މާފުށި ޖަލުގައި ހިންގި ޑްރަގް ރިހެބް ޕްރޮގްރާމްގައި ބައިވެރިވި ބައެއް ގައިދީން: އެ ޕްރޮގްރާމް ފުރިހަމަ ތިން މަރުހަލާ ފުރިހަމަކުރި ގައިދީން ވަނީ މުޖުތަމައު އަށް ނެރެފައި -- ފޮޓޯ: ކަރެކްޝަންސް
01 މާޗް 2025 - 22:05
ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ "ވާނުވާ" ބަންދުގައި 417 މީހަކު އެބަތިބި ކަމަށާއި ޖާގައިގެ ދަތިކަމުގެ ސަބަބުން އޭގެ ތެރެއިން ބައެއް މީހުން ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވި އެބަތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 417 މީހުންގެ ތެރެއިން 57 މީހަކު ޖާގައިގެ ދަތިކަމުގެ ސަބަބުން ރިމާންޑު ޖަލަކަށް ބަދަލެއް ނުކުރެވި އެބަތިއްބެވެ. އޭގެ ތެރެއިން 21 މީހަކު ތިބީ އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ މަރުކަޒުތަކުގަ އެވެ.
ރިޕޯޓުގައިވާ ގޮތުން ރިމާންޑު ޖަލަށް ބަދަލު ނުކުރެވި 200 އަށް ވުރެ ގިނަ ދުވަސް ވެފައިވާ 10 މީހަކު މިހާރު ވެސް އެބަ ތިއްބެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށް، ރިމާންޑު ޖަލަށް ބަދަލުކޮށްފައިވާ ގިނަ މީހުން ތިބީ މާފުށީ ޖަލުގަ އެވެ. މާފުށީ ޖަލުގައި 285 މީހަކު ތިބިއިރު، ހުޅުމާލޭގައި 70 މީހުންގެ އިތުރުން ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިން ކުޑަ ކުއްޖަކު ވެސް އެބަތިބި އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދެ މީީހަކު މިވަގުތު ތިބީ ގޭ ބަންދުގަ އެވެ.
ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަހު ތިބި މީހުންގެ ބަންދަށް މިހާރު ވަނީ ހަ އަހަރު ވެފަ އެވެ. އެއީ ހަތަރު މީހެކެވެ. ފަސް އަހަރަށް ވުރެ ގިނަ ދުވަސް ބަންދުގައި ތިބި 8 މީހަކު ތިބިއިރު، ހަތަރު އަހަރަށް ވުރެ ގިނަވެފައިވާ 22 މީހަކު އެބަތިއްބެވެ.
ޕީޖީ އޮފީހުން ބުނީ، 39 މީހެއްގެ ބަންދަށް ވަނީ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ކަަމށެވެ. އަދި 69 މީހެއްގެ ބަންދަށް ދެ އަހަރު 83 މީހެއްގެ ބަންދަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ އޮފީހުގެ އަހަރީ ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދުގެ މުއްދަތު 30 ދުވަސް ހަމަވާ މީހުންގެ ބަންދު މުރާޖައާ ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އޭގެ ތެރެއިން ލުއި ދެވެން ތިބި މީހުންނަށް ލުއި ދީފައިވާ ކަމަށާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ ކޮންމެހެން ތިބެން ޖެހިގެންތޯ ކަށަވަރު ކޮށްފައި ވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
"ކުދިކުދި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނާއި އެ މީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވާނެ ކަމުގެ އިހުމާލެއް ނެތް މީހުންނާއި އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބާއި ބަންދުގައި އެހާ ތަނަށް ހުރި މުއްދަތާ ދާދި ހަމަހަމަވާ ހާލަތުގައި ތިބި މީހުން ޝަރުތުތަކަކާ އެކު ބަންދުން ވީއްލުމަށް އިސްކަންދީފައިވާނެ އެވެ،" ރިޕޯޓުގައި ވެ އެވެ.
ބަންދުގައި ތިބި ބައެއް މީހުންނަށް ލުއި ދިން ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމާއި މީހުން މެރުމުގެ ތުހުމަތާއި ޑްރަގް ނެޓްވޯކްތަކުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުތައް ފަދަ އަދި ކިތަންމެ ކުޑަ ނަމަވެސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ މީހުން ދޫކޮށްފައިނުވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން އެހެން ބުންޏަސް ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރަން އޮންނަ އުސޫލާ އެއްގޮތަށް، އެ ކަން ހަރުދަނާ ގޮތެއްގައި ނުކުރާ ކަމަށް އެ އޮފީހުގެ އޮޑިޓު ރިޕޯޓުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީފެެއިލް
02 March 2025
ވާނުވާ ޖަހާފަ ހައްޔަރު ކޮށްފަ މަސްދުވަސްވެގެން ދިޔައިރު ބަޔާން ނުނެގުނު. ޤާނޫނުގަ އޮވޭ ކޮންމެ 30 ދުވަހަކުން ކޯޓަށް ގެންދަން އެކަމަކު އެކަންވެސް ނުކުރެވުނު ޕޮލިހުންނަށް. އަދިވެސް ވާނުވާގަ. މީ އަދި ކަމެއްގެ ބައިވެރިވި ކަމުގެ ތުހުމަތުގަ ބަންދު ކޮށްފަ ހަދާ ގޮތް.
