ދުސްތޫރީ މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
26 ފެބުރުއަރީ 2025 - 16:51
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފައްދައިގެން ހުށަހެޅި މައްސަލައެއްގައި ގާނޫނާ ހިލާފަށް ކަމަށް ގާނޫނީ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ފެށުމަށް 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ މިއަދާ ހަމައަށް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޮތް ކަން ނޭނގޭ ކަމަށާއި ހަމަ ކުއްލިއަކަށް މައްސަލައެއް އުފަންކޮށް ފަނޑިޔާރުން ސަސްޕެންޑް ކުރީ ޝަރީއަތަށް ހުރަސް އަޅަން ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ދިޔައިރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީގައި އޮތްކަން އެއްވެސް ބަޔަކަށް ނޭނގޭ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް މީޑިއާއަށް ތިލަވީ ފަނޑިޔާރުން އެކަމާ ގުޅިގެން ސަސްޕެންޑްކުރި ހަބަރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ސާފުކޮށް އަޅުގަނޑުމެންނަށް އެބަ އެނގޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފެއްދި މައްސަލައެއްކަން މިއީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެ މައްސަލައާ ގުޅޭ ލިޔުންތައް އެ ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށް ބުނެ އެވެ.
އަލީ ހުސެއިން ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލައި، އެ ބޭފުޅުން މަގާމުން ވަކިކުރުމަށް އޭސީސީގެ އިތުރުން ޖޭއެސްސީން ވެސް މައްސަލަތައް އުފައްދަމުންދާ ކަމަށެވެ. އަދި މިއަށް ވުރެ ބޮޑަށް ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވާނެ އެހެން ގޮތެއް ނުވިސްނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ބަދަލު ގެނެސް، ފަނޑިޔާރުންގެ އަދަދު މަދުކޮށް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަން ފެށީ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމުގެ އަމަލެއް އެއްވެސް ބަޔަކު ނުކުރަން އަންގައި، އަމުރެއް ނެރެދޭން ވެސް އެދުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިހާތަނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ އަމުރު ނެރެފައި ނުވަނީ އެ ބޭފުޅުން ސިޔާސީ ނުފޫޒެއްގައި ޖެހިފައި ނުވާތީ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ދުސްތޫރީ މައްސަލާގައި އަލީ ހުސެއިން ތަމްސީލް ކުރައްވާ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ފަނޑިޔާރުން ސަސްޕެންޑްކުރީ ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ ގާނޫނު އޮތީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން ވަގުތުން ފަނޑިޔާރުން ސަސްޕެންޑް ކުރެވޭ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނު އޮތް ގޮތުން ފަނޑިޔާރަކު ސަސްޕެންޑްކުރަން ޖެހޭނީ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެއްކަށާއި އެ ފަނޑިޔާރު މަސައްކަތުގައި ދެމި ހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަކަށާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށްކަން މަހުފޫޒު ފާހަގަ ކުރެއްވި އެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރުމުގައި އެކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށާއި އަދި ހާއްސަކޮށް ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ އަސާސްގެ މައްޗަށް ބަލާފައިނުވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
މަހުފޫޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ޖޭއެސްސީ މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި އަދި އެ ކޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަސްލަހަތު އެންމެ ބޮޑު މައްސަލަތައް ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދައުލަތުގެ އަސާސްތައް ނެތިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖާމްބެ
28 February 2025
ދަންނަވަންތޯއެވެ! މަޖިލިސް މެންބަރުންނަކީ ވެސް އަދި އެބައިމީހުންނަށް ނުފޫޒެއް ފޯރުވިދާނެ ފަދަ މަގާމެއްގައި ހުންނަ ހަމަ ކޮންމެ މީހަކީވެސް މާތް ﷲ ގެ ނަންފުޅުގައި ﷲ ގެ ދީނަށާއި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް އަދި އެއްވެސް ނުފޫޒަކަށް ނުލެނބުމަށް ހުވާކޮށްގެން ތިބޭ ބަޔެކެވެ. އެއިން މީހަކު ތިމާގެ އަމިއްލަ ވިސްނުން ދޫކޮށްލައި، އެހެން މީހެއްގެ 'އަޅަކަށް' ވެގަތުމަކީ ހުއްދަ ކަމެއް ނޫނެވެ. ބޮޑު ނަހީން ނަހީވެފައިވާ ވައީދުގެ ބަސްފުޅު ހުރި ކަމެކެވެ.
ޑރ ވާންޗޯ
27 February 2025
ތިޔައީ ހަމަ ކޮންމެސްދިމާލަކުން ފިލިކޮށްލާތޯ އުޅޭ މަސްއައިނެއް، ބޮޑު އެންގަނޑެއް ފެނުނީ ގެއްލުނީ.
