިގަނެފަ އުފަލުގައި މިއަދު ތިބެވިދާނެ. މާދަމާ ޖެހޭނީ ރޯން އިންޝާﷲ
އިންޞޯފު
27 February 2025
ރަހެއް، ވެރިއެއް، ކަލޭފާނެއްގެ ބާރެއް ނުމެހިނގާ ދުވަހެއް ލަހެއްނުވެ އާދެޔޭ ކުރިމަތިވަމުން އެބަ ހައްޤުވެރި ގޮތުގައި
ނޯބެލް
27 February 2025
އޭސީސީގެ ރައީސް މަގާމު ގެއްލިދާނެތީ ސިޔާސީ ފަރާތަކާ ގުޅޭ އެއްވެސް މައްސަލައެއް ބަލަން ނިންމުމުގެ ކުރިން ލަފާހޯދަން ރައީސް އޮފީހަށްދާކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެހެންވީމާ، އަދި ތިހެން ބޔާނެއް ނެރެލިޔަސް ގިނަ ރައްޔިތުން ތި ބަޔާނެއް ގަބޫލެއް ނުކުރާނެއެވެ.
ކޮސް
27 February 2025
ބީ.ސީ.ސީ.( ބޯކޮށް ކަރަޕްޓް ކޮމިޝަން) .
ހުވަދޫ އަލިބެއްޔާ
27 February 2025
ނިކަމެތިންނަށް ލިބުނު ފްލެޓް ޖަހައިގަތް ....
މަގޭ ހުކުމް
27 February 2025
މިކަހަލަ ކޮމިޝަން ތަކުގެ މީހުން އުމުރަށް ޖަލަށް ލެވޭނެ ގޮތެއް އަންނަ ދައުރުގައި ހޯދަން ވާނެ.
ފޮނި ހުސޭނު
27 February 2025
މަގާމްދިނީ ރައީސުލް ޖުމްހޫރިއްޔާކަމުގަވިޔަސް، ރައްޔިތުންގެ ފައިސާއިން މުސާރަނަގާ އެއްވެސް މަގާމެއްގަ ހުންނަމީހެއް، ރައްޔިތުންނަށް ޚިޔާނާތްތެރިވުމަކީ ހާދަ ބޮޑު ފާފައެކޭ.
އޭސީސީސީ
27 February 2025
އޭސީސީ އަކީ ރާއްޖޭގައި އޮތް އެންމެ ކޮރަޕްޓް އެއް މުވައްސަސާ..