ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގެ ތެރެއިން: މިއަދަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައި --
26 ފެބުރުއަރީ 2025 - 11:45
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެ އަޑުއެހުން ރޭ ތާވަލުކުރީ މިއަދުގެ ހެނދުނު 11:00 އަށެވެ. އަޑުއެހުން ފެށުމަށް ވަކީލުންނާއި އަޑުއަހާ މީހުން ވެސް ވެއްދި އެވެ. ނަމަވެސް، ވަކި ސަބަބެއް އެންގުމެއް ނެތި އިދާރީ މޭޒުން ވަނީ އަޑުއެހުން ކެންސަލްވެފައިވާ ކަން ވަކީލުންނަށް އަންގައިފަ އެވެ.
އެ އަޑުއެހުން ފެށުމުގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.
ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލައަކީ ފުލް ބެންޗުން ބަލަމުންދާ މައްސަލައެކެވެ. އެއްވެސް ފަނޑިޔާރަކު ނެތް ނަމަ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އެ ބިލް އޮތީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލައި، ވަކިކުރަން މަޖުބޫރުވާ ގޮތަށެވެ. ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަމަަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާފައިވާ ދުސްތޫރީ މައްސަލައިގެ ތެރޭގައި އެދިފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އެއީ، ފަނޑިޔާރުން މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް ހުރަސް އަޅާ ނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
އޭގެ އިތުރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ މެދު އިޖުރާއަތެއް ހިންގުން މަނާކޮށްދޭން ވެސް މިއަދު ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުއިމޫ
26 February 2025
ރޯދަ ނިމި އީދު އަންނައިރު އަލާ ފިލާނެ ބާ
ސައިޚް
26 February 2025
މުއުތަސިމް ވެސް ވިކިފަހުރި ފާޑުޖަހަނި، ހިއްވަރެއް ނެތް،
އަލީބެ
26 February 2025
ކަންކަން ހިނގާ ދުވަހަކީ ބުރާސްފަތި
ދޮންމަނިކެ
26 February 2025
1 ފެބްރުއަރީގެ އަމުރު ނެރެގެން ބަގާވާތް ކުރަން އުޅުނު ހެން މިފަހަރަކު ތި ސަކަރާތް ޖެހިޔަކަ ނުދޭނަން.
ޑރ ވާންޗޯ
26 February 2025
ތިޔަ ކޯޓަކީ ރަނގަޅަށް މަސައްކަތްކުރާކޯޓެއްނަމަ ޕީޖީ ތިޔަކަމެއް ސްޕްރީމްކޯޓައް ބެލޭނެކަމަށް ނުފެންނަކަންއެންގީމަ، ފުރަތަމަ ގާނޫނުގެތެރެއިން ސްޕްރީމްކޯޓަށް ބެލޭނެކަމެއްކަން ސާބިތުކޮށްދީފަދޯ އިތުރަށް ކުރިޔަށްދާންޖެހޭނީ؟. ޕީޖީކިޔާއެއްޗަކާ އަޅާލުމެއްނެތި އަވަސްއަރުވާލާފަ ސަރުކާރާއިދިކޮޅަށް މީހުން ހުށައަޅާހާމައްސަލައެއް ކުރިޔަށްގެންދަންވީމަ ކޯޓުގެ ކްރެޑިބިލިޓީއާމެދު ސުވާލުއުފެދޭ.
ވާންޗޯގެފަހަތުން
26 February 2025
ޕީޖީއެއްނޫން އޭޖީ
ޕިސް
26 February 2025
ނަމާއި ކޮއްފަ އޮތް ކޮމެންޓުގައިވާ ބައެއް ކަންކަމާ ދިމާވެއެވެ!!
ނދހދހޱ
26 February 2025
ޕީޖީއެއް އޭޖޯއެއް ވަކިކުރަން ނޭނގޭ ތިކަހަލަ މަރުމޯލުން ވާނެ އަދި މާ ގާނޫނު ދަންނަ ކަމަށްހެދިގެން އެގޮތޭ މިގޮތޭ ކިޔަން.