ޟުރަތު
27 February 2025
ޙަމައެކަނި ޤާނޫނު އެގޭކަމަށް މި ގައުމުގެ ނޫސްވެރިން ގަބޫލުކޮށްގެން ނުވާނެ އެމް.ޑީ.ޕީ ގެ ސިފަ ޖެހުނީމާއޭ ޤާނޫނު އިނގެނީ އޭގެ އެގޮތުގެ މަތީ ދެމި އޮންނަ މައިނޑު އެއްސަބަބަކީ ކޯޓުތަކުގައި އެ ގުރޫޕާ ގުޅުން ހުރި ގިނަ ފަޑިޔާރުން ތަކެއް ތިބުން މިހާރު ތިޖެހި ސުރީހަށް ބަލާއިރު ޤާނޫނާ ޚިލާފު ވީ ކޮން ހަމައަކުންބާ
ސުފްޔާން
27 February 2025
ތި ވަކީލުންގެ ގުރޫޕް އުޅުނު ޔާމީން ވެރިކަމުގަވެސް ފެކްޝަން ހަދައިގެން، މާކަ މޮޅުކަމެއް ކުރިތަ އެމީހުން
އަލީބުނީ
26 February 2025
ކުރީގަ ތިއްބެވި ފަނޑިޔާރުންހެ ބެންޗު ތައް ބަދަލުކުރިއިރު އަލީ ހުއްނެވީ މަޖުލަިހުގައި އޭރު ފަނޑިޔާރުންގެ ބެންޗުވެސް ބަދަލުކުރީ ހަމަ މިގޮތައް ނޫންތޯ؟
ޥާލުސޮރު
27 February 2025
ޢޭރު ގާނޫނާ އެއްގޮތް މިހާރު ޤާނޫނާ ކިލާފު
ފަހިރާއްޖެ
26 February 2025
ވަކީލުންގެ ނަމުގައި ނޫސް ކޮންފަރެންސެއް ދެންޏާ ރަނގަޅުވާނީ ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅި ވަކީލުން ނޫން އެހެންވަކީލުން ހިމެނޭ ޕެނަލަކުން އެވަކީލުން ދެކޭގޮތް ހާމަކުރުމެވެ. މިމައްސަލައިގާހިމެނޭ ވަކީލުން މިހާރު ތިބޭނީ ވަކި ކޮޅެއް ނަގައި ގެންނެވެ.
ކޮރަލް
26 February 2025
ވަކީލުން ވަކި ކޮޅަކަށް ޖެހިފަ އެވެ. ބޮޑެތި މައްސަލަތައް ނިންމާ އިރު ވަކީލުން ނާ ގާޒީންނާ ގުޅެ އެވެ. ވީމާ އާ ގާޒީއަކު އަންނަން ވަކީލުން ބޭނުމެއް ނުވާނެ އެވެ. އެމީހުން ބޭނުން ވާ ގޮތަށް ކަންކަން ނުނިންމި ދާނެ ތީ އެވެ.
ބޭނުމީ ވެރިކަން
26 February 2025
ބޭނުމީ ވެރިކަން
ްއޭސީ
26 February 2025
އޭސީސީ އަކީ ސިޔާސީ ތަނެއް.
ލޮލީބޮލީ
26 February 2025
ފަނޑިޔާރުގެ އަކީ މާބޮޑުތަނުން ސިޔާސީ ތަނެއް
ނުފޫޒުބެ
26 February 2025
ނުފޫޒެއް ނެތް ނަމަ ފުރަތަމަ ވެއްދި މައްސަލަ ވެސް ބޭރުކުރާނެ. ޢަޑުއެހުމެއް ބާއްވާފަ ދީނޭ ކިޔާފަ މައްސަލަ ކުރިއަށް ގެންދަން ނިންމީ ނުފޫޒެއް ނެތި ނޫންކަން 100% ޔަގީން. ޢަލީމެން ތިއުޅެނީ މަޖިލިހުން ނުކުރެވުނު ބަޣާވާތް ސުޕްރީމް ކޯޓު މެދުވެރިކޮށް ކުރަން. ކަލޭމެން ވެރިކަން ބަދަލު ކުރަން ތިރާވާކަން ވޮޝިންޓަން ޕޯސްޓުގަ ވެސް ޖެހި. މާ ރައްޔަތުން ވެގެން ނޫޅޭ!
ކެނެޑީ
26 February 2025
ސްޓޭޓް މިނިސްޓަރެއްތޯ ޑެޕިއުޓީއެއްތޯ؟
ފާނޫޒު
26 February 2025
ނުފޫޒުބެ ދުވަހަކު ސުޕްރީމް ކޯޓުގެ ހިއަރިންއެއް އަޑުއެހިންތަ؟ ރާއްޖެއާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ހިއަރިންވެސް އަހާ، ބަލާ ކިޔަވާފަހުރީމަ ބުނެލަން. ދީނޭ ކިޔާފަ ކުރި ސުވާލަކީ، ވަރަށް ޕްރޮފެޝަނަލް އަދި ލޮޖިކަލް ވެއިޓޭޖް ހުރި ސުވާލެއް. އެއީ ޤާނޫނީ މަހުފޫމެއްގެ ރޮނގު ރާއްޖޭގައި ދަމާލަދިން ސުވާލެއް.