މާލޭގެ މަގެއްގައި މީގެ ކުރިން ވިއްސާރަ ވި ދުވަހެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
01 މާޗް 2025 - 22:35
މާލެ އަށް މިހާރު ވަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.
މިއަދު ހަވީރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރެއާ އެކު، މާލޭގެ ގިނަ މަގުތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި މިވަގުތު ވެސް އެކި ސަރަހައްދުތަކުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ދެންމެ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.
އެހެންވެ، ފެންގަނޑު ހިނދި، އާއްމު ހާލަތަށް ބަދަލުވަންދެން ޒަރޫރީ ބޭނުމެއްގައި މެނުވީ ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވަން ފުލުހުން ވަނީ އެދިފަ އެވެ.
މާލެ ހިމެނޭ ސަހަރައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، މެޓުން ވަނީ އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މިރޭ 9:45 އިން ދަންވަރު 12 އަށް ނެރުނު އޮރެންޖު އެލާޓުގައިވާ ގޮތުން މި ވަގުތުތަކުގައި މި ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި އޮންނަ ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ. އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްދަނީ ކުރަމުން.
— Heena Waleed (@MvSpokesperson) March 1, 2025
ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ…
ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ދަތިތަކާ ގުޅިގެން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެންމެ "އެކްސް" ގައި ވިދާޅުވީ ބޯކޮށް ވާރޭވެހި، މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
02 March 2025
ދެން މަގަންނާނީ ޖެޓްސްކީއެއް، ގަރާޖުގަ ސައިކަލުކާރީގަ ބާއްވާނީ.
ބަންދު
02 March 2025
އަޅެ އޮފީސްތައް ބަންދުކޮށްބަލަ މާދަން. މުޅި މަގުގަ ތަނބިކަށްޓަށްވުރެ މައްޗަށް ފެންގަނޑު. މުޑުދާރު ފެންގަނޑުގަ ބަކަތަޅާފަ ދާންޖެހޭނީ.
ޢޭންޖަލް
02 March 2025
އޮފީސް ބަންދެއް ނޫންރަ؟ މާދަން ކިހިނެތް އޮފީހަށް ދަނީ. ސައިކަލުތައް ފެނުއަޑީގަ
ޑރ ވާންޗޯ
02 March 2025
މިވަރުގެ ސަރުކާރެއް ވަރަށްމަދުވާނެ، އިންތިހާއަށް އަޑުގަދަ ވާކަމެއްހަރާން. މަގުމަތީގެ ކާނުތައް ސާފުކޮއްލާނަމަވެސް މިވަރެއްނުވާނެ.
މުސްތަފާބެ
02 March 2025
ކޮބަ ތޯބެ އެބަ އުޅޭތަ ؟
ޭައަލްޓިކޯ
01 March 2025
ތިނޫންވަރެއް ނުވާނެ.ބަރު އުޅަދާ ލުއި އުޅަދު ވެސް ދުއްވުން ހުއްޓާލާ.މިވަރުންވެސް އެކިޔަނީ ސްވިމިން ޕޫލުގަ ތިމަންމެން ޓެކްސީ ކުރާނީ އިލެކްޓްރިކް ކާރުގަޔޯ އަގައިން ހިފަހައްޓާލަނީ 2،އަހަރު ޗޮކުންގޮސްސިތާ
މިއައު
01 March 2025
ކާނުތައް ސާފު ނުކޮށްލެވޭ ކައުންސިލެއް. ފިލުމު ކުޅެން ނޫޅެ ކާނުތައް ސާފު ކުރިނަމަ.
ސާކްން
01 March 2025
މާދަން ސަރުކާރު ބަންދުތަ
އިލްމު
01 March 2025
ކީއްވެބާ ޑިޒާޒްޓަ މެނޭޖުމެންޓުން މެންދުރުފަހު ސިފައިން އެލާޓަށްނުގެނައީ؟
ޑރ ވާންޗޯ
01 March 2025
ރައިއްޔަތުންގެހާލު ވަރަށްގާތުންބަލާފަ ރެޑްވޭވް ކުރިމަތީގަ ފެންބޮޑުނުވާނެގޮތައް މަގުއުސްކުރީ، މިހާރު ހުރިހާފެނެއް މަޖީދީމަގުން ފެށިގެން ޖަމާވަނީ ގަލޮޅު މަދަރުސާ މިހުންނަމަގަށް، ރުއްކެނޑިޔާމަގަށް. އެމަގު ކުރީގަވެސް އަޑިކޮން ހަދާފައޮންނަނީ ޓޭންކެއްހެން، ކިރިޔާ ވާރޭވެހިލާއިރަށް ފެންބޮޑުވެ ނުހުރޭ ފެންނުވަންނަ ގެއެއް.