ހައްޖަ.
02 March 2025
ދެން އަވަހަށް ދޫކޮއްލާ ރައްޔަތުން ނަށް ތިކަމުންވެސް ހުރިހާ ގެއްލުމެއްމަތީބޭފުޅުން އުޅުއްވަނީ ބޮޑެތި ކާރު ތަކުގަ ނުވިތާކަށް ވަށައިގެން ސިފައިން ނާ ފުލުހުން ގޮވައިގެން.
އުލޫމަން
02 March 2025
ކުށްކުރާ މީހުންގެ އަދަދު އިތުރުވަމުންދަނީ. އެއާ އެއްވަރަށް ޖަލުތަކުގެ ޖާގަ ބޮޑުކުރަންޖެހޭ. "ވާނުވާ ޖަހަން" ބޭނުމެއް ނޫނޭ ކިޔަކިޔާ ތިއްބަސް ނުވާނެ. ޖަލަށް ލަނީ ކުށްކުރާތީ. މިހާރަކު ނަމާދަށް ސަޖިދަށް އޮތްވާ ގޮސް ހައްޔަރެއް ނުކުރެވޭ. އެހެންވީމާ "ވާނުވާ" ޖަހާފަ އެތިބީ ހަމަ ޖަހަންޖެހޭ މީހުން. ވަރަށް ސަލާން
ހޮޓްކިންގ
02 March 2025
ނޫނޭ ވާނުވާ ބަންދުގައި މިހާރު ހަމަ އެކަކުވެސް ހުރެގެން ނުވާނެ. ނުވެސް ހުންނާނޭ. ރައީސް މުއިއްޒުގެ ވައުދުފުޅެއް އެއީ ޖަލުތަކުން ވާނުވާމީހުން ނެރުން. ރައީސް މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން ރަނުންރަނަށް ކަންކުރާންތިބި ވެރިން ތިކަންވެސް ކޮށްފައޮތްކަމަށް މަހީކުރީ. ނުކުރާނަމަ ބޭރުކުރޭ. އިވޭގޮތުގަ ވައުދުތައް ދަރީ ބަރާބަރަށް ފުއްދަމުން އަނގައިން.
ވާނުވާ ގައުމު
02 March 2025
މުޅިގައުމު އޮތީ ވާނުވާގަ. މާދަމާ ވާންވީ ގޮތެއް އެނގޭ އެއްވެސް އިންސާނަކު މިގައުމުގަ އެބައުޅޭތަ؟
ކަރޭ
02 March 2025
ބޮޑެތި މުޖުރިމުން މަގުމައްޗަށް ދޫކުރަން ބަހަނާއަކަށް ޖާގަނެތް ވާހަކަ އާއި ޝަރީއަތް ނުކުރެވޭ ވާހަކަ ނުހަދާ!!
ގޮއްޔެ
01 March 2025
ތީގެތެރޭގައި އެއްވެސް ކުށެއްނެތް މީހުންގެ ޅަ ދަރިންވެސް ހިމެނޭ. މަސް ދެމަސްވެގެންދާއިރުވެސް ގޮޅިތަކުގައި ބައިތިއްބައިގެން އެބަ ގެންގުޅޭ ކުށެއްނެތްކަން ޔަޤީންވާ މީހުންވެސް. ހަމައެއާއެކު ބޮޑެތި ކުށްވެރިން ކުށް ސާބިތުވާވަރަށް ހެއްކާއި ޤަރީނާހުރި މީހުންވެސްހިމެނޭއިރު އެއްކަލަ ބޮޑު ކުށްވެރިން ކުށް ސާބިތުނުވެއޭ ކިޔާފައި ދޫކޮށްލާ. މީވާ ޤައުމެއް.
ރަދީފު ބިން ރަފައިދާ
01 March 2025
ހިއުމަންރައިޓް އުވާނުލައި ދެން ހިޔެއްނުވޭ މިގައުމު ހަމައަށް އެޅިދާނެއެކޭ. ކުއްވެރިން ޖަލަށްލާފާ އެތިބީ ތަނަކުން އުފުރާލައިގެން ގެނަސްގެންނެއްނޫން. މުޖުތަމަައަށް ނުރައްކާކޮށްސްގެން އެމީހުން ޖަލަށްލާފާއެތިބީ. އެމީހުންވެސް ކަރަންޓާ ފެނާ ކޮއްތު ބޭމިއްޔާ ޖެހޭނީ މަސައްކަތްކުރާން. ކަމެއްކުރާން ނޭންގޭމީހުން އެޅިގާއަޅުވާ. 6ރ. އަށް ގަލެއް ވިއްކާފާ އޭނާއަށް ރުފިޔާއެއް ދީ. ދުވާލަކު 500 ގާ އަޅަނިކޮށް ދިހަހާސް (ހުކުރުތައް ކެނޑީމާ) މަހަކު ލިބޭނެ.
ހަސަނު
01 March 2025
އާ ޖަލު ހަދަން އެބަ ޖެހޭ.. މާލެއާ ދުރުން ފަޅުރަށްރަށް ޖަލަށް ހެދިދާނެ...